މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މެނޭޖަރ ގރ-01

މަޤާމް: މެނޭޖަރ ގރ-01

 ބޭނުންވާ އަދަދު:  

 01

 މަސައްކަތް ކުރަންޖެހޭތަން:

 ޕްރޮޑަކްޝަން އެންޑް އިންޖިނިއަރިންގ ޑިޕާރޓްމަންޓް / ކ. ތިލަފުށި

 އަސާސީ މުސާރަ:

 11500.00ރ

 އެހެނިހެން އިނާޔަތްތައް:

 2000.00ރ – އެޓެންޑެންސް އެލަވަންސް

 1800.00ރ – ފުޑް އެލަވަންސް

 650.00ރ – ފޯން އެލަވަންސް

 އަސާސީ މުސާރައިގެ %40   - ޕްރޮފެޝަނަލް އެލަވަންސް  

 އަސާސީ މުސާރައިގެ  %50 - މެނޭޖްމަންޓް އެލަވަންސް

 ޕެންޝަން: ވަޒީފާއާއި ބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުގެ މަތިން ޕެންޝަނަށް ފައިސާ   އުނިކުރެވޭނެއެވެ.

 މަޤާމުގެ މަސްއޫލިއްޔަތު:

 

ޕްރޮޑަކްޝަން އެންޑް އިންޖިނިއަރިންގ ޑިޕާރޓްމަންޓް ހިންގުމާއި އަމަލީ ސިފަ ގެނައުމުގައި މެނޭޖީރިއަލް އަދި ޓެކްނިކަލް ލަފާ މެނޭޖްމަންޓާއި ހިއްސާ ކުރުމާއި، ޕްރޮޑަކްޝަން ޑިޕާރޓްމަންޓުގެ ޢަމަލީ މަސައްކަތްތައް މޮނިޓަރ ކުރުމާއި ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިޔުން ހިމެނެއެވެ.

ކުންފުނީގެ އަމާޒަށް ވާސިލްވުމަށްޓަކައި ހާސިލްކުރަންޖެހޭ ލަނޑުދަނޑިތައް އެކުލާވާލާ، ޤާއިމްކޮށް، ޤަވައިދުން ރިވިއުކުރުން.

ކުންފުނީގެ މަސައްކަތްތަކާއި ގުޅޭގޮތުން ގުޅުން ބާއްވަންޖެހޭ ހުރިހާ ފަރާތްތަކާއެކު ކައިރި ގުޅުމެއް ބަދަހިކޮށް، ދެމެހެއްޓުން.

ޕްރޮޑަކްޝަަން ޑިޕާރޓްމަންޓުގެ މުވައްޒަފުން ޒިންމާދާރުކުރުވާ، ނަތީޖާ ނެރެވޭފަދަ ޕްރޮޑަކްޝަން ޓީމްއެއް ބިނާކުރުން

ސައިޓުގެ އިކްއިޕްމެންޓްތަކާއި މެޝިނަރީތައް ބެލެހެއްޓުމާއި ކުރިއަށްގެންދިއުމުގައި ދުވަހުން ދުވަހަށް ބަލަންޖެހޭ ޓެކްނިކަލް ކަންކަން ބެލުމުގެ ގާބިލްކަން ލިބިފައިވުން 

 ފެންވަރު ނުވަތަ ޝަރުތު: 

 

 

- މެކޭނިކަލް އިންޖިނިއަރިންގ ދާއިރާއިން ޑިގްރީ ނުވަތަ މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު 1 އަހަރު ދުވަހުގެ ތަޖްރިބާލިބިފައިވުން.  

 ހުނަރުވެރިކަން

 - ހުނަރުވެރި އަދި ބިނާކުރުވަނިވި ދުރުވިސްނާ މީހެއްކަމުގައިވުން.

 - އިނގިރޭސިބަހާއި ދިވެހިބަހުން ފަސޭހަކަމާ ފުރިހަމަކަމާއެކު ޢިބާރާތްކޮށް މުޢާމަލާތްކުރަން އެނގުން.

 - މުވައްޒަފުންގެ އެއްބާރުލުން ހޯދައިގެން، މީހުންނާއި ގުޅިގެން އެއްބައިވަންތަކަމާއެކު މަސައްކަތްކުރަން   އެނގުން.

 - މުޢާމަލާތްކުރުމުގެ ހުނަރާއި، ލީޑަރޝިޕް ހުނަރު އަދި ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށް ގެންދިއުމުގެ ހުނަރު ލިބިފައިވުން.

 - އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރާމީހެއްކަމުގައިވުން އަދިި މަސައްކަތްތައް ރާވައިގެން ހިންގޭފަދަ ޤާބިލިއްޔަތުކަން ހުރުން.

 - ގޮންޖެހުންތަކަށް ކުރިމަތިލުމާއި، ބަދަލުގެނައުމާއި އެދެވޭ ނަތީޖާ ނެރެވުމުގެ ޤާބިލްކަންހުރުން.

 ހުށަހަޅަންޖެހޭ   ތަކެތި:

 ޖޮބް އެޕްލިކޭޝަން ފޯމް ( މޯލްޑިވްގޭސް ވެބްސައިޓުންނާއި ހެޑް އޮފީސް ކައުންޓަރ އިން   ލިބިވަޑައިގަންނަވާނެ : www.maldivegas.com  )

 ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

 ލިބިފައިވާ ތަޢްލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ

 ޕޮލިސް ރިޕޯރޓް ( ހަމައެކަނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން )

 ކުރިން ވަޒީފާއަދާކޮށްފައިވާނަމަ ވަޒީފާއަދާކުރިކަމުގެ ލިޔުން

 ސުންގަޑި:

 17  ޖުލައި 2019 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން

 އިތުރު   މައުލޫމާތު:

 މަޤާމަށް އެދި ހުށަހުޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު   ކުރެވޭފަރާތްތަކަށެވެ. ޝަރުތު ހަމަނުވާ ފަރާތްތަކާއި ސައްހަނޫން މަޢުލޫމާތުތައް ހިމެނޭ ހުށަހެޅުންތަކާއި،   ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަނާޅާ ފަރާތްތަކުގެ އެޕްލިކޭޝަން ބާތިލް ކުރެވޭނެއެވެ.

 އެޕްލިކޭޝަން   ފޮނުއްވާނީ:

                                  ހިއުމަން ރިސޯސް ޑިޕާޓްމަންޓް                         

މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް

 2 ވަނަަ ފަންގިފިލާ އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ،  21- 02#

އޯކިޑްމަގު، މާލެ

ފޯން: 3335614   ފެކްސް: 3335615

  އީމެއިލް: [email protected] 

                                 ވެބްސައިޓް: www.maldivegas.com

10 ޖުލައި 2019
ހޯދާ