ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާގެ މިދަންނަވާ މަޤާމްތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މިއިދާރާގެ މިދަންނަވާ މަޤާމްތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް:                     އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް ނަންބަރ:              J-269122

ރޭންކް:                    ޖީ.އެސް 3 ( ޖެނަރަލް ސަރވިސް 3 )

ކްލެސިފިކޭޝަން:              އޮފިސަރ ގްރޭޑް 1

މަސައްކަތްކުރާތަން:            ގދ.ރަތަފަންދޫ ކައުންސިލްގެ އިދާރާ

ޔުނިޓް:                    ކޯޕަރޭޓް އެފެއާޒް

މަޤާމުގެ ގިންތި:              ދާއިމީ

މަޤާމުގެ މުސާރަ:             -/4465 ރުފިޔާ

ސަރވިސް އެލަވަންސް:         1500.00 ރުފިޔާ

ސަޕޯޓިން ކޯ އެލަވަންސް 2:     މަހަކު 700.00 ރުފިޔާ

ބޭނުންވާ އަދަދު:            01 (އެކެއް)

 އެހެނިހެން އިނާޔަތްތައް:

  1. ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި ބަންދުދުވަސްތަކުގައި މަސައްކަތްކުރަން ހަމަޖެހިއްޖެނަމަ ބަންދުދުވަސްތަކުގެ ފައިސާ ދެވޭނެއެވެ.
  2. މީގެ އިތުރުން ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ދެވޭ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

 ތަޢުލީމާއި ތަޖުރިބާ/ފެންވަރު ނުވަތަ ޝަރުތު:  

 ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 މަޤާމުގެ މަސްޢޫލިއްޔަތު:

1.ކައުންސިލް އިދާރާގެ ޔައުމިއްޔާ އާއި މުވައްޒަފުންގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން

2.ކައުންސިލް ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔުމާއި، ފާސްކުރެވޭ ޔައުމިއްޔާ ނޯޓިސްބޯޑަށް އެރުވުމާއި ފައިލްކުރުން

3.ކައުންސިލް ބައްދަލުވުންތަކުގެ އެޖެންޑާ ޒިންމާދާރުވެރިޔާގެ ލަފާގެމަތިން ތައްޔާރުކުރުމާއި މެމްބަރުންނަށް ފޮނުވުން

4.ކައުންސިލް ބައްދަލުވުންތަކުގެ އިދާރީ މަސައްކަތް ކުރުމާއި ބައްދަލުވުންތަކަށް ހޯލް ތައްޔާރުކުރުން

5.ކައުންސިލަރުން ޙަވާލުކުރާ އެކިއެކި ލިޔުންތަކާއި ސިޓީ، މެސެޖު ލިޔުން

6.ކައުންސިލަރުންގެ އެޕޮއިންޓްމަންޓްގެ ކަންތައްތައް އިންތިޒާމްކޮށް ބެލެހެއްޓުން

7.އެޓެސްޓް ކުރުމަށް ހުށަހަޅާ ލިޔުންތައް ބަލައިގަނެ އެޓެސްޓް ކުރުމަށްފަހު ދޫކުރުން

8.ކައުންސިލް އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ޒިންމާދާރުވެރިޔާ ޙަވާލުކުރާ މަސައްކަތްތައް ކުރުން

9.ޙަވާލުކުރެވިފައިވާ މަސައްކަތްތަކާއި ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުމާއި ސެކްޝަނުގެ އެހެން ޔުނިޓްތަކުގެ މުވައްޒަފުންނާއި އެކު ޓީމެއްގެ ގޮތުގައި މަސައްކަތްކުރުން އަދި ޔުނިޓްތަކުގެ މަސައްކަތް ތަކުގައި އެހީތެރިވެ ދިނުން

10. ކޯޕަރޭޓް އެފެއަރޒް ސެކްޝަންގެ އިދާރީ ޔުނިޓްގެ ލިޔުންތައް ފަސޭހައިން ފެންނަގޮތަށް ފައިލްކޮށް ބެލެހެއްޓުން

 

މަޤާމް:                     އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް ނަންބަރ:              J-269123

ރޭންކް:                    ޖީ.އެސް 3 ( ޖެނަރަލް ސަރވިސް 3 )

ކްލެސިފިކޭޝަން:              އޮފިސަރ ގްރޭޑް 1

މަސައްކަތްކުރާތަން:            ގދ.ރަތަފަންދޫ ކައުންސިލްގެ އިދާރާ

ޔުނިޓް:                    ކޯޕަރޭޓް އެފެއާޒް

މަޤާމުގެ ގިންތި:              ދާއިމީ

މަޤާމުގެ މުސާރަ:             -/4465 ރުފިޔާ

ސަރވިސް އެލަވަންސް:         1500.00 ރުފިޔާ

ސަޕޯޓިން ކޯ އެލަވަންސް 2:     މަހަކު 700.00 ރުފިޔާ

ބޭނުންވާ އަދަދު:            01 (އެކެއް)

 އެހެނިހެން އިނާޔަތްތައް:

  1. ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި ބަންދުދުވަސްތަކުގައި މަސައްކަތްކުރަން ހަމަޖެހިއްޖެނަމަ ބަންދުދުވަސްތަކުގެ ފައިސާ ދެވޭނެއެވެ.
  2. މީގެ އިތުރުން ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ދެވޭ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

 ތަޢުލީމާއި ތަޖުރިބާ/ފެންވަރު ނުވަތަ ޝަރުތު:  

 ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 މަޤާމުގެ މަސްޢޫލިއްޔަތު:

01- މެއިލްގެ ޒަރީޢާއިންނާއި އެހެނިހެން ގޮތްތުން އިދާރާއަށްލިބޭ ތަކެތި ބަލައިގަނެ އެތަކެތި ހުޅުވައި އެންޓްރީ ކުރުމަށްފަހު ޒިންމާދާރު ވެރިޔާގެ އިރުޝާދުގެ މަތިން ސެކްޝަންތަކާއި ޙަވާލުކުރުމާއި، ކައުންސިލް އިދާރާގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއި ، އިދާރާއިން ބޭރަށް ފޮނުވަންޖެހޭ އެކިއެކި ރިޕޯޓްތަކާއި ލިޔުންތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން

02- އިދާރާއަށްލިބޭ ލިޔެކިޔުންތަކާއި ،އިދާރާއިން ބޭރަށް ފޮނުވާ ލިޔެކިޔުންތައް ފައިލްކޮށް ފައިލިންގ ސިސްޓަމް ބެލެހެއްޓުމާއި، ފައިލިންގ ސިސްޓަމުން ހޯދަންޖެހޭ ލިޔެކިޔުންތައް ބޭނުންވެއްޖެ ޙާލަތެއްގައި އެބޭނުންވާ ސެކްޝަނަކަށް ހޯދާ ކޮޕީ ޙަވާލުކުރުން

03- ކައުންސިލް އިދާރާގެ ސްޓޮކް ހޯދައި ބެލެހެއްޓުން

04- ސެކްޝަނަށް ބޭނުންވާ ލިޔެކިޔުންތައް ފޮޓޯކޮޕީނެގުމާއި ސްކޭންކުރުމާއި ފެކްސްކުރަންޖެހޭ ލިޔެކިޔުންތައް ފެކްސްކުރުމާއި މެއިލްކުރަންޖެހޭ ލިޔެކިޔުންތައް މެއިލްކުރުމާއި، ބައެއްކަހަހަލަ ލިޔުންތަކަށް ފޯމެޓް ތައްޔާރުކުރުން

05 – އަންނަ ފޯންކޯލްތަކަށް ޖަވާބު ދިނުމާއި ރަގަނޅު މަޢުލޫމާތު ފޯރުކޮށްދެވޭނެ ފަރާތަކަށް ފޯންކޯލްތައް ޕާސްކުރުމާއި ، އިދާރާއަށް އަންނަ މެހުމާނުން ބަލައިގަނެ ބައްދަލުވުންތަކުގެ އިންތިޒާމް ހަމަޖެއްސުން

06- ކައުންސިލް އިދާރާގެ އެތެރެއާއި ބޭރު ސާފުތާހިރުކޮށް ތަރުތީބު ކުރުމުގައި މަސައްކަތު މުވައްޒަފުންނަށް އިރުޝާދުދީ އެމަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން-

07- ބަންދު މީހުންގެ ރެކޯޑް ބެލެހެއްޓުމާއެކު ބަންދު މީހުންނާއިބެހޭ ކަންކަން ޒިންމާދާރު ވެރިޔާގެ ލަފާގެމަތިން ކުރުން

08- އިދާރާއިން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތައް އިންތިޒާމްކޮށް  އެމަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވުމާއި، މަސައްކަތުގެ ދާއިރާގެ ތެރެއިން ޙާވާލުކުރެވޭ އެހެނިހެން ކަންކަން ކުރުން

09- ޕޯސްޓް ބޭގްތައް ބަލައިގަނެ ކަސްޓަމަރުންނާއި ޙަވާލުކުރުމާއި، ލެޓަރބިލްތައް ޤަވާޢިދުން ޕޯސްޓް  އޮފީހަށް މެއިލްކުރުން

10- ޕްރޮކިއުމަންޓުން ޙަވާލުކުރެވޭ މަސައްކަތް ކުރުން 

 އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

23 ޖުލައި 2019 ވަނަ ދުވަހު 13:00 ގެކުރިން ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި ބޭނުންވާ އެހެނިހެން ލިޔުންތަކާއި އެކު ރަތަފަންދޫ ކައުންސިލްގެ އިދާރާއަށް.

 ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)  
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

 (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 އިންޓަރވިއުކުރުން.

  • މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު ކުރެވޭނީ މަޤާމުގެ އަސާސީ ޝަރުތު ފުރިހަމަވާ ފަރާތްތަކާއި އެވެ.
  •  އިންޓަރވިއު ކުރުން އޮންނާނީ 28 ޖުލައި 2019 އާއި،01 އޮގަސްޓް 2019 އާދެމެދު ރަތަފަންދޫ ކައުންސިލް އިދާރާ ގައެވެ.

އިތުރު މަޢުލޫމާތު:

    މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6840016 ނަންބަރ ފޯނާއެވެ. ފެކްސް ނަންބަރަކީ 7929316 އެވެ.

 އެހެނިހެން ކަންތައްތައް:

  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ ހުށަހެޅުންތަކާއި އެޓޭޗްކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި ފުރިހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބަލައި ނުގަނެވޭނެއެވެ.
  • އެކްރެޑިޓް ނުކޮށް ހުށަހަޅާ ލިޔުންތަކަށް މާރކްސް ނުދެވޭނެއެވެ.
  • އުމުރުން 55 އަހަރު ނުފުރޭ މީހަކަށްވުން.

މިހެންވެމިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 ޖުލައި 2019
ހޯދާ