މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

   

                                                        ނަންބަރ:  107/MTCC-HRAD/IU/2019   

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

                މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

އިންޓާނަލް އޮޑިޓް ޑިޕާރޓްމަންޓަށް ބޭނުންވާ މަޤާމްތައް:

މަޤާމް:

އޮޑިޓަރ

ބޭނުންވާ އަދަދު:           

01

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)

މުސާރަ:        

ދެފަރާތް އެއްބަސްބާގޮތުގެ މަތީން.

އެހެނިހެން އެލަވަންސް/އިނާޔަތް : 

  • ހަމަޖެހިފައިވާ އުޞޫލުގެ މަތީން އިތުރުގަޑީގެ ފައިސާ / ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

ވަޒިފާ އަދާކުރަންޖެހޭ ތަން:

އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓް / ހ. ސޯމިލް

ޝަރުޠު                 

  • ޑިގްރީ އިން އެކައުންޓިންގ, އޮޑިޓިންގ ނުވަތަ އޭސީސީއޭ ފުރިހަމަކޮށްފައިވުން ނުވަތަ މިދާއިރާއާއިގުޅޭ ފެންވަރުގެ ސަނަދެއް ލިބިފައިވުމާއި އެކު މި މަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތްކޮށްފައިވާކަމުގެ ލިޔުމެއްއޮތުން.
  • އެކައުންޓިންގެ އުސޫލުތަކާއި މިންގަނޑުތަކާއި ފައިނޭންޝަލް މެނޭޖްމަންޓް ގެ މައުލޫމާތު ލިބިފައިވުމާއިއެކު އެފަދަ ނިޒާމްތަށް ދިރާސާކުރުމުގެ ޤާބިލިއްޔަތާއި ހުނަރު ލިބިފައިވުން.
  • އިގިރޭސި އަދި ދިވެހި ބަހުން ފުރިހަމައަށް މުއާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
  • މައިކްރޮސޮފްޓް އެކްސެލް (އެޑްވާންސް) އަދި އޮފިސް ޕެކޭޖްތަކަށް ފަރިތަވުން.
  • މަލްޓި ޓާސްކިންގ ކުރުމުގެ ހުނަރު އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
  • މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ސިއްޙަތު ރަގަޅު މީހަކު ކަމުގައިވުން.  

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • އިންޓާނަލް އޮޑިޓްގެ އެންމެހައި މަސައްކަތްތައް ކުރުމާއި އެކަމާގުޅިގެން ކުރަންޖެހޭ ދިރާސާތަކާއި ފޮލިސީތައް ދެމެހެއްޓުމައްޓަކައި ނަގަންޖެހޭ ފިޔަވަޅުތަކުގެ ރިޕޯޓްތައް ތައްޔާރުކުރުން. އަދި އެންމެހައި ލިޔެކިޔުންތައް ތައްޔާރުކޮށް ބެލެހެއްޓުން.

އިންޓަރވިއު:

  • މަގާމަށް ޝޯޓްލިސްޓް ކުރެވޭ ފަރާއިތަކާއި އިންޓަރވިއު ކުރުން 07 ޖުލައި އިން 11 ޖުލައި 2019 އާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ.

 

 

ކޮންސްޓްރަކްޝަން އެންޑް ޕޮރޮޖެކްޓްސް މެނޭޖްމަންޓް ޑިޕާރޓްމަންޓަށް ބޭނުންވާ މަޤާމްތައް:

މަޤާމް:

އެސިސްޓެންޓް ސަރވެއިންގ އޮފިސަރ  

ބޭނުންވާ އަދަދު:           

01

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު

މުސާރައާއި ޢިނާޔަތްތައް:

  • -/9100ރ (މަހަކު)
    • އިތުރު ގަޑީގައި މަސައްކަތް ކޮށްފިނަމަ ކުންފުނީގެ އިތުރުގަޑީގައި ޕޮލިސީގައި ބަޔާންކުރާ ފަދައިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
    • ސްޓާފް މެޑިކަލް އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.
    • ހަމަޖެހިފައިވާ އުޞޫލުގެ މަތީން ރިޓަޔަރމަންޓް ޕެންޝަން ސްކީމް ލިބިދެވޭނެއެވެ.

ވަޒިފާ އަދާކުރަންޖެހޭ ތަން:

އެމްޓީސީ ޓަވަރ/ އެމްޓީސީސީ ސައިޓް ތަކުގައި

ޝަރުޠު                 

  • ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ މަދުވެގެން 4 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑަށްވުރެ މަތިން ލިބިފައިވުން.
    • މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރެވޭނެ ސިއްޚަތު ރަގަޅު މީހަކު ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • ކޮންސްޓްރަކްޝަން ޕްރޮޖެކްޓްސް ހިންގުމުގެ މަސައްކަތަށް ބޭނުންވާ ސަރވެއިންގ ގެ މަސައްކަތަކުގައި  ޕްރޮޖެކްޓް ސައިޓްތަކުގައި އަމަލީ ގޮތުން ބައިވެރިވެ މި މަސައްކަތްކުރުން.
  • ޑިޕާޓްމަންޓްގެ ސަރވޭއިން ޔުނިޓްގައި ދުވަހުންދުވަހަށް ނިންމަންޖެހޭ ކަންތައްތަކުގައި އެހީތެރިވުން.
  • ސަރވޭ ލޮގް ރެކޯޑްސް ބެލެހެއްޓުމާއި ރިޕޯޓްކުރުން.  

އިންޓަރވިއު:

  • މަގާމަށް ޝޯޓްލިސްޓް ކުރެވޭ ފަރާއިތަކާއި އިންޓަރވިއު ކުރުން 07 ޖުލައި އިން 11 ޖުލައި 2019 އާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ.

ލޮޖިސްޓިކަލް އޮޕަރޭޝަންސް ޑިޕާރޓްމަންޓަށް ބޭނުންވާ މަޤާމްތައް:

މަޤާމް:

 ކުރޫ (ޑޮމެސްޓިކް ޓަގް)

ބޭނުންވާ އަދަދު:           

01

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)

މުސާރައާއި ޢިނާޔަތްތައް:

  •  9000-10000/-އާއި ދެމެދު.
  • ހުރުމާއި ކެއުން ޓަގުގައި ހަމަޖެހިގެން ދާނެއެވެ.
  • ސްޓާފް މެޑިކަލް އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.
  • ހަމަޖެހިފައިވާ އުޞޫލުގެ މަތީން ރިޓަޔަރމަންޓް ޕެންޝަން ސްކީމް ލިބިދެވޭނެއެވެ.

ވަޒިފާ އަދާކުރަންޖެހޭ ތަން:

ޑޮމެސްޓިކް ޓަގުގައި

ޝަރުޠު                 

  • އަސާސީ ތައުލީމު ފެންވަރު
  • މި މަސއްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތްކަށް އިސްކަންދެވޭނެ.  މަސައްކަތުގައި ގިނަވަގުތު އުޅެވޭ ފަތަންދަންނަ މީހަކު ކަމުގައިވުން.
  • މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • ޑޮމެސްޓިކް ޓަގުގައި ފަޅުވެރިއެއްގެ ގޮތުގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ޓަގް އޮޕަރޭޓަރ އަންގާ ގޮތުގެމަތިން ކުރުން

އިންޓަރވިއު:

  • މަގާމަށް ޝޯޓްލިސްޓް ކުރެވޭ ފަރާއިތަކާއި އިންޓަރވިއު ކުރުން 07 ޖުލައި އިން 11 ޖުލައި 2019 އާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ.

މަޤާމް:

އޮޕަރޭޓަރ (ޑޮމެސްޓިކް ޓަގް)

ބޭނުންވާ އަދަދު:           

01

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު

އަސާސީ މުސާރަ:

-/5500ރ (މަހަކު)

ސަރވިސް އެލަވަންސް:      

-/1000ރ (މަހަކު)

ފިކްސްޑް އެލަވަންސް:            

-/1100ރ (މަހަކު)

ޓްރިޕް އެލަވަންސް:

-/100ރ (ދަތުރުމަތީގައިވާ ދުވަސްތަކުގައި /ދުވާލަކު)

ފުޑް އެލަވަންސް:

-/75ރ (ދަތުރުމަތީގައިވާ ދުވަސްތަކުގައި /ދުވާލަކު)

އެހެނިހެން އެލަވަންސް/އިނާޔަތް: 

ހަމަޖެހިފައިވާ އުޞޫލުގެ މަތީން އިތުރުގަޑީގެ ފައިސާ / ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

ޝަރުޠު                 

  • ޓަގު ފަހަރު ދުއްވުމުގެ ލައިސަންސް ލިބިފައިވުން ނުވަތަ ތަޖުރިބާ ލިބިފައިވުން. (ލައިސަންސް C, D, E, F ކެޓަގަރީ)
  •  ކަނޑުމަތީ މަސައްކަތުގައި ގިނަވަގުތު އުޅެވޭ ފަތަންދަންނަ މީހަކު ކަމުގައިވުން.
  • އޮޕަރޭޓަރ މަސައްކަތުގައި ތަޖުރިބާލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
  • ކަސްޓަމަރުންނަށް އިހުތިރާމާއިއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.
  • މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • ކުންފުނީގެ ކަނޑައަޅާ އުޅަނދެއްގެ އިސް މީހެއްގެ ގޮތުގެ ޒިންމާނަގައި، ކުންފުނިން އަންގާ ޝެޑިއުލާއި އެއްގޮތަށް ފަޅުވެރިންނާއި، މުދަލާއި އުޅަދުގެ ސަލާމަތްތެރިކަމާއި އެކު ދަތުރުކުރުން.

އިންޓަރވިއު:

  • މަގާމަށް ޝޯޓްލިސްޓް ކުރެވޭ ފަރާއިތަކާއި އިންޓަރވިއު ކުރުން 07 ޖުލައި އިން 11 ޖުލައި 2019 އާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ.
     

 

ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 07 ޖުލައި 2019 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑް އޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯރމް" ފުރިހަމަކުރެއްވުމަށްފަހު، ފޯރމާއިއެކު ލިބިވަޑައިގެންފައިވާ ތަޢުލީމީ ސަނަދުތަކުގެ އަސްލާއި އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯރޓް ސައިޒްގެ ފޮޓޯއެއް ހުށައެޅުއްވުން އެދެމެވެ. މިތަކެތި އީމެއިލް އިންވެސް ޤަބޫލު ކުރެވޭނެއެވެ. މި ފޯރމް ކުންފުނީގެ ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާރޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓްއިން މި ފޯރމް ޑައުންލޯޑް ކުރެވޭނެއެވެ.

ވެބްސައިޓް:  http://mtcc.com.mv/job-opening

ފޯން: 3001100/ 3001149 / 3001139 

އީމެއިލް: [email protected]         

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.)
  • މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.
  • އިންޓަވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  •  އަދި މައުލޫމާތު ފުރިހަމަ ނުވާ ފޯމުތައް ބަލައި ނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
  •  ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.

26 ޖޫން 2019

 

30 ޖޫން 2019
ހޯދާ