މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
މިނިވަންދުވަސް 2019 ރަސްމިއްޔާތުގެ ރިފްރެޝްމަންޓް

`

 

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

     މާލެ، ދިވެހިރާއްޖެ.                                           

                                                          ނަމްބަރ   (IUL)10-F/10/2019/70

އިޢުލާން

                 މިނިވަންދުވަސް 2019 ގެ ރަސްމިއްޔާތާއި ގުޅިގެން 24 ޖުލައި އަދި 26 ޖުލައި 2019 ވާ ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވާ ބޭފުޅުންނަށް ކެއުމާއި ސައި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 07 ޖުލައި 2019 ވާ އާދިއްތަ ދުވަހުގެ 13:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 ޖުލައި  2019 ވާ  ބުރާސްފަތި  ދުވަހުގެ 13:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާޒީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.

‏29 ޝައްވާލް    1440

‏02   ޖުލައި     2019   

 

 

02 ޖުލައި 2019
ހޯދާ