ޙާފިޡް އަޙުމަދު ސްކޫލް
ދިވެހިރާއްޖެ
ކައުންސެލަރ

ހާފިޒު އަހުމަދު ސްކޫލް

  ފުވައްމުލައް، ދިވެހިރާއްޖެ 

ނަންބަރ: IUL)GS-74/GS-74/2019/21)

އިޢުލާން

މަޤާމް:

ކައުންސެލަރ

މަޤާމުގެ ނަންބަރު:

J-274867

ބޭނުންވާ އަދަދު:

01 ( އެކެއް )

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހާފިޒު އަހުމަދު ސްކޫލް / ޏ. ފުވައްމުލައް

މުސާރަ:

-/5610 ރ

ސަރވިސް އެލެވަންސް:

-/2000 ރ

ސަޕޯޓިންގ ކޯ އެލަވަންސް

-/700 ރ

އެހެނިހެން އެލަވަންސް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖެގެ ޕެންޝަނާބެހޭ ޤާނޫންގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ޤަވާއިދުތަކާއި އުސޫލުތަކާއި ޕޮލިސީތަކަށް ރިއާޔަތްކޮށް ސްކޫލުން ތައްޔާރުކުރާ ސްކޫލްގެ "ޗައިލްޑް ޕްރޮޓެކްޝަން ޕޮލިސީއާއި އެންޓި ބުލިންގ ޕޮލިސީ" އަދި ދަރިވަރުންގެ ރައްކާތެރިކަމަށް ސްކޫލުން ތައްޔާރުކޮށްފައިވާ އެހެނިހެން އުސޫލްތައް ސްކޫލްގެ ވެރިންގެ ލަފަޔާއި މަޝްވަރާގެ މަތިން ތަންފީޒްކުރުން.

2- ސްކޫލްގައި ތަޢުލީމް ޙާސިލްކުރަމުންދާ"ވަލްނަރަބަލް" ދަރިވަރުންގެ ހާލަތު ވަޒަންކޮށް އެފަދަ ކުދިންނަށް އެހީތެރިވެދެވޭނެ އިންތިޒާމެއް ކުލާސްޓީޗަރާއި ސްކޫލްގެ ވެރިންގެ ލަފަޔާއި މަޝްވަރާއާއެކު ހަމަޖައްސައި އެފަދަ ދަރިވަރުންގެ މަޢުލޫމާތު ބެލެހެއްޓުން.

3- ކައުންސެލިންގ ބޭނުންވާ ދަރިވަރުން ފާހަގަކޮށް، އެދަރިވަރުންނަށް ކައުނސެލިންގ ދެވޭނެ އިންތިޒާމް ހަމަޖައްސައި، އެދަރިވަރުންގެ ޓީޗަރުންނާ ގުޅިގެން މަސައްކަތްކުރުމާއި އެ ދަރިވަރުންގެ ފޮލޯއަޕް ހެދުމާއި އެދަރިވަރުންގެ ކޭސްނޯޓާއި ރިކޯޑް ބެލެހެއްޓުން.

4- ދަރިވަރެއްގެ ނުވަތަ ދަރިވަރުންތަކެއް މައްސަލައެއްގައި ކައުންސެލަރ ފުލުހުންގެ އިދާރާއަށް ނުވަތަ ޝަރުޢީ ކޯޓަކަށް ޖަވާބުދާރީވަން ޖެހިއްޖެ ހާލަތެއްގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ލީގަލް އޮފިސަރުގެ ފަންނީލަފަޔާއި އެއްގޮތައް އަމަލުކުރުން.

5-ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި،ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަން ތަރައްޤީ ކުރުމަށް ސްކޫލުގެ ވެރިންނާ މަޝްވަރާކޮށްގެން ސްކޫލް ފެންވަރުގައި ދަރިވަރުންނާއި ބެލެނިވެރިންނަށް ޕްރޮގްރާމްތައް ރާވައި ހިންގައި ބެލެހެއްޓުމާއި ސްކޫލްގެ މާޙައުލަކީ ދަރިވަރުންނަށާއި ސްކޫލްގެ މުވައްޒަފުންނަށް ނަފްސާނީގޮތުން ރައްކާތެރި މާޙައުލެއްކަން ކަށަވަރުކުރަން ސްކޫލްގެ ވެރިންނާއި ގުޅިގެން މަސައްކަތް ކުރުން.

6- ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސްކޫލްގެ ލިއޭޒަން އޮފިސަރ ނުވަތަ ލިއޭޒަން އޮފިސަރެއްގެ ގޮތުން ކުރަންޖެހޭ މަސައްކަތްކުރުމާއި، ސްކޫލްގައި ހިންގާ ޙާއްސަ ޕްރޮގްރާމްތަކުގައި (މިސާލަކަށް ދަސްވާރު ނުވަތަ ބީޓެކް ޕްރޮގްރާމް) ބައިވެރިވާ ދަރިވަރުންނަށް ކައުންސެލަރގެ އެހީތެރިކަން ބޭނުންވެއްޖެ ހާލަތެއްގައި އެދަރިވަރުންނަށް އެހީތެރިވެދިނުން.

7-  ކޮންމެ އަހަރަކު ސްކޫލުން ދަރިވަރުންގެ ނަފްސާނީ ދުޅަހެއުކަމަށާއި ދަރިވަރުންގެ ރައްކާތެރިކަމަށް ސްކޫލުގައި ހިންގާ ހަރާކާތްތަކުގެ ތާވަލު ކޮންމެ އަހަރެއްގެ ތަޢުލީމީ އަހަރުފެށުމާއެކު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެޑިޔުކޭޝަނަލް ސްޕަވިޜަން އެންޑް ކޮލިޓީ އިމްޕްރޫވްމަންޓް ޑިވިޜަނަށް ޙިއްސާކުރުން

8- ސްކޫލްތަކުގެ ކައުންސެލަރުންނާއެކު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބާއްވާ ފޯން ކޮންފެރެންސްތަކުގަޔާއި، ކޭސް މެނޭޖްމަންޓް ސެޝަންތަކުގައި، ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް އަދި ސެޝަން ޕްލޭން ހެދުމާއި،ކޮންމެ ސެޝަނެއް ފުރިހަމަކުރުމަށްފަހު ސެޝަން ނޯޓްސް ލިޔެ ފައިލްކޮށް ބެލެހެއްޓުން.

9- ޓީޗަރުންނަށް ދަރިވަރުންގެ ރައްކާތެރިކަމާއި ގުޅުންހުރި މަޢުލޫމާތާއި، ޓީޗަރުންނަށް ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމަށް ޕްރޮގްރާމްތައް މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ގުޅިގެން އިންތިޒާމްކޮށް ރާވައި ހިންގުން.

10- ކައުންސެލިންގ ޙިދުމަތަށް އަންނަ ދަރިވަރުންގެ ލިޔެކިޔުންތައް ބެލެހެއްޓުމާއި، ކޭސްތަކުގެ ރަޖިސްޓްރީ ހަދައި ބެލެހެއްޓުމާއި، ކޭސް ފައިލްސް ހެދުމައި،ސެޝަންތައް ކުރިއަށްދާނެގޮތުގެ ސެޝަން ޕްލޭން ހެދުމާއި، ކޮންމެ ސެޝަނެއް ފުރިހަމަކުރުމަށްފަހު ސެޝަން ނޯޓްސް ލިޔެ ފައިލްކޮސް ބެލެހެއްޓުން.

11-ދަރިވަރަކަށް ނުވަތަ ދަރިވަރުންތަކަކަށް ކުރަމުންދާ ގޯނާ އަނިޔާ އިހްމާލް ފާހަގަވެއްޖެނަމަ، ރިޕޯޓް ކޮށްފިނަމަ ނުވަތަ ޝައްކުކުރެވޭނަމަ "ދަރިވަރުންނަށް ރައްކާތެރިކަން ލިއްބައިދިނުމުގައި އަމަލުކުރާނެގޮތުގެ ސިޔާސަތު ބަޔާން ކުރާ އުސޫލު" ގައިވާ ގޮތުގެ މަތިން އަމަލު ކުރުން

12-ދާއިރާއާއި ގުޅޭގޮތުން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް އޮފީހުން އަންގާ ގޮތެއްގެ މަތިން ކުރުން

 

މަޤާމުގެ ޝަރުޠުތައް:   

1-      މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން

ގުޅޭ ވަޒީފާގެ ދާއިރާތައް:

ކައުންސެލިންގ

ތައުލީމީ ރޮނގުތައް:

-ކައުންސެލިންގ

- ސައިކޮލޮޖީ

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) އަދި ހާފިޒު އަހުމަދު ސްކޫލް އޮފީހުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، ސެޓްފިކެޓްގެ ކޮޕީ

8.  މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ދަޢުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ،  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ނުވަތަ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

- ތައުލީމާއި ތަމްރީނަށް ބަލައިގެން

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

-ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން

މަޤާމަށްއެދެންވީގޮތާއިސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ހާފިޒު އަހުމަދު ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، admin@hafizahmed.edu.mv  އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭފޯމު ބަލައިގަނެވޭނެއެވެ.  

އިންޓަވިއު:އޮންނާނެ ތަނާއި، މުއްދަތު:

 

މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 21 ޖުލައި 2019 އާއި 31 ޖުލައި 2019 އާއި ދެމެދު، ހާފިޒު އަހުމަދު ސްކޫލް އޮފީހުގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާފަރާތްތަކުން މިތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މިއިއުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރުމަށް ގުޅާނީ (6861989) އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ (6861990) އެވެ. އީ-މެއިލް  ކުރާނީ admin@hafizahmed.edu.mv އަށެވެ.

8 ޖުލައި 2019

 

 

08 ޖުލައި 2019
ހޯދާ