ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޯރަފުށީ އިޖުތިމާޢީ މަރުކަޒު ޢިމާރާތް ކުރުމަށް ބޭނުންވާ ކުރެހުން ކުރަހައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ

އިޢުލާން

ހޯރަފުށީ އިޖުތިމާޢީ މަރުކަޒު ޢިމާރާތް ކުރުމަށް ބޭނުންވާ ކުރެހުން ކުރަހައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ

                  ހޯރަފުށީ ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ހޯރަފުށީ އިޖުތިމާޢީ މަރުކަޒު ޢިމާރާތް ކުރުމަށް ބޭނުންވާ ކުރެހުން، ކުރަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވުމާއިއެކު މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މިއިދާރާއަށް ހުށަހަޅުއްވައި ދެއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

އަންދާސީ ހިސާބް ހުށަހަޅާ ފޯމް ދޫކުރުމާއި، މަޢުލޫމާތު ދިނުން

21 ޖުލައި 2019

އާދިއްތަ

11:30

އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ސުންގަޑި

28 ޖުލައި 2019

އާދިއްތަ

11:30

                  މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އަންދާސީ ހިސާބު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތުގެ ސިޓީއެއް، ބަދަލުގައި ޙާޟިރުވެލައްވާ ފަރާތުން ހުށަހަޅުއްވަންވާނެއެވެ. އެސިޓީގައި ބަދަލުގައި ޙާޟިރުވެލައްވާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި ދިވެހި ރައްޔިތެންކަން އަންގައިދޭ ކާޑު ނަންބަރު ލިޔުއްވާފައި އޮންނަންވާނެއެވެ. މީގެއިތުރުން އަންދާސީ ހިސާބު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އަދި ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅުއްވަންވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވެލައްވާ ފަރާތްތަކަށް ކަމުގައިވެސް ދަންނަވެމެވެ.

                  މިހެންވެ، މިކަން ޢާއްމުކޮށް އިޢުލާން ކުރީމެވެ.

             12 ޛުލްޤަޢިދާ  1440

15 ޖުލައި 2019
ހޯދާ