މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ސައުތުއަރި މެރިންޕާކް ސަރަހައްދާއި ގުޅޭ

އިޢުލާން

 

ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން 5 ޖޫން 2009 ގައި، އިޢުލާނު ނަންބަރު 138-EE/2009/19 އާ ހަވާލާދީ ޙިމާޔަތްކޮށްފައިވާ 'އަރި އަތޮޅު ދެކުނު ބުރީގެ ރަންގަލީ ފަރުގެ ހުޅަނގު އުތުރުކަނުން ފެށިގެން ދިގުރަށުގެ ފަރުގެ އުތުރުކަނާ ދޭތެރޭގައި ވާރަށްތަކުގެ ފަރުގެ ބޭރު ތޮށިން ފެށިގެން 1 ކިލޯމީޓަރުގެ ސަރަހައްދު' 11 ޖުލައި 2019 އިން ފެށިގެން 'ސައުތުއަރި މެރިންޕާކް ސަރަހައްދު' ކަމުގައި ހަމަޖައްސައި، އެސަރަހައްދު ބެލެހެއްޓުމުގައި ޢަމަލުކުރާނީ ޤުދުރަތީ ނުވަތަ ޠަބަޢީގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ތަންތަނާ ބެހޭ ގަވާއިދުގެ ދަށުން އެކުލަވާލާ މެނޭޖްމަންޓް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިންކަން ޢާންމުކޮށް އަންގާ އިޢުލާނު ކުރަމެވެ. އަދި މިސަރަހައްދުގައި 11 ޖުލައި 2019 އިން ފެށިގެން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ މެރިން ރޭންޖަރސް ހަރަކާތްތެރިވަމުން ދާނެކަން ޢާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.

މި ސަރަހައްދާ ބެހޭ އިތުރު ތަފްޞީލް މިއިޢުލާނާއެކު އެޓޭޖް ކޮށްފައިވާނެއެވެ.

11 ޖުލައި 2019
ހޯދާ