މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ގއ ވިލިގިލީ ކުނި މެނޭޖުކުރުމުގެ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް

ދިވެހި ސަރުކާރުން ޚަރަދުކޮށްގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ހުވަދު އަތޮޅު ހިމެނޭ ގޮތުގައި ކުރިއަށް ގެންދާ "ސަރަޙައްދީ ކުނި މެނޭޖުކުރުމުގެ މަޝްރޫޢު – ސާފުރާއްޖެ ޒޯން 6 އަދި 7" މަޝްރޫޢުގެ ދަށުން ހުވަދު އަތޮޅުގެ ރަށްރަށުގައި ރަނގަޅު ގޮތުގައި ކުނި މެނޭޖުކުރުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން ގއ ވިލިގިލީ ކުނި މެނޭޖުކުރުމުގެ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.         

މި މަޝްރޫޢުއާއި ގުޅޭ ބީލަން ފޮތް ޑައުންލޯޑްކުރެވޭ ގޮތަށް މިއިއުލާނާއިއެކު އެޓޭޗްކުރެވިފައިވާނެއެވެ. އަދި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ވެބްސައިޓް، www.environment.gov.mv އިން ވެސް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.               

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިއުމަންޓް ޔުނިޓް

މިނިސްޓްރީ އޮފް  އެންވަޔަރަންމަންޓް

ގއ ވިލިގިލި ކުނި މެނޭޖުކުރުމުގެ މަރުކަޒު އިމާރާތްކުރުމާއި ބެހޭ އިޢުލާނު ނަންބަރު: (IUL)438-WMPC/438/2019/170

ރެޖިސްޓްރޭޝަން

ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި ރެޖިސްޓަރ ކުރަންވާނެއެވެ. ރެޖިސްޓަރ ކުރުމުގެ ސުންގަޑިއަކީ 23 ޖުލައި 2019 ވާ ޖުލައި ދުވަހުގެ 11:00 އެވެ. ރަޖިސްޓަރ ކުރައްވާނީ  މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ރިސެޕްޝަންގައެވެ. އަދި މިމުއްދަތު ތެރޭގައި އިޢުލާނު ނަންބަރާއި، ޕްރޮޖެކްޓް ނަން، ގުޅޭނެ ނަންބަރު ބަޔާންކޮށް މި އިޢުލާނުގައި ބަޔާންކޮށްފައިވާ އީ-މެއިލް މެދުވެރިކޮށް ރެޖިސްޓަރ ކުރެވިދާނެއެވެ. ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ޕްރީ ބިޑް ބައްދަލުވުން

މިމަޝްރޫއުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 17 ޖުލައި 2019 ވާ ބުދަ ދުވަހުގެ ހެނދުނު 10:30  ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައެވެ.

މަޢުލޫމާތު ސާފުކުރުން

މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވަނީ ގެޒެޓް ކުރާ ތާރީޙުން ފެށިގެން  22 ޖުލައި 2019 އާއި ދެމެދު މިނިސްޓްރީގެ އީމެއިލް އެޑްރެސް ކަމަށްވާ   procurement@environment.gov.mv އަށް އީމެއިލް ކުރައްވައިގެންނެވެ. މިމުއްދަތުގެ ފަހުން ކުރެވޭ ސުވާލުތަކަށް ޖަވާބެއް ނުދެވޭނެއެވެ.

 

ބިޑު ހުޅުވުން

 ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 24 ޖުލައި 2019 ވާ ބުދަ ދުވަހުގެ ހެނދުނު 09:30 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި، މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެތެރެއިން މި ޖަލްސާގައި ބައިވެރިވެވަޑައިންނަވާ ބޭފުޅުންގެ ހާޒިރުގައެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން 24 ޖުލައި 2019 ވާ ބުދަ ދުވަހުގެ ހެނދުނު 09:30  އަށް ބީލަން ފުރިހަމަކުރުމަށްފަހު ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

 

ނޯޓް:

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް

ހަނދުވަރީ ހިނގުން، މާފަންނު

މާލެ، 20392

ދިވެހިރާއްޖެ.

އީމެއިލް:  procurement@environment.gov.mv

11 ޖުލައި 2019
ހޯދާ