ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
ސާންސްކުރިތު ދަސްކޮށްދިނުމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު

                                                                                               ނަންބަރު: (IUL)430-DBA-B/345/2019/1 

 

  އިޢުލާން

ދިވެހިބަހުގެ އެކެޑަމީން  ސާންސްކުރިތު ދަސްކޮށްދިނުމަށް ފަށާ ކޯހެއް މި އަހަރުގެ  ޖުލައި މަހު ފެށުމަށްވަނީ ހަމަޖެހިފައެވެ. މި ފަދަ ކޯހެއް ކުރިއަށް ގެންދިޔުމުގެ މަޤްޞަދަކީ ސާންސްކުރިތް ބަސް ދަސްކޮށްދިނުމުގެ އިތުރުން ސާންސްކުރިތް އަދަބުގެ މުއްސަދިކަމުގެ ތެރެއިން ދިވެހި އަދަބިއްޔާތަށް އިތުރު ފަހި ކަމެއް ލިބުމަށް މަގުފަހިކޮށްދިނުމެވެ.

ކޯހުގެ މުއްދަތު:  03 މަސް ދުވަސް

ކޯސް ހިންގާނީ : ދިވެހިބަހުގެ އެކެޑަމީގައި

                  ވީމާ މި ކޯހުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން 2019 ޖުލައި 04 ވާ ބުރާސްފަތި ދުވަހުގެ   14:00 ގެ ކުރިން މި އެކެޑަމީއަށް ފޯމު ހުށައެޅުން އެދެމެވެ. ކޯހަށް އެދި ހުށަހަޅާ ފޯމު މި އެކެަމީން ލިބެންހުންނާނެއެވެ. އަދި ދިވެހިބަހުގެ އެކެޑަމީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވެން ހުންނާނެއެވެ. އަދި މި ކޯހާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯއްދުމަށް ގުޅާނީ ދިވެހިބަހުގެ އެކެޑަމީގެ ނަންބަރު 3028018 ފޯނާއެވެ.

27 ޖޫން 2019
ހޯދާ