ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނައިފަރު ލޯކަލް މާރުކޭޓް ގޮޅިތައް ކުއްޔަށް ދޫކުރުން (3 ވަނަ ފަހަރަށް ކުރެވޭ އިއުލާން)

ނައިފަރު ލޯކަލް މާރުކޭޓް ގޮޅިތައް ކުއްޔަށް ހިފުމަށް ކުރެވުނު (IUL)327-C/327/2019/107ނަމްބަރު އިއުލާނާއި ބަލައިގަނެފައިވާ ބިޑް ފޯމްތައް ބާތިލްކޮށް އަލުން މި ގޮޅިތައް ކުއްޔަށް ދޫކުރުމަށް ހުޅުވާލަމެވެ. ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން ނައިފަރު ކައުންސިލްގެ އިދާރާއަށް ޙާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މި ގޮޅިތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 3 އަހަރު ދުވަހުގެ މުއްދަތަށެވެ.

 

މަޢުލޫމާތު ފޯމް ވިއްކުން

1 ޖުލައި 2019 އިން ފެށިގެން 7 ޖުލައި 2019 ގެ ނިޔަލަށް ކޮންމެ ދުވަހެއްގެ 9:00 އިން 12:00 އަށް ބިޑް ޑޮކިއުމެންޓްސް ނައިފަރު ކައުންސިލްގެ އިދާރާއިން ގަންނަން ލިބޭނެއެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 50.00 ރުފިޔާއެވެ.

 

މައުލޫމާތު ދިނުމަށް ބާއްވާ ޕްރީ ބިޑް މީޓިންގް

ނައިފަރު ލޯކަލް މާރުކޭޓްގެ ގޮޅިތައް ކުއްޔަށް ދޫކުރުމަށް ބާއްވާ ޕްރީ ބިޑް މީޓިންގް އޮންނާނީ 8 ޖުލައި 2019 ވަނަ ދުވަހުގެ 13:00 ގައި ނައިފަރު ކައުންސިލްގެ އިދާރާގައެވެ. ޕްރީ ބިޑް މީޓިންގް އަށް ވަޑައިގަންނަވާއިރު ބިޑް ޑޮކިޔުމެންޓްސް ގެންނަވަން ވާނެއެވެ. ޕްރީބިޑް މީޓިންގްއަށް ޙާޟިރުނުވާ ފަރާތްތަކަށްވެސް ބިޑް ޑޮކިއުމެންޓް ބައްލަވައިގަނެފައިވާނަމަ ބިޑް އޯޕަން މީޓިންގައި ބައިވެރިވެވޭނެއެވެ.

 

ބިޑް އޯޕަން މީޓިންގް

ނައިފަރު ލޯކަލް މާރުކޭޓް ގޮޅިތައް ކުއްޔަށް ދޫކުރުމަށްޓަކައި ބާއްވާ ބިޑް އޯޕަން މީޓިންގް އޮންނާނީ 21 ޖުލައި 2019 ވަނަ ދުވަހުގެ   13:00 ގައި ނައިފަރު ކައުންސިލްގެ އިދާރާގައެވެ. ބިޑް ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ.

 

އިތުރު މަޢުލޫމާތު

ބިޑްގަތުމަށް ޙާޟިރުވުމަށް ޢުޒުރުވެރިވާ ފަރާތްތަކުން ބަދަލުގައި މީހަކު ފޮނުވައިގެން ބިޑް ގަނެވޭނެއެވެ. ބިޑް ހުށަހެޅޭނީ ބިޑްގަނެފައިވާ މީހާގެ/ފަރާތުގެ ނަމުގައެވެ.

30 ޖޫން 2019
ހޯދާ