މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ކޮންސަލްޓަންސީ ސަރވިސަސް ޓު ރިވައިސް ޑްރާފްޓެޑް ވޯޓަރ އެންޑް ސުވަރޭޖް ބިލް އެންޑް ޑިވެލޮޕް ރިލޭޓަޑް ރެގިއުލޭޝަންސް

                     ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަ                                                                          

 

   ގްރީން ކްލައިމެޓް ފަންޑުގެ (ޖީ.ސީ.އެފް.ގެ) ހިލޭ އެހީގެ ދަށުން  ހިންގާ ޕްރޮޖެކްޓަށް "ކޮންސަލްޓަންސީ ސަރވިސަސް ޓު ރިވައިސް ޑްރާފްޓެޑް ވޯޓަރ އެންޑް ސުވަރޭޖް ބިލް އެންޑް ޑިވެލޮޕް ރިލޭޓަޑް ރެގިއުލޭޝަންސް" ހޯދުމާއި ގުޅޭ:

މި މިނިސްޓްރީއިން25  ޖޫން 2019ގައި ނެރުނު ނަންބަރު (IUL)438-GCF/438/2018/159  އިޢުލާނުގައިވާ މުއްދަތުގެ ތެރޭގައިއެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

 

 

  1. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އާއި ގްރީން ކްލައިމެޓް ފަންޑް ގުޅިގެން ހިންގާ 'ސަޕޯޓިންގ ވަލްނަރަބްލް ކޮމިއުނިޓީސް އިން މޯލްޑިވްސް ޓު މެނޭޖް ކްލައިމެޓް ޗޭންޖް އިންޑިއުސްޑް ވޯޓަރ ޝޯޓޭޖަސް' ޕްރޮޖެކްޓަށް  "ކޮންސަލްޓަންސީ ސަރވިސަސް ޓު ރިވައިސް ޑްރާފްޓެޑް ވޯޓަރ އެންޑް ސުވަރޭޖް ބިލް އެންޑް ޑިވެލޮޕް ރިލޭޓަޑް ރެގިއުލޭޝަންސް" މަސައްކަތަށް ކޮންސަލްޓަންސީ ފަރމް އެއް ހޯދަން ބޭނުންވެއެވެ.

 

 

  1. މި މަސައްކަތުގެ "ރިކުއެސްޓް ފޯ ޕްރޮޕޯސަލް" އަދި "ޓާރމްސް އޮފް ރިފަރެންސް" މި އިއުލާނާއި އެއްކަރުދާސް ކުރެވި މިމިނިސްޓްރީގެ ވެބްސައިޓު www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ކަމާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

 

  1. މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ރަޖިސްޓަރީ ކުރައްވަން ވާނެއެވެ. ރަޖިސްޓަރީ ކުރައްވާނީ 'ބިޑަރޒް ރެޖިސްޓަރޭސަން ފޯމް' [email protected] އަށް އީ-މެއިލް ކުރައްވައިގެނެވެ. މިފޯމް މިގެޒެޓް އިޢުލާނާ އެއްކަރުދާސް ކުރެވި އަދި މިނިސްޓަރީގެ ވެބްސައިޓުން ވެސް އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވަޑައިގަތުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓަރީ ކުރެއްވޭނެ އެންމެފަހު ތާރީޚަކީ 21 ޖުލައި 2019 ވާ ދުވަހުގެ މެންދުރުފަހު 14:00 އާއި ހަމައަށެވެ.

 

  1. މި ޕްރޮޖެކްޓާއި ބެހޭގޮތުން ސާފްކުރަން ބޭނުންވާ މައުލޫމާތެއް ވާނަމަ، އީ-މެއިލް ކުރައްވާނީ 22 ޖުލައި 2019 ވާ ދުވަހުގެ 12:00 އާއި ހަމައަށް، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. ([email protected]).

 

 

 

 

  1. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން (  ގްރީން ކްލައިމެޓް ފަންޑުގެ (ޖީ.ސީ.އެފް.ގެ) ހިލޭ އެހީގެ ދަށުން  ހިންގާ ޕްރޮޖެކްޓަށް "ް  "ކޮންސަލްޓަންސީ ސަރވިސަސް ޓު ރިވައިސް ޑްރާފްޓެޑް ވޯޓަރ އެންޑް ސުވަރޭޖް ބިލް އެންޑް ޑިވެލޮޕް ރިލޭޓަޑް ރެގިއުލޭޝަންސް") ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު، "ރިކުއެސްޓް ފޯ ޕްރޮޕޯސަލް" ގައި ވާގޮތައް ބީލަން ހުށަހަޅާ އެޑްރެސް ލިޔެވި އަދި ބީލަން ހުށަހަޅާ ކުންފުނީގެ ނަން ސާފުކޮށް ލިޔެވިފައި  އޮންނަންވާނެއެވެ. ބީލަމުގެ 'ބިޑް ވެލިޑިޓީ' މުއްދަތެއްގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.  މިބީލަމުގައި 'އިލެކްޓްރޯނިކް ސަބްމިޝަން' ބަލައެއް ނުގަނެވޭނެއެވެ.

 

  1. ބީލަން ހުށަހަޅޭނެ ގަޑިއަކީ 25 ޖުލައި 2019 ވާ ދުވަހުގެ 12:00 ޖަހާއިރެއެވެ، ބަލައިގަނެވޭނީ މިގަޑިއަށް ހުށަހަޅާ ބިޑުތަށް އެކަންޏެވެ. ބީލަން ހުޅުވުން އޮންނާނީ 25 ޖުލައި 2019 ވާ ދުވަހުގެ 12:00 ގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ގެ ޖަލްސާކުރާ މާލަމުގަ ހާޒިރުވާން ބޭނުން ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ.

 

ޖީ.ސީ.އެފް ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓް،

ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާޓްމަންޓް،

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް

މާފަންނު، މާލެ، 20392 ދިވެހިރާއްޖެ.

ފޯން: +(960) 301 8395

ވެބްސައިޓް: http://www.environment.gov.mv

އީ-މެއިލް [email protected]

14 ޖުލައި 2019
ހޯދާ