ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެރިފަރާތްހޯދުން.

ފުވައްމުލަކު އިންޖީނުގެ ބަދަލުކުރުމަށް ދޫނޑިގަމުން ކަނޑައަޅާފައިވާ ދަށިއަޑިއެ މަގާއި އިންވެގެން ބޯޓުޔާޑު ބިމުގެ އުތުރުން އޫރީދޫ ބިމާއި އިންވެގެން އޮތް 80,000 އަކަފޫޓްގެ ސަރަޙައްދުގައި ނަމްބަރ ޖަހާފައިވާ ތިރީގައި މިދަންނަވާ ތަކެތީގެ ވެރިފަރާތް ހޯދުމަށް ބޭނުންވެއެވެ.

  • 01 އިން 44 އަށް އަދި 46 އިން 83 އަށް ނަމްބަރ ޖަހާފައިވާ ދިވެހި ރުއްތައް
  • ނަމްބަރ 45 ޖަހާފައިވާ ޖާފާނު ރުއް
  • ނަމްބަރ 84 ޖަހާފައިވާ ނިކަގަސް
  • 85 އިން 127 އަށް ނަމްބަރ ޖަހާފައިވާ ފުނަގަސްތައް

ވީމާ، މިރުއްގަސްތަކުގެ ވެރިފަރާތެއް ވާނަމަ 10 ޖުލައި 2019 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ލިއުމަކާއެކު ރުއްގަސްތައް ރަޖިސްޓްރީ ކޮށްފައިވާކަމުގެ ލިޔުމުގެ ކޮޕީއެއް ނުވަތަ މިލްކުވެރިކަން އަންގައިދޭ ލިޔުމުގެ ކޮޕީއެއް ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ އާންމު ޙިދުމަތްތަކާއި ބެހޭބަޔަށް ހުށަހެޅުއްވުން އެދެމެވެ. 

02 ޖުލައި 2019
ހޯދާ