މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
29 ޖުލައި އިން 31 ޖުލައި 2019 އަށް "ޑިސްޓްރިކްޓް ހެލްތު އިންފޮމޭޝަން ސޮފްޓްވެއަރ ވަރޝަން (ޑީ.އެޗް.އައި.އެސް 2 ) ގެ ނަމުގައި މާލޭގައި ޓްރޭނިންގއެއް ބޭއްވުމަށްޓަކައި 02 ހޯލް ހިފުމާއި ކޭޓަރިންގ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

        29  ޖުލައި އިން 31 ޖުލައި 2019 އަށް "ޑިސްޓްރިކްޓް ހެލްތު އިންފޮމޭޝަން ސޮފްޓްވެއަރ ވަރޝަން (ޑީ.އެޗް.އައި.އެސް 2 ) ގެ ނަމުގައި މާލޭގައި ޓްރޭނިންގއެއް ބޭއްވުމަށްޓަކައި 02 ހޯލް ހިފުމާއި ކޭޓަރިންގ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 07 ޖުލައި 2019 ވާ އާދިއްތަ ދުވަހުން ފެށިގެން 10 ޖުލައި 2019 ވާ ބުދަަ ދުވަހުގެ ނިޔަލަށް ހެނދުނު 09:00 އިން 13:00 އާއި ދޭތެރޭ މި މިނިސްޓްރީގެ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަން އަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ރެޖިސްޓަރ ވުމަށްފަހު ލިބިވަޑައިގަންނަވާނެއެވެ. އަދި 11 ޖުލައި 2019 ވާ ބުރާސްފަތި ދުވަހު ހެނދުނު 11:00 ގައި ޕްރީބިޑް ސެޝަންއެއް މި މިނިސްޓްރީި (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައި އޮންނާނެއެވެ.  

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 15 ޖުލައި 2019 ވާ ހޯމަ ދުވަހުގެ ހެނދުނު 09:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 11 ޖުލައި 2019 ވާ ބުރާސްފަތި ދުވަހު ހެނދުނު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

01  ޒުލްގައިދާ 1440

04 ޖުލައި 2019
ހޯދާ