ވާދޫ ސްކޫލް، ރ. ވާދޫ
ދިވެހިރާއްޖެ
ރިލީފް ޓީޗަރ ( ޕްރައިމަރީ )

 

މަޤާމް: ރިލީފް ޓީޗަރ  (ޕްރައިމަރީ)

އޮފީސް:  ރ.ވާދޫ ސްކޫލް

ސެކްޝަން: އެކަޑެމިކް ސެކްޝަން

ބޭނުންވާ ޢަދަދު: 1

ކިޔަވައިދެއްވާ ގްރޭޑް: ގްރޭޑް 1 ން 7 ގެ ކްލާސްތަކަށް

މުއްދަތު: 2019 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ނިޔަލަށް

މަޤާމް

ޝަރުތު

މަޤާމުގެ އަސާސީ މުސާރަ

ސާރވިސް އެލަވަންސް

 

 

ރިލީފް ޓީޗަރ

 

ސާނަވީ ތަޢުލީމް ހާސިލްކޮށްފައިވުން

4500.00

1500.00

މަތީސާނަވީ ތަޢުލީމް ހާސިލްކޮށްފައިވުން

 

5500.00

1500.00

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާޞިލްކޮށްފައިވުން

6090.00

2500.00

މަޤާމުގެ މަސްޢޫލިއްޔަތާއި ވާޖިބުތަކުގެ ޚުލާސާ:

  • ކަނޑައެޅިފައިވާ މުޤައްރަރާ އެއްގޮތަށް ކިޔަވައިދިނުން
  • ދަރިވަރުންނަށް އަމާޒުކޮށްގެން އިތުރު ޙަރަކާތްތައް ރާވައި ހިންގުން
  • ހެޔޮގޮތުގައި ކުދިން ތަރުބިއްޔަތު ކުރުން
  • ދަރިވަރުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮ ކަމަށްޓަކައި މަސައްކަތް ކުރުން.
  • ދަރިވަރުންގެ އުޅުމާއަޚުލާގު ގައުމީމަންޙަޖާ، ދިވެހިސަގާފަތާ ސްކޫލުގެ އަމާޒާ ތަސައްވަރުގައި ބަޔާކޮށްފައިވާގޮތައް ހޭނުވުން

ހުށައަޅަންޖެހޭ މަޢުލޫމާތު

  • ވަޒީފާއަށް އެދޭފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ ފަދަ (މުއްދަތު ހަމަނުވާ) ކޮޕީއަކާއި ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ) (ގުޅޭނެ ފޯން ނަމްބަރާއިއެކު)
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ފޯމް ފުރިހަމަކުރުމަށްފަހުގައި)

އިތުރު މަޢުލޫމާތު

  • މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6580362 މިނަންބަރު ފޯނާއެވެ.
  • ވަޒީފާއަށް އެދި ހުށައަޅާ ފޯމާއިއެކު ވަޒީފާއަށް އެދި ހުށައަޅަންޖެހޭ ލިޔުންތައް ފުރިހަމަވެފައި ނުވާނަމަ އެފޯމް ބާޠިލްކުރެވޭނެއެވެ.
  • މިމަޤާމަށް އިންޓަރވިއު ކުރުމަށް ޝޯޓްލިސްޓް ކުރެވޭނީ މަޤާމަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އެންމެގިނަ ޕޮއިންޓް ލިބުނު ފަރާތްތަކުގެ ތެރެއިން މިއޮފީހުން ކަނޑައަޅާ ޢަދަދެއްގެ ފަރާތްތަކެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވުނުކަން އަންގާނީ ޝޯޓްލިސްޓު ކުރެވުނު ފަރާތްތަކަށް އެކަންޏެވެ.
  • މިމަޤާމަށް ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން ހޮވޭ ބޭފުޅުންގެ މަޤާމް ހަމަޖައްސާނީ ތިރީގައިމިވާ ކަންތައްތަކަށް ބަލައިގެންނެވެ.
  1. ތަޢުލީމާއި ތަމްރީން
  2. މަސައްކަތުގެ ތަޖުރިބާ
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް
  • މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިއޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އެހެނިހެން އުޖޫރައާއި ޢިނާޔަތްތައް

  • ކަނޑައެޅިފައިވާ ގޮތުގެމަތީން އިތުރުގަޑީގެ ފައިސާ ލިބިވަޑައިގަންނަވާނެއެވެ.

ސުންގަޑި

  • މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން 2019 ޖުލައި 08 ވާ ހޯމަ ދުވަހުގެ އޮފީސްބަންދުވުމުގެ ކުރިން މިސްކޫލަށް ފޯމް ހުށައެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދި ހުށައަޅާ ފޯމާއިއެކު ވަޒީފާއަށް އެދި ހުށައަޅަންޖެހޭ ލިޔުންތައް ފުރިހަމަވެފައި ނުވާނަމަ އެފޯމް ބާޠިލްކުރެވޭނެއެވެ. 

އިންޓަރވިއު ކުރެވޭނެ ތަނާއި ތާރީޚް

  • ވަޒީފާއަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކާއި އިންޓަރވިއުކުރުން އޮންނާނީ ވާދޫ ސްކޫލުގައެވެ. އިންޓަވިއު އޮންނާނެ ތާރީޚާއި  ގަޑި ފަހުން އެންގޭނެއެވެ. އިންޓަވިއުއަށް ހާޟިރުވެލައްވާއިރު ހުށައަޅުއްވާ ޑޮކިޔުމަންޓްތަކުގެ އަސްލު ގެންނެވުމަށް ސަމާލުކަން ދެއްވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

30 ޖޫން 2019
ހޯދާ