ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާރާތް ކުރުމަށް ހުއްދަ ހޯދުމާއި ބެހޭ

ޤާނޫނު ނަންބަރު 2017/4 (އިމާރާތްކުރުމުގެ ޤާނޫނު) ގެ 95 ވަނަ މާއްދާގެ (ހ)ގެ 12 ވަނަ ނަންބަރުގެ ދަށުން އެކުލަވާލާފައިވާ "ޕްލޭނިންގ ޤަވާއިދެއް ނެތް ރަށްރަށް ނުވަތަ ފަޅުފަޅުގައި އިމާރާ ކުރަންވީ ގޮތުގެ ޤަވާއިދު (ނަންބަރު: (2019/R-1002 ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށް އަމަލު ކުރަން ފަށާފައިވާތީ އެޤަވާއިދުގައިވާ ގޮތުގެމަތިން ކައުންސިލްގެ ހުއްދަ ނެތި އެއްވެސް ފަރާތަކުން ގއ.ކޮނޑޭގައި އެއްވެސް ބާވަތެއްގެ އިމާރާތެއް ނުކުރުމަށް އަންގަމެވެ. އަދި އސްވެ ދެންނެވުނު ޤަވާއިދަށް އަމަލު ކުރަންފަށާ ތާރީޚުން ފެށިގެން އިމާރާތް ކުރުމުގެ މަސައްކަތް ފަށަންވާނީ ކައުންސިލްގެ ހުއްދަ ލިޔުމަކުން ލިބުމަށްފަހުކަމުގައިވާތީ އިމާރާތް ކުރުމަށް ބޭނުންވާ ފަރާތްތަކުން އެކަމުގެ ހުއްދައަށް އެދި ކައުންސިލަށް ހުށަހެޅުއްވުމުން ޤަވާއިދު (ނަންބަރު: (2019/R-1002  ޕްލޭނިންގ ޤަވާއިދެއް ނެތް ރަށްރަށް ނުވަތަ ފަޅުފަޅުގައި އިމާރާ ކުރަންވީ ގޮތުގެ ޤަވާއިދުގައިވާ ގޮތުގެމަތިން ހުއްދަ ދޫކުރެވޭނެއެވެ.

ވީމާ، މިކަން ޢަންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 ޖުލައި 2019
ހޯދާ