މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އިޢުލާން

                                                           ނަންބަރު:IUL)MMPRC-PRO/1/2019/42) 

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

މި ކޯޕަރޭޝަނުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް މި ކޯޕަރޭޝަންގެ އިންޓަރނަލް އޮޑިޓުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުން ނަންބަރު: IUL)MMPRC-PRO/1/2019/41) އިޢުލާނާ ގުޅިގެން، މަޢުލޫމާތު ސާފުކުރުމަށް އެކަށީގެންވާ އަދަދަށް ބޭފުޅުން ވަޑައިގެންފައިނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.

ވީމާ،  މި މަސައްކަތްކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 2019 ޖުލައި 3 ވާ ބުދު ދުވަހުގެ ހެނދުނު 10:00 އަށް، ބޮޑުތަކުރުފާނު މަގުގައި ހުންނަ މިކޯޕަރޭޝަނަށް (ހ. ޒޮނޭރިއާ، ދެވަނަ ފަންގިފިލާއަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،  2019 ޖުލައި 10 ވާ ބުދަ ދުވަހުގެ ހެނދުނު  10:00 އަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

                         24 ޝައްވާލް 1440 ހ.

                         27 ޖޫން 2019 މ.

 

 

 

 

 

 

27 ޖޫން 2019
ހޯދާ