މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ހިންގާ މަޝްރޫއެއްގައި އައްޑޫ ސިޓީގެ ހިތަދޫގައި 10 މީޓަރުގެ އެންޓަނާއެއް ޖެހުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތަކެއް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.

އިޢުލާން

                     

ނަންބަރު:    MMS-A/2019/16

 

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ހިންގާ މަޝްރޫއެއްގައި އައްޑޫ ސިޓީގެ ހިތަދޫގައި 10 މީޓަރުގެ އެންޓަނާއެއް ޖެހުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތަކެއް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.

އިޓަލީ ސަރުކާރުގެ ހިލޭ އެހީގެދަށުން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ހިންގާ މަޝްރޫޢެއްގައި، އައްޑޫ ސިޓީގެ ހިތަދޫގައި 10 މީޓަރުގެ އެންޓަނާއެއް ޖެހުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތަކެއް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި ސަރވިސްގެ ފަރާތުން މިކަމަށް ތައްޔާރުކޮށްފައިވާ ކުރެހުމާއި އަދި ދޭ މަޢުލޫމާތާއި އެއްގޮތަށް އެންޓަނާ ހަރުކުރުމަށް ބޭނުންވާ ކޮންކްރީޓް ފައުންޑޭޝަން އެޅުމާއި، މާލެ ސިޓީގެ އިންޑަސްޓްރިއަލް ޒޯނުގައިވާ ވެމްކޯގެ ސަރަހައްދުން ފެށިގެން އެންޓަނާ ހަރުކުރުމަށް ހަމަޖެހިފައިވާ ތަނަށް އެންޓަނާއާއި އެއާގުޅޭ އާލާތްތައް ގެންގޮސް، އެންޓަނާ ހަރުކުރުމުގެ މަސައްކަތް ކުރެވޭނެ، އެކަށީގެންވާ ތަޖުރިބާ ހުރި، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް 2019 ޖޫން 24 ވަނަ ދުވަހު ކުރެވުނު އިޢުލާނު (ނަންބަރު MMS-A/2019/13) އާ ގުޅިގެން އެކަށީގެންވާ އަދަދަށް ބީލަން ލިބިފައި ނުވާތީ، އެ އިޢުލާނު ބާތިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

އަންދާސީހިސާބު ހުށަހެޅުމާއި ހުޅުވުން

އަންދާސީ ހިސާބު ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2019 ޖުލައި 11 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި އައްޑޫ ސިޓީގެ ގަމުގައި ހުންނަ ގޭން މީޓިއޮރޮލޮޖިކަލް އޮފީހުގައެވެ. ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. 

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް

މި މަސައްކަތާގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އިތުރު މައުލޫމާތު ހޯއްދެވުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ އީމެއިލް އެޑްރެސް [email protected]  އަށް މެއިލްކޮށްދެއްވުން އެދެމެވެ.

07 ޖުލައި 2019
ހޯދާ