މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު ( އެސިސްޓެންޓް ޕުލޭނިން އޮފިސަރ )

މަޤާމް

އެސިސްޓެންޓް ޕްލޭނިންގ އޮފިސަރ

މަޤާމުގެ ނަންބަރ

J-221619

ބޭނުންވާ ޢަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޖީ. އެސް. 3

މަޤާމުގެކްލެސިފިކޭޝަން

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ

ވަޒީފާއަދާކުރަންޖެހޭތަން

މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ

މުސާރަ

4465.00 (ހަތަރުހާސް ހަތަރު ސަތޭކަ ފަސްދޮޅަސްފަސް) ރުފިޔާ

ސާރވިސް އެލަވަންސް

1500.00 (އެއްހާސް ފަސްސަތޭކަ) ރުފިޔާ

ސަޕޯރޓިންގް ކޯއެލަވަންސް 2

700.00 (ހަތްސަތޭކަ) ރުފިޔާ

އިތުރު ޢިނާޔަތްތައް

  • ސިވިލް ސާރވިސްގެ މުއައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާ ޚިދުމަތް
  • ދިވެހި ރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  • ސިވިލް ސާރވިސްގެ މުއައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. (މީގެއިތުރުން މަޤާމަށް އިތުރު ޢިނާޔަތެއް ކަނޑައެޅާފައިވާނަމަ އެ ޢިނާޔަތެއް)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1. ރަށުގެ ޕްރީސްކޫލް ޤަޥަޢިދުން ކިޔވައިދިނުމުގެ ރަޖިސްޓްރީކުރުމާއި، ޕްރީސްކޫލް ތަރައްޤީކުރުމަށް އެކިފަރާތްތަކުން ލިބޭ ޚާއްޞަ އެހީ ހޯދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައްކުރުމާ ޕްރީސްކޫލގަށް ބޭނުންވާ ފަރުނީޗަރ، ކުޅޭ ސާމާނު ހޯދުމާއި، ސްޕޯރޓްސް އެސެސަރީ ހަދައި މަރާމާތުކުރުމާއި ޕްރީސްކޫލުން ބެލެނިވެރިން އިސްނަގައިގެން އިންތިޒާމުކުރާ ވޯކްޝޮޕް ސެމިނަރ، މުބާރާތްތުގައި ކައުންސިލް އިދާރާއިން ބޭނުންވާ އެހީތެރިކަން ދިނުން.

2. ރަށުގެ ތަރައްޤީގެ ޕްލޭން ހެދުމާއި ބިމުގެ މަޖެޓް ތައްޔާރުކުރުން.

3. ރުއްގަހުގެ ރަޖިސްޓްރީ ބެލެހެއްޓުން.

4. ކައުންސިލްގެ ވޭތުވެދިޔަ 06 މަހާއި އަހަރު ދުވަހުގެ ރިޕޯރޓް ތައްޔާރުކޮށް ކަނޑައެޅިފައިވާ ތާރީޚްތަކށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

5. ކައުންސިލްގެ މަޝްވަރާގެ މަތިން ރުއްގަސް އިންދުމާއި، ހޭޅިފަށާއި، ގޯތި ދިނުމަށާއި، ހުސްބިންތައް ހުންނަންޖެހޭ ތަންތަން ރަށުގެ ޗާޓުން ފާހަގަކޮށް ކުރަންޖެހޭ އެންމެހައި ދިރާސާތައް ކުރުން.

6. ކުޑަކުދިންނާއި މުސްކުޅިންނާއި ޚާއްޞަ އެހީއށް ބޭނުންވާ މީހުންގެ ކަންކަން ހިންގާ ބެލެހެއްޓުމަށް މިއަތޮޅުގައި ސަރުކާރުން ޤާޢިމުކުރައްވާފައިވާ އެފް.ސީ.އެސް.ސީ ސެންޓަރުން މިރަށުގެ އެފަދަ ފަރާތްތަކަށް އަމާޒްކޮށް ރާވާ ހިންގާ ޙަރަކާތްތަކުގައި ބޭނުންވާ އިދާރީ އެހީތެރިކަން ދިނުން

7. ރަށުގައިތިބި ޚާއްޞައެހީއަށް ބޭނުންވާ ފަރާތްތަކުގެ ރަޖިސްޓްރީ ބެލެހެއްޓުމާއި އެފަދަ މީހުންނަށް އެކިފަރާތްތަކުން ދެއްވާ އެހީ ހޯއްދައިދިނުމާއި، ފޯރުކޮށްދިނުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.

8. މިސްކިތްތަކުގެ މުދިމް، އިމާމު، މަސައްކަތު މީހުން އެއް މިސްކިތުން އަނެއް މިސްކިތަށް ބަދަލްކުރުމަށް ކުރަންޖެހޭ އިންތިޒާމްތައް ރަށުގެ އެޗް އާރު އެމް ޑީ ކޮމިޓީގެ ލަފައާއެކު ކައުންސިލުން ކަނޑައަޅާ ގޮތަކަށް ހަމަޖައްސާ އެކަން މުވައްޒަފުނަށް އެންގުން

9. މިސްކިތްތައް ފޮޅާސާފްކުރުމަށް ބޭނުންވާ ބެޖެޓް ހެދުމާއި، ބޭނުންވާ ތަކެތި ހޯދުމަށް ހަދަންޖެހޭ ރިކްއެސްޓް ހަދާ ފައިސާއާއިބެހޭ ޔުނިޓަށް ހުށަހަޅާ މިސްކިތްތަކަށް ބޭނުންވާ ތަކެތި ހޯދުމަށް މަސައްކަތް ކުރުމާއި މިސްކިތްތައް ބޭނުންކޮށްގެން އެކިފަރާތްތަކުން ހިންގަން ބޭނުންވާ ޙަރަކާތްތަކަށް މިސްކިތް ދޫކުރުމަށް ކައުންސިލުން އެކަށައަޅާ އުޞޫލަކުން މިސްކިތްތައް ދޫކުރުމުގެ އިދާރީ އިންތިޒާމްތައް ހަމަޖެއްސުމާ މިސްކިތްތަކަށް އެކިފަރާތްތަކުން ހަދިޔާކުރާ ތަކެތި ބަލައިގަތުމާއި ހުއްދަހޯދަންޖެހ ތަކެތީގެ ހުއްދައިގެ ކަންކަމާއި އެފަދަ މިސްކިތްތަކާއި ޙަވާލުކުރުމާއި މިސްކިތްތަކުގެ އިންވެންޓްރީ ފުރިހަމަކުރުން.

10. އެކިއެކި ކަންކަމަށް ބިންދޫކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

11. އާސާރީ ގޮތުން ޙިމާޔަތް ކުރެވިފައިވާ ތަންތަނާއި ތަކެތި ރެކޯޑްތައް ބެލެހެއްޓުމާއި އެފަދަ ތަންތަނާއި ތަކެއްޗާއި ގުޅިގެން މަޢޫލޫމާތި ހޯދަން ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، ލިބޭ ގެއްލުންތައް ކަމާއިގުޅުންހުރި ފަރާތްތަކަށް އަންގާ ޙިމާޔަތް ކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްކުރުން.

12. ވިއްސާރާގައި ޤުދުރަތީ ގޮތުންލިބޭ ގެއްލުންތަކާއި ރަށުގެ ތިމާވެއްޓަށް ލިބޭ ގެއްލުންތަކުގެ މަޢުލޫމާތާއ ފޮޓޯ ތައްޔާރުކޮށް ފޮނުވުން.

13. ރަށުގެ މަގުތައް މަރާމާތުކޮށް ބެލެހެއްޓުމުގެ އެންމެހާ މަސައްކަތްތައް ހިންގުން.

14. ކުއްލި ޙާލަތުގައި ލިބޭ ގެއްލުންތައް ބަލާ ރިކޯޑްކޮށް އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި، ގެއްލުން ލިބުނު ފަރާތްތަކާއި ޙަވާލުކުރުމަށް ލިބޭ ތަކެތި އެފަރާތްތަކާއި ޙަވާލުކުރުމުގެ އިދާރީ މަސައްކަތްތައް ރާވާ ހިންގުން.

15. ރަށުކައުންސިލްގެ ފަރާތުން ޝަރީޢަތަށް ހުށަހަޅަންޖެހޭ މައްސަލަތައް ކޯޓަށް ހުށަހެޅުމާއި ރަށުކައުންސިލަށް ދަޢުވާލިބޭ މައްސަލަތައް ފުރިހަމަ ކުރުމަށް ކުރަންޖެހޭ އިދާރީ ކަންކަން ފުރިހަމަކުރުން.

16. ޝަރުޢީގޮތުން މީހުންގެ މައްޗަށް ކުރާ ޙުކުމްތައް ތަންފީޒް ކުރުމުގައި ގޭ ބަންދުކުރަންޖެހޭ މީހުންނާއި ސަރުކާރުގެ އެކިފަރާތްތަކާއި ޙަވާލުކުރަންޖެހޭ މީހުން އެފަރާތްތަކަށް ފޮނުވުމާއި، ރަށަށް އަރުވާލާ ފޮނުވާލާ މީހުން ޙަވާލުކުރަންޖެހޭ ފަރާތްތަކާއި ޙަވާލުކުރުމާ ރަށަށް އަރުވާލާ ފޮނުވާލާ މީހުންގެ ރެކޯޑުތައް ބެލެހެއްޓުމާއި، ރަށުގެ ރައްޔަތުންގެ ކުށުގެ ރެކޯޑް ސާފްކޮށްދިނުމާއި، ޝަރުޢީ ކޯޓްތަކުން ކުރާ ޙުކުމްތައް ތަންފީޒްކުރުމުގައި ކަމާއިގުޅުންހުރި ފަރާތްތަކަށް ހުށަހަޅަންޖެހޭ ރިޕޯރޓްތަކާއި، މަޢުލޫމާތު ފޮނުވުން.

17. ރަށު ކައުންސިލްގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސާރވިސްއަށް ހުށަހަޅަންޖެހޭ މައްސަލަތައް ޕޮލިހަށް ހުށަހެޅުމުގެ އިދާރީ އެންމެހައި މަސައްކަތްތައް ކުރުމާ ހުށަހަޅާ މައްސަލަތަކުގެ ރެކޯޑުތައް ބެލެހެއްޓުން.

18. އަލަށް އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރަށްވެހިކުރުމާ ރަށްވެހިންގެ ރަޖިސްޓްރީ އިން އުނިކުރުމާއި ރަށުގެ އާބާދީގެ ރެކޯޑްތައް ބެލެހެއްޓުމާއި ރަށުގެ ރަޖިސްޓްރީގައި ރަށވެހިވެފައިވާ މީސްމީހުންނާއި ރަށްވެހިނުވެ ދިރިއުޅެމުން ގެންދާ މީހުންނާއި، އަދި ރަށުގެ ދިރިއުޅޭ ބިދޭސީންގެ ދަފުތަރު ލިޔެ ބެލެހެއްޓުން.

19. އިމްޕޯޓް އެކްސްޕޯޓް މުދާ ވިއްކުމާއި، ސައިހޮޓާ، ރެސްރޯޓެންޓް، ކެންޓީނު، ގެސްޓްހައުސް، ސްކޫލްތަކާއި، އެދެރުގެތައް، ތިއޭޓަރ، ސެމިނާ، ކުލީބައިތައް ހިންގުމުގެ ހުއްދަ ދިނުމާއި، ރަޖިސްޓްރީ ކުރުމާއި ބާޠިލް ކުރަންޖެހޭ ހުއްދަތައް ބާޠިލްކުރުން.

20. އާބާދީއާއި ބޯހިމެނުމުގެ އެންމެހައި މަސައްކަތްތައް ރާވާ ހިންގުމާއި ރަށުގެ ތަފާސްހިސާބު ނަގާ ބެލެހެއްޓުން ޢާއްމު މަޢުލޫމާތުގެ ރިޕޯރޓް ހަދާ ފޮނުވަންޖެހޭ އޮފީހަށް ފޮނުވުން.

21. އިދާރާއިން ހިންގާ އެކިއެކި ޕްރޮޖެކްޓްތަކާއި މަސައްކަތްތަކާއި މެންޑޭޓްގައި ހިމެނޭ އެންމެހައި ކަންކަން ޕްލޭން ކުރުމުގައި ރައްޔަތުންނަށާއި އިދާރާއަށް ފުރިހަމަގޮތުގައި ލިބޭނެ ފަދަ ގޮތަކަށް އިސްވެރިންގެ މަޝްވަރާގެ މަތިން ރާވާ ހިންގުން.

22. ކައުންސިލްގެ އިދާރާއިން ތަރައްޤީގެ މަސްރޫޢުތަކާއި މަސައްކަތްތަކާއި ގުޅޭގޮތުން ރާވާ އިންތިޒާމްކުރާ މަސައްކަތްތަކާއި ޙަރަކާތްތަކުގެ ރިޕޯރޓްތައް ހަދާ ފޮނުވަންޖެހޭ ފަރާތްތަކަށް ކަނޑައެޅިފައިވާ ތާރީޚް ތަކަށް ފޮނުވުން.

23. ރަށު ކައުންސިލްގެ އިދާރާއިން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އިދާރާގެ މަސައްކަތަކުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްކުރުން.

މަޤާމުގެ ޝަރުޠުތައް

1. ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން " ސެކަންޑަރީ ސްކޫލް " ނުވަތަ " ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

1. ފުރިހަމަކޮށްފައިވާ ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލް ސާރވިސް ކޮމިޝަނުގެ ވެބުސައިޓުން އަދި މި އިދާރާގެ ވެބުސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)

2. ވަޒީފާއާށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީ މެއިލް އެޑްރެސް ހިމެނޭގޮތައް:

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ:.

4. ސިވިލް ސާރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެމަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޓް ކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓް ލިބިފައިވާނަމަ ކޮޕީ.

7. ސިވިލް ސރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ އެ ސެޓްފިކެޓްގެ ކޮޕީ.

8.  މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދަޢުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްޢިއްޔާ/ ޖަމާޢަތެއްގައި ވަޒީފާ އަދާކުށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

ތަޢުލީމީ ރޮނގުތައް: (މަޤާމުގެ މަސައްކަތާއިގުޅޭ)

1. ބިޒްނަސް އެޑުމިނިސްޓްރޭޝަން

2. ބިޒްނަސް މެނޭޖްމަންޓް

3. ޕްރޮޖެކްޓް މެނޭޖްމަންޓް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމށް ބެލެވޭ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު
  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
  • މަސައްކަތުގެ ހުނަރާއި ޤާބިލްކަމާއި ސިފަތައް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ޖުލައި 08 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް [email protected] އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގެނެވޭނެއެވެ.

އިންޓަވިއު އޮންނާނެތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 ޖުލައި 21 އާއި 2019 އޯގަސްޓް 08 އާއި ދެމެދު، މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާގައެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސޓް ކުރެވޭނެއެވެ.

 

މި ޢިއުލާނާއ ގުޅިގެން މަޢުލޫމާތު ސާފްކުރުމަށް ގުޅާނީ ރަސްމީ ގަޑީގައޮ 6720601 ނަންބަރ ފޯނާއެވެ. އަދި އީ މެއިލް ކުރާނީ  [email protected] އަށެވެ.

26 ޖޫން 2019
ހޯދާ