ގުރައިދޫ ސްކޫލް ކ.ގުރައިދޫ
ދިވެހިރާއްޖެ
ކައުންސެލަރ

 

އިޢުލާން

ތާރީޙް: 02 ޖުލައި 2019                                     ނަންބަރ: GS145/HR/IUL/2019/024  

 

ކައުންސެލަރ

 

މަޤާމް:             ކައުންސެލަރ

މަޤާމުގެ ނަންބަރު:       J-274950

ބޭނުންވާ އަދަދު:        01

މަޤާމުގެ ގިންތި:        ދާއިމީ

މަޤާމުގެ ރޭންކް:        އެމް.އެސް. 01

މަޤާމުގެ ކްލެސިފިކޭޝަން:   ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން: ގުރައިދޫ ސްކޫލް / ކ.ގުރައިދޫ

މުސާރަ:            -/5610 ރުފިޔާ

ސަރވިސް އެލެވަންސް:    -/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

 1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް.

4. ސަޕޯޓިންގް ކޯ އެލަވަންސް ގޮތުގައި މަހަކު -/700

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1.  މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޕޮލިސީތަކާއި އުޞޫލުތަކާއި ޤަވާޢިދުތަކަށް ރިޢާޔަތްކޮށް ސްކޫލުން ތައްޔާރުކޮށްފައިވާ ސްކޫލުގެ "ޗައިލްޑް ޕްރޮޓެކްޝަން ޕޮލިސީ" ނުވަތަ ސްކޫލުން ދަރިވަރުންގެ ރައްކާތެރިކަމަށް ތައްޔާރުކޮށްފައިވާ އުޞޫލުތައް ސްކޫލުގެ ވެރިންގެ ލަފަޔާއި މަޝްވަރާގެ މަތިން ތަންފީޒުކުރުން.
  2. ކައުންސެލިން ބޭނުންވާ ދަރިވަރުން ފާހަގަކޮށް، އެދަރިވަރުންނަށް ކައުންސެލިންގ ދެވޭނެ އިންތިޒާމް ހަމަޖައްސައި އެދަރިވަރުންގެ ފޮލޯއަޕް ހެދުމާއި އެދަރިވަރުންގެ ރެކޯޑު ބެލެހެއްޓުމާއި ދަރިވަރުންނާއި ޓީޗަރުންނާއި ގުޅިގެން މަސައްކަތްކުރުން.
  3. ޓީޗަރުންނަށް ސްޓްރެސް މެނޭޖްމަންޓާއި ނަފްސާނީ ދުޅަހެޔޮކަމާއި އަދި ދަރިވަރުންގެ ރައްކާތެރިކަމާއި އަދި ދަރިވަރުންގެ ރައްކާތެރިކަމާއި ގުޅުންހުރި ޕްރޮގްރާމްތައް ސްކޫލުގެ މެނޭޖްމަންޓާއި މަޝްވަރާކޮށްގެން ކަމާގުޅޭ ފަރާތްތަކާއި ގުޅިގެން ރާވައި ހިންގުމާއި ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ބޭނުންވާ މަޢްލޫމާތު ދަރިވަރުންނާއި ބެލެނިވެރިންނަށް ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެއްސުން.
  4. ދަރިވަރުންނަށް ލައިފް ސްކިލްގެ ގަޑިތައް ނަގައިދިނުމާއި ޚާއްޞަ ޕްރޮގްރާމްތަކުގައި ދަރިވަރުންނަށް ބޭނުންވެއްޖެ ޙާލަތެއްގައި އެހީތެރިވެދިނުމާއި އެޕްރޮގްރާމްތަކުން ދަރިވަރުން ޙާޞިލްކުރާ މިންވަރު (މިސާލަކަށް: ދަސްވާރު، ކެރިއަރ ގައިޑެންސް އަދި ބީޓެކް) ވަޒަންކުރުން.
  5. ދަރިވަރަކަށް ނުވަތަ ދަރިވަރުންތަކަކަށް އަނިޔާ/އިހުމާލު ފާހަގަވެއްޖެނަމަ، ޝައްކުކުރެވޭ ނުވަތަ ރިޕޯޓުކޮށްފިނަމަ އެކަން ތަޙްޤީޤުކުރުމަކާނުލައި "ޗައިލްޑް ޕްރޮޓެކްޝަން ޕޮލިސީ" ގައިވާ ގޮތުގެ މަތިން ކަމާބެހޭ ފަރާތްތަކަށް އެންގުން.
  6. ސްކޫލު ކައުންސެލަރަކަށް ރެފާކުރާ ދަރިވަރުންނަށް ވަކިވަކިން ނުވަތަ ގްރޫޕް ސެޝަން ނަގައިދިނުމާއި، ބޭނުންވެއްޖެ ޙާލަތެއްގައި ދަރިވަރުންގެ އިންޑިވިޖުއަލް އެޑިއުކޭޝަން ޕްލޭން ހެދުމަށް އެހީތެރިވެދިނުން.
  7. ސްކޫލުގައި ތަޢުލީމު ޙާޞިލްކުރަމުންދާ "ވަލްނަރަބްލް" ދަރިވަރުންގެ ޙާލަތު ވަޒަންކޮށް އެފަދަ ކުދިންނަށް އެހީތެރިވެދެވޭނެ އިންތިޒާމެއް ކުލާސް ޓީޗަރާއި ސްކޫލުގެ ވެރިންގެ މަޝްވަރާއާރި އެކު ހަމަޖައްސައި އެފަދަ ދަރިވަރުންގެ މަޢުލޫމާތު ބެލެހެއްޓުން.
  8. ސްކޫލްތަކުގެ ކައުންސިލަރުންނާއެކު ބާއްވާ ކޭސް މެނޭޖްމަންޓު، ޕްރޮފެޝަނަލް ޑިވެލޮޕްމަންޓު އަދި ސުޕަވިޒަން ސެޝަންތަކާއި ފޯން ކޮންފަރެންސްތަކުގައި މިނިސްޓްރީން ކަނޑައަޅާ އުޞޫލެއްގެ މަތިން ބައިވެރިވެ، ސްކޫލުގެ ކޭސްތައް ދަރިވަރުންގެ ސިއްރު ހިފެހެއްޓޭގޮތަށް ހިއްސާކުރުން.
  9. ކައުންސެލިން ހިދުމަތަށް އަންނަ ދަރިވަރުންގެ ލިޔެކިޔުންތައް ބެލެހެއްޓުމާއި، ކޭސްތަކުގެ ރަޖިސްޓްރީ ހަދައި ބެލެހެއްޓުމާއި، ކޭސް ފައިލް ހެދުމާއި، ސެޝަންތައް ކުރިއަށް ގެންދާނެގޮތުގެ ސެޝަން ޕްލޭން ހެދުމާއި، ކޮންމެ ސެޝަނެއް ފުރިހަމަކުރުމަށްފަހު ސެޝަން ނޯޓް ލިޔެ ފައިލްކުރުން.
  10. މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ތައްޔާރުކޮށްފައިވާ "ބަރާބަރު" ސްކޫލު އިންޑިކޭޓާރސްގައި ހިމެނޭ ހެލްތު އެންޑް ސޭފްޓީ ޑައިމެންޝަން ސްކޫލުގައި ފުރިހަމަކުރުމަށް ސްކޫލުގެ ވެރިންނާއި ގުޅިގެން މަސައްކަތްކުރުމާއި، ދަރިވަރުންގެ ރައްކާތެރިކަމަށް ބެލެނިވެރިންނާ ޓީޗަރުންނާ ގުޅިގެން މަސައްކަތްކުރުން.
  11. ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަން ތަރައްޤީކުރުމަށް، ސްކޫލުގެ ވެރިންނާއި މަޝްވަރާކޮށްގެން ސްކޫލު ފެންވަރުގައި ދަރިވަރުންނާއި ބެލެނިވެރިންނަށް ޕްރޮގްރާމްތައް ރާވައި ހިންގާ ބެލެހެއްޓުމާއި ސްކޫލުގެ މާޙައުލަކީ ދަރިވަރުންނަށާއި ސްކޫލުގެ މުވައްޒަފުންނަށް ނަފްސާނީގޮތުން ރައްކާތެރި މާޙައުލެއްކަން ކަށަވަރުކުރަން ސްކޫލުގެ ވެރިންނާއި ގުޅިގެން މަސައްކަތްކުރުން.
  12. ކޮންމެ އަހަރަކު ސްކޫލުން ދަރިވަރުންގެ ރައްކާތެރިކަމަށާއި ނަފްސާނީ ދުޅަހެޔޮކަމަށް ތާވަލުކޮށްގެން ހިންގާ ހަރަކާތްތަކުގެ ތާވަލު ކޮންމެ އަހަރެއްގެ ތަޢުލީމީ އަހަރު ފެށުމާއެކު މިނިސްޓްރީއަށް ހިއްސާކުރުމާއި، ކޮންމެ އަހަރަކު ސްކޫލުން ހިންގާ މިފަދަ ހަރަކާތްތަކާއި ޕްރޮގްރާމްތަކުގެ ރިޕޯޓު ތައްޔާރުކޮށް 10 ޑިސެމްބަރުގެ ކުރިން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްކޫލު ހެލްތު އެންޑް ސޭފްޓީ ސެކްޝަނަށް ފޮނުވުން.

 މަޤާމުގެ ޝަރުތުތައް:

1. ކައުންސެލިންގ / ސައިކޮލޮޖީ ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ގުޅޭ ވަޒީފާގެ ދާއިރާތައް:.

  1. ކައުންސިލިންގ

ތައުލީމީ ރޮނގުތައް:

1. ކައުންސިލިންގ

2. ސައިކޮލަޖީ

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް.)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 .6    ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހ. ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  10 ޖުލައި 2019 ވާ ބުދަ ދުވަހުގެ 13:30ގެ ކުރިން، ގުރައިދޫ ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

ހ. މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އަދި އިންޓަވިޔުއޮންނާނެ ތަން އިޢުލާނަށް މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަސްތެރޭގައި އެންގޭނެއެވެ.މި މަގާމަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަވިޔުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށް ވުރެ ގިނަނަމަ ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކާއި އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި ސްކޫލްގެ ނަންބަރު 6640574 ފޯނަށް ގުޅުއްވުން އެދެމެވެ.

 

29 ޝައްވާލް 1440

02 ޖުލައި 2019

02 ޖުލައި 2019
ހޯދާ