ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ގދ.މަޑަވެލި-ގދ.ހޯޑެއްދޫގެ ކަރަންޓް އެއްވިއުގައިން ގުޅާލުމަށް ސެންޓްރަލް ޕަރަރ ސްޓޭޝަނެއް ޑިޒައިންކޮށް އިމާރާތްކޮށް އަދި އެތަނަށް ބޭނުންވާ އެންމެހާ ތަކެތި ސަޕްލައިކޮށް އިންސްޓޯލްކޮށް އަދި މީޑިއަމް ވޮލްޓޭޖް (11ކޭވީ) ވިއުގަ ހަރުދަނާ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

ނަންބަރ:FNK-I/IUL/2019/0126

 

އިޢުލާން

ގދ.މަޑަވެލި-ގދ.ހޯޑެއްދޫގެ ކަރަންޓް އެއްވިއުގައިން ގުޅާލުމަށް ސެންޓްރަލް ޕަރަރ ސްޓޭޝަނެއް ޑިޒައިންކޮށް އިމާރާތްކޮށް އަދި އެތަނަށް ބޭނުންވާ އެންމެހާ ތަކެތި ސަޕްލައިކޮށް އިންސްޓޯލްކޮށް އަދި މީޑިއަމް ވޮލްޓޭޖް (11ކޭވީ) ވިއުގަ ހަރުދަނާ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

    ގދ.މަޑަވެލި-ގދ.ހޯޑެއްދޫގެ ކަރަންޓް އެއްވިއުގައިން ގުޅާލުމަށް ސެންޓްރަލް ޕަރަރ ސްޓޭޝަނެއް ޑިޒައިންކޮށް އިމާރާތްކޮށް އަދި އެތަނަށް ބޭނުންވާ އެންމެހާ ތަކެތި ސަޕްލައިކޮށް އިންސްޓޯލްކޮށް އަދި މީޑިއަމް ވޮލްޓޭޖް (11ކޭވީ) ވިއުގަ ހަރުދަނާ ކުރުމުގެ އެންމެހައި މަސައްކަތްތައް މި ކުންފުނިންދޭ މަޢުލޫމާތާއެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ މި މަސައްކަތްތަކަށް އަގު ހުށަހެޅުއްވުމުގެ ފުރުޞަތު، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހުޅުވާލަމެވެ. މި ޕްރޮޖެކްޓަށް ފައިނޭންސް ކުރުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓަރއެވެ.

    މި އިޢުލާނާ ގުޅޭ ބިޑް ޑޮކިއުމަންޓް 11 ޖުލައި 2019 އިން 21 ޖުލައި 2019 އަށް، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން މެންދުރު ފަހު 14:30 އަށް މިކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)ގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. މި ބިޑް ޑޮކިއުމަންޓް ވިއްކާ އަގަކީ 100.00 (އެއްސަތޭކަ) ޔޫ.އެސް.ޑޮލަރު ނުވަތަ އެޢަދަދަށްވާ ދިވެހި ފައިސާއެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް ދައްކާފައިސާ އަބުރާ ނުނެގޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަމެވެ. އަދި މި ބިޑްގައި ރަޖިސްޓްރީ ވުމަށްބޭނުންވާ ފަރާތްތަކުން ކުންފުނީގެ ނަން، އީމެއިލް އެޑްރެސް، ފޯނު ނަންބަރ އަދި މުޢާމަލާތްކުރާނެ ފަރާތުގެ މައުލޫމާތު ހިމެނޭލިޔުމެއް ހުށަހަޅަންވާނެއެވެ. އަދި މި ބިޑްގައި ބައިވެރިވެވޭނީ ހަމައެކަނި ބިޑް ޑޮކިއުމަންޓް ގަންނަފަރާތްތަކުން އެކަނި ކަމުގައި ދަންނަވަމެވެ. އަދި މި ބިޑް ޑޮކިއުމަންޓާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މެއިލްކުރާނީ [email protected]އަށެވެ.

    މި ބިޑާއިގުޅިގެން ބާއްވާ މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުން އޮންނާނީ 22 ޖުލައި 2019ވާ ހޯމަ ދުވަހުގެ 13:00ގައެވެ. އަދި އަންދާސި ހިސާބު ހުށަހެޅުން އޮންނާނީ 04 އޮގަސްޓް 2019 ވާ އާދިއްތަ ދުވަހުގެ 14:00 ގައެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މި ކުންފުނީގެ ހެޑްއޮފީސް (ޕޯރޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ގައެވެ.   

    ބިޑް ޑޮކިއުމަންޓް ނުގަންނަ ފަރާތްތަކުގެ އަންދާސީ ހިސާބާއި  މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޙްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ.

                07 ޛުލްޤައިދާ 1440

                10  ޖުލައި  2019

10 ޖުލައި 2019
ހޯދާ