މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ފައިނޭންޝަލް އެކްސްޕޯ 2019ގެ އިވެންޓްގެ ކޮންސެޕްޓް ތައްޔާރުކޮށްދީ އިވެންޓް މެނޭޖްކޮށްދޭނެ ފަރާތެއް ހޯދުން
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން މި އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ކުރިއަށްގެންދަން ނިންމާފައިވާ ފައިނޭންޝަލް އެކްސްޕޯ 2019 ގެ އިވެންޓް ކޮންސެޕްޓް ތައްޔާރުކޮށްދީ އިވެންޓް މެނޭޖްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މި މަސައްކަތާ ގުޅޭ ރިކުއެސްޓް ފޮރ ޕްރޮޕޯސަލް (އަރް.އެފް.ޕީ) މި އިޢުލާނާ އެކުގައި އެވަނީއެވެ.
މި މަސައްކަތާ ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 22 ޖުލައި 2019 ވާ ހޯމަ ދުވަހު ގެ ހެނދުނު 11:00ގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އޮންނާނެއެވެ.
އަންދާސީ ހިސާބު ހުށަހަޅާނީ 29 ޖުލައި 2019 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00އަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެ ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް އެކަންޏެވެ.
15 ޖުލައި 2019
ހޯދާ