އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިޚާބުގައި މާލެ ސިޓީ-1 ނަންބަރު ފޮށީގެ ވޯޓުލާ ސަރަޙައްދަށް ބަދަލު އައިސްފައިވާތީ، މި ވޯޓު ފޮށީގެ ތަފްސީލް

ނަންބަރު: A)CA-2019/200) 

 

އިޢުލާން

މި ކޮމިޝަނުގެ ނަންބަރު (A)CA-2019/198 އިޢުލާނާ ހަވާލާދީ ދަންނަވަމެވެ. 2019 ޖުލައި 13 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިޚާބުގައި މާލެ ސިޓީ-1 ނަންބަރު ފޮށީގެ ވޯޓުލާ ސަރަޙައްދަށް ބަދަލު އައިސްފައިވާތީ، މި ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަހައްދާއި، ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަން މި ދަންނަވަނީއެވެ.

 

ވޯޓުފޮށި ބަހައްޓާ ތަން

ވޯޓުލާ ސަރަޙައްދު

ވޯޓުފޮށީގެ ނަން

ވޯޓުފޮށީގެ ނަންބަރު

މާލެ ސިޓީ، އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން)، ޓްރެއިނިންގ ހޯލް ދެކުނު

މި ފޮށްޓަށް ވޯޓުލާނީ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިޚާބުގައި ވޯޓުދިނުމުގެ ހައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ހިމެނޭ ހއ، ހދ، ށ، ނ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ، ތ، ލ، ގއ، ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ ޤާނޫނީ ވަކީލުންނެވެ.

މާލެ ސިޓީ-1

001

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

06 ޛުލްޤަޢިދާ 1440

09 ޖުލައި 2019
ހޯދާ