މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ރިސޯސް މޮބިލައިޒޭޝަން އެނަލިސްޓް

އިޢުލާނު

 

ވަޒީފާގެ ފުރުޞަތު

(IUL)13-HR/13/2019/181ނަންބަރު:

މަޤާމް:

ރިސޯސް މޮބިލައިޒޭޝަން އެނަލިސްޓް

މަޤާމުގެ ނަންބަރު:


J-294421

 

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ސެކްޝަން

ރިސޯސް މޮބިލައިޒޭޝަން ސެކްޝަން 

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް، / ކ. މާލެ

މުސާރަ:

މަހަކު 6,295/- ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,000/-  ރުފިޔާ

އެހެނިހެން އެލަވަންސް:

-          ފިނޭންސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ގެ އެލަވަންސެއް ކޮންމެ މަހަކު ދެވޭނެއެވެ.

-          މި މަޤާމަކީ ޓެކްނިކަލް ކޯ އެލަވަންސް ދެވޭ މަޤާމަކަށްވާތީ، މި މަޤާމަށް ޓެކްނިކަލް ކޯ ދޭ ކޯ ޑިސިޕްލިންތަކަކީ ފައިނޭންސް، އެކައުންޓިންގ ނުވަތަ އިކޮނޮމިކްސް އެވެ. ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި ދެވޭނީ މުސާރައިގެ %28 އެވެ.

-          ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް ދެވޭނެއެވެ.

-          ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

-          ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ރާއްޖޭގެ އަދި ރާއްޖެއިން ބޭރުގެ މާލީ އިދާރާތަކާއި އަދި ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިވެދޭ ފަރާތްތަކާއި އޮންނަ ގުޅުން ބަދަހިކުރުމާއި، އެފަރާތްތަކުން ލިބެންހުންނަ އެހީގެ (ލޯން، ހިލޭއެހީ، ތަމްރީންފަދަ) އެކި ފުރުސަތުތައް ހޯދުން

 

  1. ލޯނާއި ހިލޭއެހީގެ ދަށުން ހިންގަމުން ދާ މަޝަރޫޢުތަކާއި އަދި ހިންގުމަށް ރޭވަފައިވާ މަޝްރޫޢުތަކުގެ ސްޓޭޓަސް އަޕްޑޭޓް ކުރުމާއި، އެގްޒެކިއުޓިންގ އެޖެންސީގެ ހައިސިއްޔަތުން، މަޝްރޫޢުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ކުރަންޖެހޭ ކަންތައްތައް އިންތިޒާމްކުރުން.

 

  1. ޑިވިޜަނުން ކުރާ މަސައްކަތާއި ގުޅުންހުރި ކަންކަމުގައި ރާއްޖެއަށް އަންނަ ވަފްދު ތަކާއި، ރާއްޖެއިން ދާ ވަފްދުތައް ތައްޔާރުވުމުގެ ގޮތުން ޑިވިޜަނުން ކުރަން ކަނޑައަޅާފައިވާ ކަންތައްތައް ކުރުން.
  2. އަލަށް ސޮއިކުރެވޭ ދައުލަތަށް ނަގާ ލޯނާ، ލިބޭ ހިލޭއެހީގެ އެގްރީމަންޓާއި ގުޅިގެން، މިނިސްޓްރީން ކުރަންޖެހޭ ހުރިހާ ކަމެއް ކުރުން.

 

  1. ކޮމެންޓް ހޯދުމަށް އެކިއެކި އޮފީސްތަކުން ލިބޭ އެގްރީމެންޓް/އެމް.އޯ.ޔޫ/ރިޕޯޓް ފަދަ ލިއުންތަކަށް މި މިނިސްޓްރީގެ ކަމާބެހޭ ޑިވިޜަންތަކުން ކޮމެންޓް ހޯދާ އެފަރާތްތަކަށް ފޮނުވުން

 

  1. އެކިއެކި އެހީދޭ ފަރާތްތަކުން ރާއްޖެއަށް ލިބެންހުރި އެހީގެ ބާވަތާ، ފަރާތްތައް ދެނެގަނެ، އެހީ ހޯދުމުގެ މަސައްކަތް ކުރުން

 

  1. މަޝްރޫޢުތަކަށް ފައިސާ ހޯދުމަށާ އަހަރީ ޖަލްސާ ތަކުގައި ބައިވެރިވުމަށް މިނިސްޓްރީގެ ވެރިން/ގަވަނަރުން ކުރައްވާ ދަތުރުތަކުގެ އިންތިޒާމު ރާވާ ބެލެހެއްޓުން

 

  1. ލޯނާއި ހިލޭއެހީގެ ދަށުން ހިނގާ މަޝްރުއޫތަކުގެ ޕްރޮގްރެސް ރިވިޔުކޮށް ބެލެހެއްޓުން

 

  1. އަހަރީ ރިޕޯރޓަށާ ދައުލަތުގެ ބަޖެޓް އަދި ޑިވިޜަން ބަޖެޓަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކުރުން

މަޤާމުގެ ޝަރުތުތައް:

  1. ފައިނޭންސް، އެކައުންޓިންގ ނުވަތަ އިކޮނޮމިކްސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބަލާނެ  ކަންތައްތައް:

-          މަޤާމާގުޅޭ ދާއިރާގެ ތައުލީމަށް %35

-          މަޤާމާގުޅޭ ދާއިރާގެ ތަމްރީނުތަކަށް %5

-          ސިވިލް ސަރވިސްއަށް ވަނުމަށްދެވޭ އިމްތިހާނަށް %5

-          މަޤާމުގެ މަސައްކަތާގުޅޭ ތަޖުރިބާއަށް

-          އިންޓަވިއު އަދި ޕްރެކްޓިކަލްއަށް %40

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  15 ޖުލައި 2019 (ހޯމަ) ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ފިނޭންސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު،އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު،އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނީ،    16 ޖުލައި 2019 އާއި 25 ޖުލައި 2019  އާ ދެމެދު، މިނިސްޓްރީ އޮފް ފިނޭންސް ގައެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މި މިނިސްޓްރީގެ ކޯލް ސެންޓަރ 1617 އަށެވ އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

     

 

22 ޝައްވާލް 1440

25 ޖޫން 2019

25 ޖޫން 2019
ހޯދާ