މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތު މަސައްކަތު

 

  • މަޤާމު:        މަސައްކަތު
  • މަޤާމު ނަންބަރު:  J-283741
  • ބޭނުންވާ ޢަދަދު:  01
  • މަޤާމުގެ ގިންތި :  ދާއިމީ
  • މަޤާމުގެ ރޭންކް:  އެސް.އެސް. 1
  • ކްލެސިފިކޭޝަން:   ސަޕޯޓް ސްޓާފް ގްރޭޑް 1
  • ވަޒީފާ އަދާކުރަންޖެހޭތަން:  ބ. އޭދަފުށީ މަސްޖިދުއްސުލްތާނު މުހައްމަދު މުއީނުއްދީން/ މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ                               ކައުންސިލްގެ އިދާރާ/ ބ. އޭދަފުށި  
  • މުސާރަ:             3100.00 ރުފިޔާ
  • ސަރވިސް އެލަވަންސް:    1000.00 ރުފިޔާ
  • އެހެނިހެން އެލަވަންސްތައް:

1-      ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.

2-      ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3-      ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، އަދި ރަމަޟާންމަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާ

4-      ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ސަޕޯރޓިންގ ކޯ އެލަވަންސްގެ ގޮތުގައި ލިބިލައްވާ -/1200 ރުފިޔާ (މަހަކު)

މަޤާމުގެ މައިގަޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް.

1-      ކޮންމެ ނަމާދުވަގުތެއްގެ ގަޑިޖެހުމުގެ 15 މިނިޓްކުރިން މިސްކިތަށްގޮސް މިސްކިތުގެއެތެރެއާއި ފާޚާނާ ފެންއިސްކުރުބަރި ސާފުތާހިރުކުރުން.

2-      ޖަމާޢަތުގެ ނަމާދުކޮށްނިމިގެންމީހުން މިސްކިތުންފޭބުމުން އެއަރކޮންޑިޝަން، ފަންކާ އަދި ލައިޓް ފަދަކަރަންޓް ބޭނުންކުރާތަކެތީގެ ތެރެއިން ކޮންމެހެން ބަހައްޓަންޖެހޭ އެއްޗެއްފިޔަވައި އެހެންހުރިހާ އެއްޗެތީގެ ކަރަންޓް ކެޑުން.

3-      ކޮންމެދުވަހަކު މަދުވެގެން އެއްފަހަރު މިސްކިތު ގޯތިތެރެއާއި މިސްކިތްހިމެނޭމަގު ކުނިކަހާސާފުތާހިރުކުރުމާއިއެކު ގަސްތަކަށްފެންދީ ބެލެހެއްޓުން.

4-      ކޮންމެހަފްތާއަކު މަދުވެގެން 2 ފަހަރުމިސްކިތުގެ ހުރިހާ ބިއްލޫރިތަކާއި، ފަންކާ.އޭ.ސީ،ފަރުނީޗަރ ހޮޅިބުރި / ލައިޓްތައްސާފުކުރުން.

5-      މިސްކިތުގައި ކާޕެޓް އަޅާފައިވާނަމަ ދެރޭންއެއްރޭ ކާޕެޓްސާފުކޮށް ވެކިއުމްކުރުން.

6-      ކައުންސިލްގެ އިދާރާއިން ނުވަތަ އިމާމު/މުދިމު ހަމަޖައްސަވާ ގޮތެއްގެމަތިން މިސްކިތުގެ ގޯތިތެރޭގައި ބަގީޗާފަދަގަސްތައް އިންދައި ހައްދައިގަސްތައްކޮށައި ގަސްތަކަށް ފެންދީބެލެހެއްޓުން.

7-      މިސްކިތުގެ ވަޅުދިޔަހިއްކަންޖެހޭ ވަގުތުތަކުގައި އެމަސައްކަތްކުރުމާއި އަދި ފުރާޅާއި ދިޔަދޮވި ސާފުކުރުމާއި މިސްކިތުގެ ގޯތިތެރޭގައި ބަހައްޓާފައިހުންނަ ފެންތާނގީތައް ސާފުކުރުން.

8-      ރަމަޟާންމަހާއިގުޅިގެން ކުރެވޭ ތަރާވީޙުނަމާދާއި ދަމުނަމާދުގެ އިތުރުން ހުކުރުނަމާދާއި ޢީދުނަމާދާއި ކޭތަނަމާދުތަކަށް މިސްކިތްތައްޔާރުކުރުން.

9-      ރަމަޟާންމަސްފަދަ ޚާއްޞަ މުނާސަބަތަކަށް ނުވަތަ އެނޫންގޮތަކަށްވިއަސް މިސްކިތުގެ ކުލަ/ދަވާދުލުމާއި މިސްކިތް ޒީނަތްތެރިކުރުންފަދަ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެ އެ މަސައްކަތްކުރުން.

10-  މިސްކިތަށް ލިބެމުންދާ ގެއްލުންތައް ޤަވާޢިދުން އިމާމު/ މުދިމު އަދި ކައުންސިލްގެ އިދާރާއަށް އެންގުން.

11-  އަދި މީގެއިތުރުން،މިއިދާރާގެހުރިހާ މުވައްޒަފުން ޝާމިލްވެގެން ކުރަންޖެހޭ ކަންތައްތަކާއި،އަދި ދިމާވާ މުހިންމު ކަންތައްތަކާގުޅިގެން ކުރަންޖެހޭ އެހެނިހެން ރަސްމީކަންތައްތައްކުރުން.

މަޤާމުގެ ޝަރުތު

  1. 1- ލިޔަންކިޔަން އެނގުން. (ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ،ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގސެޓްފިކެޓް ނުވަތަލިޔަންކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަކުން ބަލައިގެންނެވެ. )

ހުށަހަޅަންޖެހޭ ލިޔުންތައް.

1-      ފުރިހަމަކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށްއެދޭފޯމް ( މި ފޯމު ބ.އޭދަފުށި ކައުންސިލްއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv (/http://www csc.gov.mv  ޑައުންލޯޑު ކުރެވޭނެއެވެ.

2-      ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3-      ވަޒީފާއަށްއެދޭފަރާތުގެދިވެހިރައްޔިތެއްކަންއަންގައިދޭ،މުއްދަތުހަމަނުވާ،ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ،އަދި ލިޔެފައިވާ ލިޔުންތައްކިޔަން އެނގޭ ފަދަ ކޮޕީއެއް.

4-      ސިވިލްސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށްހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް،ވަޒީފާއަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5-      ލިބިފައިވާ ތަޢުލީމީސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިންބޭރުގެމަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެކޮޕީ.

(ށ) މަތީ ތައުލީމުދޭ،ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

6- ވަޒީފާގެ މަސައްކަތުގެ ދާއިރާއާގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

6-      ވަޒީފާގެ މަސައްކަތުގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7-      ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ،އެސެޓްފިކެޓްގެ ކޮޕީ.

8-      މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ)ދައުލަތުގެ މުވައްސަސާއެއްގައި، ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި،ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެމުއްދަތާއި،ވަޒީފާގެ މަސްއުލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާއަދާކުރި މުއްދަތުތަކާއި، ވަޒީފާގެމުއްދަތުތަކާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުންދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާއަދާކުރިގޮތް އަންގައިދޭ ރެފަންސް ޗެކް ފޯމް.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެކަންތައްތައް:

1-      ޙާޞިލްކޮށްފައިވާ ތައުލީމާއި ތަމްރީނު (%26)

2-      މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި ލިބިފައިވާ އެހެނިހެން ހުނަރު (%26)

3-      ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން (%48)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި.

މަޤާމަށްއެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 2019 ޖުލައި 14 ވާ އާދީއްތަ ދުވަހުގެ 12.00 ގެކުރިން އޭދަފުށީކައުންސިލްގެ އިދާރާއަށެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށްއެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަރވިއުއޮންނާނެތަނާއި މުއްދަތު.

މި މަޤާމަށް މީހަކުހޮވުމަށްބޭއްވޭ އިންޓަވިއު އޮންނާނީ 2019 ޖުލައި 20 އާއި 2019 ޖުލައި 30 އާއި ދެމެދުގައެވެ. އިންޓަރވިއު އޮންނާނީ އޭދަފުށީކައުންސިލް އިދާރާގެ މީޓިންގރޫމްގައެވެ. ވުމާއިއެކު،މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި، އިންޓަރވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

ޝޯޓްލިސްޓްކުރުން:

މިވަޒީފާއަށްއެދި ހުށަހަޅާ ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެގިނަނަމަ، ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން މާކްސްލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6608303 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރައްވާނީ [email protected]. އަށެވެ.

 

04 ޖުލައި 2019
ހޯދާ