ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރާނެ މުވައްޒަފުން ބޭނުންވެއްޖެ.

`

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްއިދާރާ          

ހއ. އިހަވަންދޫ

ދިވެހިރާއްޖެ                        ނަމްބަރު: (IUL)248-ESMSMS/248/2019/64

   އިޢުލާނު

 

ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރާނެ މުވައްޒަފުންބޭނުންވެއްޖެ.

ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަން ސާފުކުރުމަށާއި،ކައުންސިލްގެ މުނިސިޕަލް އެހެނިހެން މަސައްކަތްތައް ކުރުމަށް ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ހޯދުމަށް ބޭނުންވެއްޖެއެވެ.

 

މަޤާމް:

މަސައްކަތު

މަޤާމް ނަމްބަރު:

-

ބޭނުންވާ ޢަދަދު :

3 ) ތިނެއް )  ފިރިހެން ބޭފުޅުން.

މަޤާމުގެ ގިންތި:

_  

މަޤާމުގެ ކްލެސިފިކޭޝަން:

މަސައްކަތު

ސެކްޝަން:

މުނިސިޕަލް ސަރވިސް ސެކްޝަން

ޚިދުމަތް ދޭންޖެހޭ އޮފީސް:  

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލް އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ވަގުތު

02 ގަޑިއިރު (މަސައްކަތް ކުރަންޖެހޭނީ ކައުންސިލްގެ އިދާރާއިން އަންގާ ގޮތެއްގެ މަތިންނެވެ.)

މުސާރަ:

މަހަކު -/2500 ރ

ސާރވިސް އެލަވަންސް:

މަހަކު -/500 ރ

އިތުރު އިނާޔަތްތައް:  

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ ޤަވާޢިދުން އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ.  

މަސައްކަތުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- ރަށުގެ ބަނދަރުގައި، ފެންމަތީ ހުންނަ ޕްލާސްޓިކް ފުޅިތަކާއި ކުނިތައް ނަގައި ސާފުކުރުން.

2- ރަށުގެ ގޮނޑުދޮށާއި ރަށުގެ ޤަބުރުސްތާނާއި އަދި އިޖްތިމާޢީ ސަރަޙައްދުތައް ސާފުކޮށް ބެލެހެއްޓުން.

3- ރަށުގެ މޫނުމަތީ ސަރަޙައްދުގައި މީހުން އިށީއިނުމަށް ހަދާފައި ހުންނަ ބުރުތަކާއި ފިނިއަށިތައް ސާފުކޮށް ބެލެހެއްޓުން.  

4- މަސްކަޑަތައް ދޮވެ ސާފުކޮށް ބަލަހައްޓާތޯ ބެލުމާއި، މަހުބޮލާއި ގޮހަރާއި އަދި ކުނިވާ ޒާތުގެ ތަކެތިއެޅުމަށް އޮންނަ އުޞޫލާއި ޚިލާފަށް އެއްވެސް ފަރާތަކުން އަމަލު ކުރާނަމަ އެކަން ވަގުތުން ހުއްޓުވުމަށް ހަމަޖެހިފައި އޮންނަ އުޞޫލުން މަސައްކަތް ކުރުން.

5- އިޖްތިމާޢީ ސަރަޙައްދު ސާފު ކުރުމުން ނެގޭ ކުންޏާއި އަދި ރަށުގެ އެކި ސަރަޙައްދުތަކުގައި ބެހެއްޓިފައިވާ ޑަސްބިން ބެހެއްޓުމަށް ހަމަޖެހިފައިވާ ތަންތަނުގައި ޑަސްބިންތައް ދުވަހުން ދުވަހަށް ނަގައި ކައުންސިލްގެ ރަށު ޕިކަޕުގައި ހަމަޖެހިފައިވާ އުޞޫލުން ކުނިގޮނޑަށް ގެންދިޔުމާއި އެތަކެތި ދޮވެ  ޑަސްބިން ބެހެއްޓުމަށް ހަމަޖެހިފައިވާ ތަންތަނުގައި ޑަސްބިންތައް ބެހެއްޓުން.  

6- ސަރުކާރާއި ރައްޔިތުންގެ ޢިމާރާތްތަކުގެ ތެރެއިން މަސައްކަތު މީހުން ހަމަޖެހިފައިނުވާ ތަންތަނުގެ ގޯތިތަކުގެ ތެރޭގައި ހުންނަ ގަސްތައް ކައުންސިލްގެ އިދާރާއިން އަންގާ ގޮތުގެ މަތިން ބެލެހެއްޓުމާއި އެފަދަ ތަންތަނުގައި ބަގީޗާ ހެއްދުމާއި އަދި އެފަދަ ގޯތިތަކާއި އިންވެގެން އޮންނަ މަގުތަކުން ސާފު ކުރަންޖެހޭ ބައި ސާފުކޮށް ބެލެހެއްޓުން  

7- ކައުންސިލްގެ ނަމުގައި ހެދިފައިވާ ޕާކުތައް ބެލެހެއްޓުމާއި އެފަދަ ތަންތަން ދިރުވާ އާލާކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމާއި މަސައްކަތު މީހުން ނެތި ބަލަހައްޓަންޖެހޭ ސަރުކާރާއި ރައްޔިތުންގެ ގޯތިތައް ރަނގަޅަން ސާފުކޮށް ބެލެހެއްޓުން.

8- ރަށުގެ މަގުތައް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ރަށުގެ އެކި ސަރަޙައްދުތަކުގައި ޤަވާޢިދާ ޚިލާފަށް ބަހައްޓަފައި ހުންނަތަކެތީގެ ކައިރީގައި ބަހައްޓަންޖެހެ ބޯޑުބެހެއްޓުމާއި ޤަވާޢިދާ ޚިލާފަށް ބަހައްޓާފައި ހުންތަކެތީގެ ކައިރީގައި ބަހައްޓަންޖެހޭ ބޯޑުބެހެއްޓުމާއި، ޤަވާޢިދާއި ޚިލާފަށް ރަށުގެ ވަލަށާއި، އެނޫން ސަރަޙައްދުތަކަށް ކުނިއަޅާ މީހުންގެ މަޢުލޫމާތުތައް ކައުންސިލްގެ އިދާރާއަށް ރިޕޯޓް ކުރުމާއި، އަދި ވަގުތީ އޮޑިހަރުގެ ތަކުގައި ކުރާ މަސައްކަތްތައް ކުރަމުންގެންދަނީ އެގްރިމެންޓާއި އެއްގޮތަށްތޯ ބަލައި، ހަމަނޫން މަގުން ކުރަމުންގެންދާ މަސައްކަތްތައް ވަގުތުން ހުއްޓުވަން މަސައްކަތް ކުރުން.

9- އެކި ރަސްމިއްޔާތާއި މުނާސަބާތައް ބޭއްވުމާއި، އަދި ސަރުކާރުގެ ޓީމުތަކާއި ދިވެހި ދައުލަތުގެ މަތީދަރަޖައިގެ ވެރިންނާއިބޭރު ޤައުމުތަކުގެ ޑިޕޮލޮމެޓިކުން ވަޑައި ގެންނެވުމަށް ހަމަޖެހުމުން އެފަދަ ކަންކަމާއި ގުޅޭގޮތުން ކައުންސިލްގެ އިދާރާއަށް އެހީތެރިވެދީ އެފަދަ މަސައްކަތްތަކުގައި ޙަރަކާތްތެރިވުން.

 10- ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއަށް ދިމަވާ ބޮޑެތި ކަންތައްތަކާއި، ޚާއްޞަގޮތެއްގައި ޙަވާލުކުރެވޭ ޢާއްމުކޮށް ދިމާނުވާ ޒާތުގެ ބޮޑަތި މަސއްކަތްތަކުގަޔާއި، ކުއްލިގޮތެއްގައި ޙަވާލުކުރެވޭ އަވަސް ކަންތައްތކުގައި ވެރިން އަންގަވާ ގޮތަށް ފަރުވާތެރިކަމާއެކު ބަރާބަރަށް އެ މަސައްކަތްތައް ކުރުން.

މަސައްކަތުގެ ޝަރުތައް:

1- އަސާސީ ތަޢުލީމް ފެންވަރު ހުރުމާއެކު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން

2- ޝަރުތު ފުރިހަމަނުވާ ފަރާތްތަކުންވެސް މި ކަމަށް އެދި ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވިފައިވެއެވެ. ނަމަވެސް ޝަރުޠު ހަމަނުވާ މީހުން ހޮވާނީ ޝަރުޠު ހަމަވާ މީހުން ނުލިބިއްޖެ ނަމަ މަސައްކަތުގެ ތަޖްރިބާއާއި އިންޓަވިއުގެ މައްޗަށް ބަލައިގެންނެވެ.

3- އުމުރުން 18 އަހަރު ނުވާ ކުއްޖަކު މިކަމަށް އެދި ހުށަހަޅާނަމަ ބެލެނިވެރިޔާގެ އިޢުތިރާޟެއް ނެތްކަމުގެ ސިޓީ އޮންނަށް ޖެހޭނެއެވެ.

މަސައްކަތަށް ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  

  • ޙާޞިލް ކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
  • މަސައްކަތު ދާއިރާއިން ލިބިފައިވާ ތަޖްރިބާއަށް ބަލައިގެން.
  • މަސައްކަތު ޤާބިލްކަން ކަށަވަރު ކުރުމަށް އިންޓަވިއުކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް:  

1- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( އެޕްލިކޭޝަން ފޯމް، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާކައުންޓަރުން ލިބެން ހުންނާނެއެވެ. )

2- ޚިދުމަތް ދިނުމަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4- އެއްބަސް ވުމެއް އޮވެގެން އެއްވެސް ތަނެއްގައި ވަޒީފާއެއް އަދާކުރާނަމަ މި މަސައްކަތަށް ވީއްލުމާއިމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒިފާ އަދާކުރާ އޮފީހެއްގެ ލިޔުން.

5- ސްކޫލު ލީވިންގ ސެޓްފިކެޓްގެ ކޮޕީ.

6- ތަޢުލީމީ ދާއިރާއަކުން ދޫކޮށްފައިވާ އަސާސީ ފެންވަރަށް ލިޔަން ކިޔަން އެނގޭ ކަމުގެ ލިޔުމެއްގެ ކޮޕީ: ނުވަތަ ގްރޭޑް 7 ނަތީޖާ ޝީޓް

(ހ) އެއްވެސް ވަޒީފާއެއް އަދާކޮށްފައިވާނަމަ އެ ވަޒިފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފިހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދަރައެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ލިޔުން.

މަސައްކަތު މީހެއްގެ ވަޒީފާއަށް އެދެންވީގޮތާއި ސުންގަޑި:

މަސައްކަތު ވަޒިފާއަށް އެދި ހުށަހަޅަންޖެހޭ ފޯމް (ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ) ގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަސައްކަތު މީހެއްގެ ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 27 ޖޫން 2019 ވަނަ ދުވަހުގެ 12:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއަށެވެ. މަސައްކަތު މީހެއްގެ ވަޒީފާއަށް އެދޭ ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގެނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއި،ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މަސައްކަތު މީހުންގެ ވަޒީފާއަށް އެދޭ ފަރާތްތައް، އިންޓަވިއު ކުރުން އޮންނާނީ 03 ޖުލައި 2019 ވަނަ ދުވަހުގެ 11.00 ގައި މިއިދާރާގައެވެ. ވުމާއެކު މިކަމަށް އެދި ކުރިމަތިލާ ފަރާތްތަކުން އެ ތާރީޚުގައި އިންޓަވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން:

މަސައްކތު ވަޒީފާއަށް އެދި 10 ބޭފުޅުންނަށް ވުރެން ގިނައިން ހުށަހަޅުއްވައިފިނަމަ ޝޯޓްލިސްޓް ކުރެވޭނއެވެ.

މަސައްކަތު މީހެއް ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހައި ބަޔަކުން ލިބުނު ޕޮއިންޓުގެ ޖުމްލަ:

މަސައްކަތު މީހެއް ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިޔާގެ ހުރިހައި ބަޔަކުން ލިބުނު ޕޮއިންޓުގެ ޖުމްލަ %45 (ސާޅީސް ފަހެއް) އިންސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

އިތުރު މައުލޫމާތު ސާފް ކުރުމަށް ބޭނުން ފުޅުވާނަމަ، މިއިދާރާގެ ނަންބަރު (ފޯނު:6500013) އާއި ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 ޝައްވާލް 1440      

19 ޖޫން  2019

 

                                    ދިމްކުމް

 

                                  މުޙައްމަދު ރަޝީދު

                               އިހަވންދޫ ކައުންސިލްގެ ރައީސް

19 ޖޫން 2019
ހޯދާ