މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލްގައި ޤާއިމްކުރާ އެމަޖެންސީ މެޑިކަލް ސަރވިސަސް އަށް ބޭނުންވާ އައިސީޓީ އާލާތްތައް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

       ހުޅުމާލެ ހޮސްޕިޓަލްގައި ޤާއިމްކުރާ އެމަޖެންސީ މެޑިކަލް ސަރވިސަސް އަށް ބޭނުންވާ އައިސީޓީ އާލާތްތައް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

       މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 09 ޖުލައި 2019 ވާ އަންގާރަަ ދުވަހުން ފެށިގެން 11 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އިން 13:45 އާއި ދޭތެރޭ މި މިނިސްޓްރީގެ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަން އަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ރެޖިސްޓަރ ވުމަށްފަހު ލިބިވަޑައިގަންނަވާނެއެވެ. އަދި 14 ޖުލައި 2019 ވާ އާދިއްތަ ދުވަހު ހެނދުނު 11:00 ގައި ޕްރީބިޑް ސެޝަންއެއް މި މިނިސްޓްރީި (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައި އޮންނާނެއެވެ.  

      އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 17 ޖުލައި 2019 ވާ ބުދަ ދުވަހުގެ ހެނދުނު 12:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

      މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 14 ޖުލައި 2019 ވާ އާދިއްތަ ދުވަހު ހެނދުނު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

01 ޒުލްގައިދާ 1440

04 ޖުލައި 2019
ހޯދާ