މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ހިއުމަން ރިސޯސް އޮފިސަރ

 (IUL)10-C/10/2019/78 :ނަންބަރު

 

އިޢުލާނު

 

މަޤާމް:

ހިއުމަން ރިސޯސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-309975

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް.1 

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ހޯމްއެފެއާޒް /ހިއުމަން ރިސޯސް ސެކްޝަން/ ކ. މާލެ

މުސާރަ:

މަހަކު 5,610.00ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު 2,000.00ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިންގ ކޯ އެލަވަންސް 2: މަހަކު 700.00ރުފިޔާ
  2. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މިނިސްޓްރީއާއި ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ މުވައްޒަފުންގެ ސަލާމާއި ޢާއިލީ ޒިންމާ ނޯޓް ކުރުމާއި، ސަލާމާއި ޢާއިލީ ޒިންމާ ފޯމް ތައްޔާރުކޮށް މުވައްޒަފުންނަށް ހަވާލު ކުރުން.
  2. މިނިސްޓްރީއާއި ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ މުވައްޒަފުންގެ ސަލާމް / ޢާއިލީ ޒިންމާ ފޯމް އެޗް.އާރު ސިސްޓަމަށް އެންޓަރކުރުމާއި، ޕަރސަނަލް ފައިލްގައި ފައިލް ކުރުން.
  3. މިނިސްޓްރީއާއި ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ މުވައްޒަފުންގެ ޗުއްޓީ ތާވަލް ބެލެހެއްޓުމާއި މިނިސްޓްރީއާއި ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ މުވައްޒަފުންގެ ޗުއްޓީ ޗިޓް ތައްޔާރުކޮށް ޗުއްޓީ ރެކޯޑްސް ބެލެހެއްޓުން.
  4. ނޯޕޭ ލީވްއާއި ޕޭލީވްގައި ހުންނަ މުވައްޒަފުން އޮފީހަށް ނުކުތުމުން، އެ މުވައްޒަފުންގެ ޗުއްޓީ ގުނަންފަށާ ތާރީޚު ޗެކްކުރުމަށްފަހު، އެޗް. އާރު ސިސްޓަމުން އެޖަސްޓްމަންޓް ގެނެސް، އެ މުވައްޒަފުންނަށް އެންގުން.
  5. ކޮންމެ މަހެއްގައިވެސް މުސާރަ ނިންމަންޖެހޭ ތާރީޚުގެ ކުރިން މިނިސްޓްރީއާއި ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ މުވައްޒަފުންގެ ޕެންޝަނާއި މުސާރައާ ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކޮށް ނިންމުން.
  6. ޔުނިޓަށް ލިބޭ މިނިސްޓްރީއާއި ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ މުވައްޒަފުންގެ ޙާޟިރީ ސްލިޕް އެންޓަރ ކުރުމާއި، ފައިލްކުރުން.
  7. މިނިސްޓްރީއާއި ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ މުވައްޒަފުންގެ ޕާރސަނަލް ރެކޯޑްފައިލްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  8. ޙާޟިރީ / ޗުއްޓީއާ ގުޅިގެން ޔުނިޓަށް އަންނަ ސިޓީ/މެމޯ/ނޯޓް ތަކަށް ޔުނިޓުގެ ވެރިޔަކު ވިދާޅުވާގޮތުގެ މަތިން ޖަވާބު ފޮނުވުން.
  9. ކޮންމެ މަހެއްގެ 5 ވަނަ ދުވަހުގެ ކުރިން ސިޔާސީ ބޭފުޅުންގެ ޙާޟިރީ ރިޕޯޓް ތައްޔާރުކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވުމާއި، ޕީ.އެސް ގެ ޙާޟިރީ ރިޕޯޓް ކޮންމެ މަހެއްގެ 20 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނަށް ފޮނުވުން.
  10. ކޮންމެ މަހެއްގެ 5 ވަނަ ދުވަހުގެ ކުރިން، މިނިސްޓްރީއާއި ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ މުވައްޒަފުން ކްރެޑިޓަށް ނަގާފައިވާ ލޯން ޕޭމަންޓް ޑީޓެއިލްސް އެ ތަންތަނަށް ފޮނުވުން.
  11. ޔުނިޓުގެ ދުވަހުގެ ޔައުމިއްޔާ ލިޔުމާއި، އެކްޝަން ޕްލޭނާއި ޕްރޮގްރެސް ތައްޔާރު ކުރުން.
  12. ޔުނިޓްގެ މުވައްޒަފަކު ނެތް ޙާލަތެއްގައި ވެރިންވިދާޅުވާ ގޮތެއްގެ މަތިން އެ މުވައްޒަފެއްގެ މަސައްކަތް ކުރުން.
  13. މުޅި މިނިސްޓްރީ ޝާމިލުވާގޮތަށް މިނިސްޓްރީން ކުރާ ޚާއްޞަ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ އެހީތެރިވުން.

މަޤާމުގެ ޝަރުޠުތައް:

  1. ހިއުމަން ރިސޯސް މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާގެ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ހޯމްއެފެއާޒް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.    

ޕްރެޒެންޓޭޝަން އަދި އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 01 އޮގަސްޓް 2019  އާއި 22 އޮގަސްޓް 2019 އާ ދެމެދުގެ ތާރީޚެއްގައި، މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3313325 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3324739 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

11 ޛުލްޤަޢިދާ 1440

14 ޖުލައި 2019
ހޯދާ