އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ސިނާއީ މަސައްކަތްކުރާ ތަންތަނުގައި ބަހައްޓާ ވޯޓުފޮށިތަކާއި ވޯޓުލާ ސަރަޙައްދު

2014 މާރިޗު 22 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ސިނާއީ މަސައްކަތް ކުރާ ތަންތަނުގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަން، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ތަން މި ދަންނަވަނީއެވެ.

ވޯޓުފޮށި ބަހައްޓާ ރަށް/ތަން

ވޯޓުލާ ސަރަޙައްދު

ވޯޓުފޮށީގެ ނަން

ވޯޓުފޮށީގެ ނަންބަރު

#

ކ. ތިލަފުށި

ސެކްޓަރ 3ގެ ޕްލޮޓް ނަންބަރ S3041 (M9)

މި ފޮށްޓަށް ވޯޓުލާނީ ތިލަފުށީގައި  މަސައްކަތް ކުރާ ދިވެހި މުވައްޒަފުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް   ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ތިލަފުށި -1

V01.1.1

1

ހުޅުލެ

 އެއަރޕޯޓް ރިކްރިއޭޝަން ސެންޓަރ (އޭ.އާރް.ސީ)

މި ފޮށްޓަށް ވޯޓުލާނީ އިބްރާހިމް  ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންގެ   ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ހުޅުލެ-1

V02.1.1

2

ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑްގެ ކޯލްޑްސްޓޯރު ސަރަޙައްދު

މި ފޮށްޓަށް ވޯޓުލާނީ ކޫއްޑޫގައި  މަސައްކަތް ކުރާ ދިވެހި މުވައްޒަފުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް   ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ކޫއްޑޫ- 1

V03.1.1

3

ފެލިވަރު ފިޝަރީޒް މޯލްޑިވްސް ލިމިޓެޑްގެ އެކުވެނި

މި ފޮށްޓަށް ވޯޓުލާނީ ފެލިވަރުގައި  މަސައްކަތް ކުރާ ދިވެހި މުވައްޒަފުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް   ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ފެލިވަރު - 1

V04.1.1

4

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސާފައިވާ ޞިނާއީ މަސައްކަތްކުރާ ރަށްރަށުގެ ތެރެއިން އެ ރަށެއްގައި ވޯޓުފޮށި ބަހައްޓާނީ އެ މީހަކު ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާ މުއްދަތުގެ ތެރޭގައި އެއިން ރަށެއްގައި ވޯޓުލުމަށް މަދުވެގެން 100 (ސަތޭކަ) މީހުން ރަޖިސްޓަރީވެފައިވާ ނަމައެވެ. އެހެންކަމުން މި އިޢުލާނުގައިވާ ޞިނާއީ މަސައްކަތްކުރާ ރަށެއްގައި 100 (ސަތޭކަ) މީހުންނަށްވުރެ މަދު އަދަދަކަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާނަމަ، އެ ރަށެއްގައި ބެހެއްޓުމަށް ހަމަޖައްސާފައިވާ ވޯޓުފޮށި ނުބެހެއްޓޭނެކަންވެސް އަންގަމެވެ. އަދި އެ ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރި މީހުންގެ ރަޖިސްޓަރީ ބާޠިލުކޮށް އެ މީހުން ރަށްވެހިވެފައިވާ ރަށުގައި ވޯޓުލެވޭގޮތަށް ރަޖިސްޓަރީ ބަދަލުކުރެވޭނެކަންވެސް އެންގީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

17 ރަބީޢުލްއާޚިރު 1435

17 ފެބުރުވަރީ 2014
ހޯދާ