ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑު ގޮވާން ކުރުމަށް ބިންދޫކުރުމާއި ގުޅޭ

މި އިދާރާއިން ކުރި ނަންބަރު: (IUL)376/376/2018/25 އިޢުލާން ބާތިލްކޮށް އަލުން އެބިންތައް ކުއްޔަށް ދޫކުރުމަށް ހުޅުވާލުމަށް ކައުންސިލުން ނިންމުމާގުޅިގެން އަލުން އަގު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ބިންތައްދޫކުރެވޭނީ 3 އަހަރުދުވަހުގެ މުއްދަތަކަށްށެވެ. ދޫކުރެވޭ ބިންތަކުގެ މައުލޫމާތު ތިރީގައި އެވަނީއެވެ.

 

1. އަލްމަރުޙޫމް އަޙްމަދު ޙުސެއިން މީނާޒު / ދ. ބަނޑިދޫ ދަނޑުހެއްދުމަށް ބޭނުންކުރަމުން އައި ބިން، މި ބިމުން ދޫކުރުމަށް ހަމަޖެހިފައިވަނީ 9000 އަކަފޫޓްގެ 2 ދަނޑެވެ.

   އިރުމަތި ފަރާތް: 1 ނަންބަރު ބިން

   ހުޅަނގު ފަރާތް: 2 ނަންބަރު ބިން

 

2. އަލްމަރުޙޫމް މޫސާ އިބްރާހީމް، ދިލްބަހާރުގެ / ދ. ބަނޑިދޫ ދަނޑު ހެއްދުމަށް ބޭނުންކުރަމުން އައި ބިން، މި ބިމުންދޫކުރުމަށް ހަމަޖެހިފައިވަނީ 5000 އަކަފޫޓްގެ 1 ބިމެވެ.

   މަރުހޫމް މޫސާ އިބްރާހީމް،  ދިލްބަހާރުގެ / ދ. ބަނޑިދޫ ، ދަނޑުހެއްދި ބިން: 3 ނަންބަރު ބިން

 

3. އަލްމަރުޙޫމް އީސާ މުޙައްމަދު، ފޭރުގަސްދަށުގެ / ދ. ބަނޑިދޫ ދަނޑުހެއްދުމަށް ބޭނުންކުރަމުން އައި ބިން، މި ބިމުން ދޫކުރުމަށް ހަމަޖެހިފައިވަނީ 5000 އަކަފޫޓްގެ 2 ބިމެވެ.

   އިރުމަތި ފަރާތް: 4 ނަންބަރު ބިން

   ހުޅަނގު ފަރާތް: 5 ނަންބަރު ބިން

 

4. ބަނޑިދޫ އިޖްތިމާޢީ މަރުކަޒު އެޅުމަށް ދޫކޮށްފައިވާ ގޯތީގެ ބިން، މި ބިމުންދޫކުރުމަށް ހަމަޖެހިފައިވަނީ 5000 އަކަފޫޓްގެ 1 ބިމެވެ.

   އިޖްތިމާޢީ މަރުކަޒު ގޯތި: 6 ނަންބަރު ބިން

 

މި ބިންތައްދޫކުރުމަށް ނިންމާފައިވާ އެންމެ ކުޑައަގަކީ އަކަފޫޓަކަށް މަހަކު 10 (ދިހަލާރި) އެވެ. މި ބިންތަކުގައި ދަނޑުހެއްދުން ފިޔަވައި އިތުރު އެއްވެސް ބޭނުންމެއް ނުކުރެވޭނެއެވެ. މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 ޖުލައި 2019 ވާ އަންގާރަދުވަހުގެ 11:00 އަށް ބަނޑިދޫ ކައުންސިލްއިދާރާއަށް ވަޑައިގެން އަގުހުށައެޅުއްވުން އެދެމެވެ.

އަގު ހުށައަޅުއްވާ ސިޓީތަކުގައި ކުއްޔަށް ހިފަން ބޭނުންވާ އަގާއި ބިމުގެ ނަންބަރު ސާފްކޮށް އިގެން އޮންނަންވާނެއެވެ. ބިންތައް ހަވާލްކުރެވޭނީ އެ ބިމެއް ހިފަން ހުށައެޅިއަގުތަކުގެ ތެރެއިން އެންމެ މަތީ އަގު ހުށައެޅުއްވި ފަރާތަކަށެވެ. އަގު ހުށައަޅުމުން ބިން ލިބޭ އެއްވެސްފަރާތަކުން ބިން ކުއްޔަށްދޫކުރުމަށް ވެވޭއެއްބަސްވުމުގައި ސޮއިކުރަން އިޢުތިރާޒްކޮށް ބިންދޫކޮށްލާނަމަ، ދެން ބަނޑިދޫ ކައުންސިލުން މި ބިންތައް ދޫކުރުމަށް ކުރެވޭ އިޢުލާންއާއި ގުޅިގެން ހުށައަޅާ އަގު ބަލާއިނުގަންނަގޮތަށް ކައުންސިލުން ނިންމާފައިވާ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފްކުރައްވަން ބޭނުންނަމަ ރަސްމީ ގަނޑީގައި މިއިދާރާގެ ނަންބަރު 6760045 އަށް ގުޅުއްވުން އެދެމެވެ.

މިހެންވެ، މިކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

11 ޒުލްގައިދާ 1440

14 ޖުލައި  2019

14 ޖުލައި 2019
ހޯދާ