މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ށ.މިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ކުޑަދޮރުތަކުގައި ވާޓިކަލް ބްލައިންޑްސް ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރަތެއް ހޯދުން

  ށ.މިލަންދޫ މެޖިސްޓްރޭޓް ކޯޓުގެކުޑަދޮރުތަކުގައި ވާޓިކަލް ބްލައިންޑްސް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިކޯޓުގެ ނަންބަރު:   C15C-A/2019/12 (12 މެއި 2019) އިޢުލާނާއި ގުޅިގެން ހުށަހެޅި އަންދާސީ ހިސާބުތަކުގެ އަގު ބޮޑުވުމާއިގުޅިގެން ށ.މިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ކުޑަދޮރުތަކުގައި ވާޓިކަލް ބްލައިންޑްސް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން 2019 ޖުލައި 15 ވަނަ ދުވަހުގެ 11:00 އަށް ށ.މިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.  އަދި މަޢުލޫމާތު ސާފުކުރުމަށާއި ބިޑް ހުށަހެޅުމަށް ކުންފުންޏަކުން ޙާޟިރުވާނަމަ އެބޭފުޅެއް ތަމްޞީލުކުރައްވަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ލިޔުމެށް ހުށަހަޅުއްވަންވާނެއެވެ. އަދި އަމިއްލަ ފަރާތަކުންނަމަ މުއްދަތު ހަމަނުވާ އައިޑީކާޑުގެ އަސްލު ގެންނަންވާނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލު ހަމަޖެއްސިކަން އަންގައިދޭ ސިޓީއެއް ގެންނަންވާނެއެވެ.

  އިތުރު މަޢުލޫމާތެއް ބޭނުންވާނަމަ 6540640 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 18 ޖުލައި 2019

އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 11:00

އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ށ.މިލަންދޫ މެޖިސްޓްރޭޓް ކޯޓް

10 ޖުލައި 2019
ހޯދާ