މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސްޓެޓިސްޓިކަލް އޮފިސަރ (ވޭޖު)

މަޤާމް:                ސްޓެޓިސްޓިކަލް އޮފިސަރ (ވޭޖް)

ބޭނުންވާ އަދަދު:           1 (އެކެއް)

މަޤާމުގެ ގިންތި:           ވަޤުތީ، ވޭޖް އެމްޕްލޯއީ (3 މަސް ދުވަސް) އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން ޖެހިއްޖެނަމަ، މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު، އެއްބަސްވުމުގެ މުއްދަތު އިތުރު ކުރެވޭނެއެވެ.

ސެކްޝަން :             ޕްލޭނިންގ ސެކްޝަން / މިނިސްޓްރީ އޮފް ހަޔަރއެޑިޔުކޭޝަން

ވަޒީފާއޮތް އޮފީސް:          މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން:    ވެލާނާގެ 2 ވަނަ ފަންގިފިލާ، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން

މުސާރަ (ގަޑިއިރަކަށް):       -/377ރ (ރަސްމީ ހަގަޑި އިރަށް) 6 ގަޑިއިރަށްވުރެ އިތުރުވާނަމަ މިރޭޓުން އިތުރުވަގުތައް އުޖޫރަ ދެވޭނެއެވެ.

އިތުރު އިނާޔަތްތައް:         1- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

                   2- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

                    

ވަޒީފާގެ މައިގަޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ދިވެހިރާއްޖޭގައިމަތީތަޢުލީމާއި ތަމްރީނުދިނުމަށް ރަޖިސްޓްރީ ކުރެވޭ މަރުކަޒުތަކުގެ ތަފާސް ހިސާބު ހޯދުމަށްޓަކައި މަރުކަޒުތަކާ މުޢާމަލާތްކޮށް، މަރުކަޒުތަކުން ހިންގާ ކޯސްތަކާއި ކިޔަވައިދޭ ޓީޗަރުންގެ އަދަދާއި ފެންވަރާއި ގުޅޭ މަޢުލޫމާތާއި ތަފާސްހިސާބްހޯދުން
  2. ދިވެހިރާއްޖޭގައިމަތީތަޢުލީމުދޭ މަރުކަޒުތަކުން އެއްކުރެވޭ ތަފާސް ހިސާބުތައް ޑޭޓާބޭސްއަށް އަޅާ ބޭނުންވާ ރިޕޯޓްތައް  ނެރެވޭ ގޮތަށް ބަލަހައްޓާ އަޕްޑޭޓްކުރަމުންގެންދިއުން
  3. ދިވެހިރާއްޖޭގައިމަތީތަޢުލީމުދޭ މަރުކަޒުތަކުން އެއްކުރެވޭ ތަފާސްހިސާބް ބޭނުންވާ، ސަރުކާރުގެ މުއައްސަސާތަކާ އެހެނިހެންފަރާންތަކަށް އެމަޢުލޫމާތު ފޯރުކޮށްދިނުން.
  4. މަތީގައިވާ މަސައްކަތްތަކުގެ އިތުރުންވެސް ސްޓެޓިސްޓިކްސް ސެކްޝަނުން ޙަވާލުކުރައްވާ މަސައްކަތްތައްކުރުން.

 

މާޤާމުގެ ޝަރުޠުތައް:

  1. އެޕްލައިޑް މެތަމެޓިކްސް/ސްޓެޓިސްޓިކްސް ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން

 

ހުށަހަޅަންޖެހޭ ލިޔުންތައް

1-      ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ކައުންޓަރުން ލިބެންހުންނާނެއެވެ.

2-      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު  (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3-      ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4-      ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5-      ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6-      ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

7-      ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ އެ ސެޓްފިކެޓްގެ ކޮޕީ.

8-      މަސައްކަތުގެ ތަޖުރިބާ ގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށްބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން އަދި އިމްތިޙާނެއް ދީގެން

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑީ

   މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14 ޖުލައި 2019 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަތުމުގެ މުއްދަތު އިތުރުވާނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވާ އިންޓަވިއު އޮންނާނީ 2019 ޖުލައި 15-25އާ ދެމެދު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން (ވެލާނާގެ 2ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލައްވާ ބޭފުޅުން، އެތާރީޚުގައި އިންޓަވިއު އަށް ހާޒިރުވެވަޑައިގަތުމަށް ތައްޔާރުވެވަޑައިގެން ތިއްބެވުން އެދެމެވެ.

 

ޝޯޓު ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން މާރކްސް ލިބޭ ފަރާތްތައް ޝޯޓުލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެދައްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

-   45%

 

އިތުރުމަޢުލޫމާތު:   

މި ވަޒީފާއާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާ ބޭފުޅުން މި މިނިސްޓްރީގެ ނަންބަރު 3341303،3341307 ފޯނަށް ގުޅުއްވުން އެދެމެވެ. އަދި އީ-މެއިލް ކުރާނީ [email protected] އަށެވެ.

1 ޛުލްޤައިދާ 1440

4 ޖުލައި 2019

04 ޖުލައި 2019
ހޯދާ