މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ

މަޤާމް:                ޑިރެކްޓަރ

މާޤާމުގެ ނަންބަރު:          J-232129

ބޭނުންވާ އަދަދު:           1 (އެކެއް)

މަޤާމުގެ ގިންތި:           ދާއިމީ

މަޤާމުގެ ރޭންކް:           އީ.އެކްސް. 1

މާޤާމުގެ ކްލެސިފިކޭޝަން:     ޓެކްނިކަލް ޑިރެކްޓަރ

ސެކްޝަން :            ފައިނޭންސް އެންޑް ފެސިލިޓީސް ސެކްޝަން / މޯލްޑިވްސް ޕޮލިޓެކްނިކް

ވަޒީފާއޮތް އޮފީސް:         މޯލްޑިވްސް ޕޮލިޓެކްނިކް

ވަޒީފާ އަދާކުރަންޖެހޭ ތަން:    މޯލްޑިވްސް ޕޮލިޓެކްނިކް

މަޤާމުގެ މުސާރަ:          8835.00 ރުފިޔާ

ސަރވިސް އެލަވަންސް:      2000.00 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް:    1100.00 ރުފިޔާ

އިތުރު އިނާޔަތްތައް:         1- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

                    2- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

                    3-  ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

                    4- ޓެކްނިކަލް ކޯ އެލަވަންސް ހަމަޖެހޭނަމަ އަސާސީ މުސާރައިގެ %28.

                    

މަޤާމުގެ މައިގަޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

-          މޯލްޑިވްސް ޕޮލިޓެކްނިކްގެ އަހަރީ ބަޖެޓް އޮފީހުގެ ވެރިންގެ މަޝްވަރާއާއިއެކު ކަމާއި ގުޅޭ އިދާރާތަކުގެ އިރުޝާދުތަކާއި އެއްގޮތަށް ކަނޑައެޅޭ ސުންގަނޑީގެ ކުރިން ފުރިހަމަކޮށް ނިންމުން.

-          މާލިއްޔަތުޤާނޫނާއި ގަވައިދުތަކާއި އެއްގޮތަށް ފައިސާއާއި ބެހޭ އެންމެހާ ލިޔެކިޔުންތަށް ރައްކާތެރިކަމާއިއެކު ބެލެހެއްޓުން.

-          މޯލްޑިވްސް ޕޮލިޓެކްނިކުން ހޯދާޙިދުމަތް ތަކުގެ ބިލްތައް މާލިއްޔަތު ގާނޫނާއި އަދި ގަވައިދުތަކާއި އެއްގޮތައް އަދާކުރުން.

-          މޯލްޑިވްސް ޕޮލިޓެކްނިކްގައި ކިޔަވައި ދިނުމަށް ބޭނުންވާ ތަކެއްޗާއި އޮފީސް ހިންގުމަށް ބޭނުންވާ ތަކެތި ޙިދުމަތަށް ބުރޫ ނާރަނެ ގޮތަށް ހޯދުން.

-          މޯލްޑިވްސް ޕޮލިޓެކްނިކްގެ މަރާމާތު ކުރުމުގެ މަސައްކަތުގެ ތެރެއިން ބަޖެޓާއި ގުޅުން ހުރި ހަރަކާތްތައް އަވަސް ގޮތަކަށްކުރުމަށް އިސްކަންދިނުން.

-          މޯލްޑިވްސް ޕޮލިޓެކްނިކަށް ހޯދޭ ތަކެތި ހޯދޭނީ މާލިއްޔަތު ގާނޫނު އަދި ގަވާއިދުތަކާއި އެއްގޮތަށްތޯ ކަށަވަރުކުރުން.

-          މޯލްޑިވްސް ޕޮލިޓެކްނިކަށް ބޭނުންވާ މެޝިނަރީސް، ކޮންޒިއުމަބަލް ފަދަ ތަކެތި ހޯދުމުގައި މާލިއްޔަތު ޤާނޫނާއި ގަވައިދުތަކާއި އެއްގޮތަށް ކިޔަވައި ދިނުމަށް ބުރޫ ނާރާ ގޮތަށް ހޯދައިދިނުން.

-          ބަޖެޓާއި ގުޅުންހުރި ޙިދުމަތްތައް ހޯދުމުގައި އެހެނިހެން އިދާރާތަކުގެ ހުއްދަ ހޯދަން ޖެހޭތިވެ، އެފަދަ ހުއްދަ ހޯދެއްވުމުގައި ކަމާ ގުޅުންހުރި ފަރާތްތަކާއި ގުޅުއްވައިގެން ޙިދުމަތް އަވަސް ކުރުން.

-          ދަޢުލަތަށްލިބޭ އާމްދަނީ މާލިއްޔަތު ގާނޫނާއި ގަވައިދުތަކާއި އަދި ގުޅުންހުރި އިދާރާތަކުގެ ސާކިއުލާރ ތަކާއި އެންގުންތަކާއި އެއްގޮތަށް ޖަމާކުރުން.

-          ސެކްޝަންގެ މުވައްޒަފުންނާއި ހަވާލުކުރަންޖެހޭ މަސައްކަތްތައް ހަވާލުކުރުމާއި، ކަނޑައެޅޭ ޝެޑިއުލް އާއި އެއްގޮތައް މަސައްކަތްކުރިއަށްދޭތޯ ޗެކްކޮށް ކަށަވަރުކުރުން.

-          ސެކްޝަންގެ މުވައްޒަފުންގެ ތެރެއިން މަސައްކަތަށް ފަރުވާ ކުޑަކުރާ މުވައްޒަފުންނަށް ސިވިލް ސާރވިސްގެ އުސޫލުތަކާއި އެއްގޮތަށް ފިޔަވަޅުއެޅުން.

-          އޮފީހުގެ އެހެނިހެންސެކްޝަން ތަކަށް ހޯދަންޖެހޭ އެހީތެރިކަން ވަގުތަށް ފޯރުކޮށްދިނުން.

-          ބަޖެޓާއި ގުލޭ ރިޕޯޓްތަކާއި މޯލްޑިވްސް ޕޮލިޓެކްނިކަށް ލިބޭ އާމްދަނީ ރިޕޯޓްތައް ގުޅުންހުރި އިދާރާތަކުން އަންގާ ގޮތެއްގެ މަތިން އެ އިދާރާތަކަށް ލަސްނުކޮށް ފޮނުވުން.

-          މޯލްޑިވްސް ޕޮލިޓެކްނިކްގެ ވެރިންނާއި މުވައްޒަފަކުން ކުރާ ދަތުރުތަކަށް ކަނޑައަޅާ ޝެޑިއުލްތަކާއި އެއްގޮތަށް އިންތިޒާމްކޮށް، ދަތުރު ރިޕޯޓްތައް އެފަރާތްތަކުން ހޯދޭކަން ކަށަވަރުކުރުން.

-          މޯލްޑިވްސް ޕޮލިޓެކްނިކްގެ ތިޖޫރީ ބެލެހެއްޓުންމުގެ އިންތިޒާމް ހަމަޖައްސައި، ތިޖޫރީ ބަލަހައްޓަމުންދަނީ ރަނގަޅައްތޯ ކަށަވަރުކުރުން.

-          އޮފީހަށްބޭންވާ ޙިދުމަތްތަށް ހޯދުމުގެ އިންތިޒާމްތަށް ހަމަޖައްސުމާއި، އެފައިސާ ޙަރަދު ކުރެވޭނީ މާލިއްޔަތު ގާނޫނާއި ގަވައިދުތަކާއި އެއްގޮތަށްތޯ ކަށަވަރުކުރުން.

-          މުވައްޒަފުންގެ މުސާރައާއި ނަގުދު ފައިސާ ހޯދުމުގެ އިންތިޒާމް ހަމަޖެއްސުމާއި، އެފައިސާ ޙަރަދު ކުރެވެނީ މާލިއްޔަތު ގާނޫނާއި ގަވާއިދުތަކާއި އެއްގޮތަށްތޯ ކަށަވަރުކުރުން.

-          އޮފީހަށް ބޭނުންވާ ޙިދުމަތްތަށް ހޯދުމުގެ އިންތިޒާމްތަށް ހަމަޖެއްސުމާއި، ޙިދުމަތްތަކުގެބިލް ޙިދުމަތްތަކަށް ބުރޫނާރާގޮތަށް އަދާކުރވޭކަން ކަށަވަރުކުރުން.

-          އޮފީހުގެ ވެރިން އަންގާ ރަސްމީ މަސައްކަތް ކުރުން.

 

މާޤާމުގެ ޝަރުޠުތައް:

  1. ފައިނޭންސް ނުވަތަ އެކައުންޓިންގ ދާއިރާއިން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ފައިނޭންސް ނުވަތަ އެކައުންޓިންގ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. 

ނުވަތަ،

  1. ފައިނޭންސް ނުވަތަ އެކައުންޓިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު،ފައިނޭންސް ނުވަތަ އެކައުންޓިންގ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

1-      ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ކައުންޓަރުން ލިބެންހުންނާނެއެވެ.

2-      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު  (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3-      ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4-      ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5-      ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6-      ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

7-      ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ އެ ސެޓްފިކެޓްގެ ކޮޕީ.

8-      މަސައްކަތުގެ ތަޖުރިބާ ގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. ޙާސިލްކޮށްފައިވާ ތައުލީމަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލްކަން ކަށްވަރުކުރުމަށް ކުރާ އިންޓަރވިއު/ޕްރެޒެންޓޭޝަން/ޕްރެކްޓިކަލްސްއިން.

ރ. މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ތަމްރީނަށް ބަލައިގެން.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑީ

   މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 ޖުލައި 2019 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، މޯލްޑިވްސް ޕޮލިޓެކްނިކް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަތުމުގެ މުއްދަތު އިތުރުވާނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވާ އިންޓަވިއު އޮންނާނީ 2019 ޖުލައި 11 - 25އާ ދެމެދު މޯލްޑިވްސް ޕޮލިޓެކްނިކް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލައްވާ ބޭފުޅުން، އެތާރީޚުގައި އިންޓަވިއު އަށް ހާޒިރުވެވަޑައިގަތުމަށް ތައްޔާރުވެވަޑައިގެން ތިއްބެވުން އެދެމެވެ.

 

ޝޯޓު ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން މާރކްސް ލިބޭ ފަރާތްތައް ޝޯޓުލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެދައްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

-     55%

އިތުރުމަޢުލޫމާތު:

މި ވަޒީފާއާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާ ބޭފުޅުން މޯލްޑިވްސް ޕޮލިޓެކްނިކްގެ ނަންބަރު 3305414 ފޯނަށް ގުޅުއްވުން އެދެމެވެ. އަދި އީ-މެއިލް ކުރާނީ  [email protected]  އަށެވެ.

 

29 ޝައްވާލު 1440

02 ޖުލައި 2019

02 ޖުލައި 2019
ހޯދާ