ހައްދުންމަތީ މާބައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިޝަރަކު ބޭނުންވެގެން

`

ހައްދުންމަތީ މާބައިދޫ ކައުންސިލްގެ އިދާރާ                           

މާބައިދޫ، ދިވެހިރާއްޖެ

 

ނަމްބަރ :(IUL)397-AS/397/2019/46

 

އިޢުލާނު

މި އިދާރާގެ މިދަންނަވާ މަޤާމަށް މީހަކު ބޭނުން ވެއްޖެއެވެ.

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިޝަރ

މަޤާމުގެ ނަންބަރ

J-310418

ބޭނުންވާ ޢަދަދު

1 (އެކެއް )

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޖީ އެސް 3

މަޤާމުގެ ކްލެސިފިކޭޝަން

އޮފިޝަރ ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން

ހައްދުންމަތީ މާބައިދޫ ކައުންސިލުގެ އިދާރާ  ލ. މާބައިދޫ

މުސާރަ

މަހަކު 4465.00 ރުފިޔާ

ސަރވިސް އެލެވަންސް

މަހަކު 1500.00 ރުފިޔާ

އެހެނިހެން އެލަވަންސް

-      ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

-      ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

 -   ސަޕޯޓިންގ ކޯ އެލަވަންސް1: މަހަކު 700.00 ރުފިޔާ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ދުވަހުން ދުވަހަށް ކައުންސިލަށް ޖެމްސް އިން ނުވަތަ މެއިލް މެދުވެރިކޮށް ލިބޭ ލިޔެކިޔުންތައް އެންޓްރީކޮށް ހަވާލުކުރަންޖެހޭ މުވައްޒަފުންނާއި ހަވާލުކުރުން. އަދި ސެކްޝަނަށް އަންނަ ކޯލްތަކަށް ޖަވާބުދާރީވުން.
  2. މުވައްޒަފުންގެ ޑެއިލީ އެޓެންޑެންސް ސިސްޓަމުން އަދި ފޮތްތަކުން ދުވަހުން ދުވަހަށް އަދާހަމަކޮށް ސަލާމާއި އާއިލީ ޒިންމާގެ ފޯމްތައް ފައިލްކޮށް ރެކޯޑް އަދާހަމަކޮށް ބެލެހެއްޓުން.
  3. މުވައްޒަފުންނަށް ދޭންޖެހޭ އެންމެހާ ޗުއްޓީތައް ޒިންމާދާރުވެރިޔާގެ މަޝްވަރާގެ މަތިން ދިނުމާއި ބަލަހައްޓަންޖެހޭ ރެކޯޑްތައް ޤަވާޢިދުން ބަލަހައްޓާ އަދާ ހަމަކުރަމުން ގެންދިއުން
  4. ކޮންމެ މަހެއް ނިމުމުން މުވައްޒަފުންގެ ހާޟިރީ ނެގުމާއި ، ކޮންމެ މަހެއްގެ އޯޓީ ރިޕޯޓާއި އަދިވެސް މުސާރައާއި ގުޅުންހުރި ރިޕޯރޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ސެކްޝަންތަކަށް ފޮނުވުން.
  5. މުވައްޒަފުންގެ އިތުރުގަޑީގެ ހާޟިރީއާއި، ހުސްވަގުތު ހާޟިރީ ތައްޔާރުކޮށް ބެލެހެއްޓުން.
  6. ކައުންސިލް އިދާރާގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ޕާސަނަލް ފައިލްތައް އަދާ ހަމަކޮށް ޤަވާޢިދުން ބެލެހެއްޓުން.
  7. ކައުންސިލް އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންގެ އެޕުރައިޒަލް ފޯރމުތައް ތައްޔާރުކުރުމާއި،ފޯރމުތައް ފުރުވުމާއި، ރިޕޯރޓު ހެދުމާއި ވިޔުގައަށް އެޅުމުގެ މަސައްކަތް ޒިންމާދާރު ވެރިޔާގެ ލަފާގެމަތިން ކުރުން.
  8. މުވައްޒަފުން ވަޒީފާއަށް އަހުލުވެރި ކުރުވުމުގެ މަސައްކަތް ޒިންމާދާރުވެރިޔާގެ ލަފާގެމަތިން ކުރުން. އަދި ޓްރޭނިން ބޭނުންވާ މުވައްޒަފުން ޓްރޭން ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  9. ވަޒީފާތަކަށް މުވައްޒަފުން ހޯދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ޒިންމާދާރުވެރިޔާގެ ލަފާގެ މަތިން ސިވިލް ސަރވިސްގެ ޤަވާއިދާ އެއްގޮތަށް ކުރުމާއި ވިއުގައަށް އަޅަންޖެހޭ މައުލޫމާތު އަޅާ ބެލެހެއްޓުން. އަދި ކޮންޓްރެކްޓް މުވައްޒަފުންގެ ކޮންޓްރެކްޓްތައް ބެލެހެއްޓުން.
  10. މުވައްޒަފުންނަށް އިސްލާޙީ ފިޔާވަޅުއެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ޒިންމަދާރު ވެރިޔާގެ ލަފާގެ މަތިން ކުރުން
  11. ކައުންސިލުންދޭ ޚިދުމަތްތައް ދިނުމަށާއި، ކައުންސިލުން ހިންގާ ޙަރަކާތް ތަކުގައި ޙަވާލުކުރޭ ކަންކަން ކުރުން.
  12. ވަޒީފާއާއި ގުޅިގެން ހަވާލުކުރެވޭ އިދާރީ މަސައްކަތްތައްކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. 'ސާނަވީ' ނުވަތަ އެއާއި އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓިފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން އަދި އެޑްމިނިސްޓްރޭޝަން ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން

ނުވަތަ

  1. ‘މަތީ ސާނަވީ' ނުވަތަ އެއާއި އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓިފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް މެނޭޖްމަންޓް / ޕްބްލިކް އެޑްމިނިސްޓްރޭޝަންގެ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާޞިލްކޮށްފައިވުން

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

-          ހާޟިލްކޮށްފައިވާ ތައުލީމާއި ތަޖުރިބާއަށް ބަލައިގެން

-          މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

-          ޤާބިލްކަން ކަށަވަރު ކުރުމަށް އިންޓަރވިއު ކޮށްގެން

 

 

ނޯޓް: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާގެ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ: %45 (ސާޅިސް ފަހެއް ) އިންސައްތައަށް ވުރެ މަތިވާން ޖެހޭނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

1.ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސް  ވަޒީފާއަށް އެދޭފޯމް (ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓުން (www.csc.gov.mv) އަދި މިއިދާރާގެ  ކައުންޓަރުން ލިބެންހުންނާނެއެވެ.

2.ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭ ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3.ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތުހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4.ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

 5.ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

         (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ ،ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ:

         (ށ) މަތީ ތަޢުލީމު ދޭ ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ:

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމުރީނު ސެޓްފިކެޓްތަކުގެ ކޮޕީ:

7.ސިވިލް ސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، ސެޓްފިކެޓްގެ ކޮޕީ:

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައި ވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި ، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިކަން އަންގައިދޭ ރެފަރެންސް ޗެކް ފޯމް

މަޤާމަށް އެދެންވާ ސުންގަޑި:

 މި މަޤާމަށް ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 ޖުލައި 2019 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން ހައްދުންމަތީ މާބައިދޫ ކައުންސިލްކައުންސިލް އިދާރާއަށެވެ.

އިންޓަވިއު އޮންނާ ތަނާއި މުއްދަތު

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު ކުރުން އޮންނާނީ 25 ޖުލައި 2019އިން 27 ޖުލައި 2019 އާއި ދެމެދުގެ ތާރީޚެއްގައި ހައްދުންމަތީ މާބައިދޫ ކައުންސިލް އިދާރާގައެވެ.

ޝޯޓް ލިސްޓް ކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރ: 6800708  ފޯނާއެވެ. އީމެއިލް ކުރައްވާނީ  [email protected]) )   އެޑްރެހަށެވެ.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

މިހެންވެ، މި ކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 ޛުލްޤައިދާ 1440

14 ޖުލައި 2019

14 ޖުލައި 2019
ހޯދާ