މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - އެޑްމިނިސްޓްރޭޓިވް އޮފިސަރ

މި ކައުންސިލުގެ ތިރީގައި މިވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ  

މަޤާމުގެ ނަންބަރު:

J-211692

ބޭނުންވާ ޢަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

(ޖީ. އެސް 3) 

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1  

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މޯލްޑިވްސް މީޑިއާ ކައުންސިލް، މާލެ

މުސާރަ:

-/4465 ރުފިޔާ

ސަރވިސް އެލަވަންސް:

-/1500 ރުފިޔާ

މީޑިއާ ކައުންސިލް އެލަވަންސް:

މުސާރައިގެ 35 ޕަސެންޓް

ސަޕޯޓިންގ ކޯ އެލަވަންސް2:

މަހަކު -/700 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  3. މީގެ އިތުރުން މަޤާމަށް ކަނޑައަޅާފައިވާ ޢިނާޔަތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް

  1. ކޮމިޓީތަކަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭ އިދާރީ މަސައްކަތް ކުރުމާއި އެކޮމިޓީގެ ބައްދަލުވުންތައް އިންތިޒާމްކޮށް ބެލެހެއްޓުން.
  2. ކައުންސިލަށް ހުށަހެޅޭ މައްސަލަތަކުގެ ރިކޯޑް ބެލެހެއްޓުން
  3. ކައުންސިލަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ހޯދަންޖެހޭ ތަކެތި ހޯދުމާއި ބަޔާން ނަގަންޖެހޭ ފަރާތްތަކަށް ދަންނަވައިގެން އެމައްސަލަތަކުގެ ރިޕޯޓް ލިޔެ ފައިލްކޮށް ބެލެހެއްޓުން.
  4. ކައުންސިލް ބައްދަލުވުންތައް ބޭއްވުމުގެ އިންތިޒާމް ހަމަޖެއްސުމާއި ކައުންސިލް ބައްދަލުވުންތަކާއި ކޮމިޓީ ބައްދަލުވުންތަކުގެ ހާޟިރީއާއި އެޖެންޑާ އަދި ޔައުމިއްޔާ ތައްޔާރުކުރުން.
  5. ޔުނިޓުން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ، ސަރކިއުލަރފަދަ ތަކެތި ތައްޔާރުކޮށްޑިސްޕެޗްކުރުމާއި އަންނަ ސިޓީތައް ފައިލްކުރުން.
  6. ކައުންސިލުގެ ޖަލްސާތަކުން އެކުލަވާލާ ވަގުތީ ކޮމެޓީތަކުގެ ޖަލްސާގެ ހާޟިރީއާއި ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  7. ކައުންސިލުން ބާއްވާ ވޯކްޝޮޕް، ސެމިނާ، އަދި އެހެނިހެން ޓްރޭނިންގ ޕްރޮގްރާމްތައް އިންތިޒާމް ކުރުމުގެ އިދާރީ މަސައްކަތްތައް ކުރުން.
  8. ފައިނޭންސްއާއި ބަޖެޓްގެ މަސައްކަތްތަކުގައި އެހީތެރިވުން.
  9. އެޗްއާރު އަދި އެޑްމިނިސްޓްރޭޓިވް މަސައްކަތްތަކުގައި އެހީތެރިވުން.
  10. މެންޑޭޓްގައި ހަމަޖެހިފައިވާ ކަންކަމުގެ ތެރެއިން އެވަގުތަކު އެހީތެރިކަމަށް ބޭނުންވާ ކަންކަމުގައި އެހީތެރިވެދިނުން.

މަޤާމުގެ ޝަރުޠުތައް:

  • ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް ނުވަތަ ހަޔަރ ސެކަންޑްރީ އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) އަދި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ވެބްސައިޓުންނާއި (www.mmc.org.mv) ކައުންޓަރުން ލިބެންހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

 (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

  (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މަޤާމަށް މީހަކު ހޮވުމަށް ސިވިލް ސަރވިސްގެ ޤަވާއިދާއި އުސޫލާއި އެއްގޮތަށް ތިރީގައި މިވާ ކަންކަމުގެ މައްޗަށް ބެލޭނެއެވެ. 

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން އަދި ޕްރެކްޓިކަލްއަށް ބަލައިގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 ޖުލައި 2019 ވާ (އަންގާރަ) ދުވަހުގެ 13:30 ގެ ކުރިން، މޯލްޑިވްސް މީޑިއާ ކައުންސިލް (ގ. ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އާއި އިމްތިޙާން / ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިޙާން އޮންނާނީ،  14 ޖުލައި 2019  އިން 18 ޖުލައި 2019 އާ ދެމެދު، މޯލްޑިވްސް މީޑިއާ ކައުންސިލް (ގ. ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3003995 ނަންބަރު ފޯނާއެވެ.

އީ-މެއިލް ކުރާނީ [email protected]އަށެވެ.

23  ޝައްވާލް  1440 

 

26 ޖޫން 2019
ހޯދާ