ގދ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
އެޑްމިން އޮފިސަރެއް ހޯދުމަށް

 

އިޢުލާން

 

   މަޤާމް:                            އެޑްމިނިސްޓްރޭޓިވް އޮފިސަރ

   މަޤާމްގެ ނަމްބަރު:                  J-115945

   ބޭނުންވާ އަދަދު:                   1 (އެކެއް)

   މަޤާމްގެ ގިންތި:                    ދާއިމީ

   މަޤާމުގެރޭންކް:                    GS3

   މަޤާމުގެކްލެސިފިކޭޝަން:           އޮފިސަރ ގްރޭޑް 1

   ސެކްޝަން:                        އިދާރީ ސެކްޝަން

   މަޤާމް އޮތް އޮފީސް:                ގދ.އަތޮޅު މަދަރުސާ

   ވަޒީފާ އަދާކުރަންޖެހޭ ތަން:        ގދ.އަތޮޅު މަދަރުސާ / ގދ.ގައްދޫ

   މުސާރަ:                           -/4465 ރުފިޔާ

   ސަރވިސް އެލަވަންސް:            -/1500 ރުފިޔާ

  އެހެނިހެން އެލަވަންސް:          -/700 ރުފިޔާ ( ސަޕޯރޓިންގ ކޯ އެލަވަންސް )

 

އިތުރު ޢިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މަސްޢުލިއްޔަތުތަކާއި ވާޖިބުތައް:

1- މަދަރުސާއަށް  ގަންނަންޖެހޭ ތަކެތި ގަތުމަށް މުދަލާއި ފައިސާއާ ބެހޭ ޤަވާއިދުގައި ހަމަޖެހިފައިއޮންނަ ގޮތުގެމަތީން ތައްޔާރުކުރަންޖެހޭ އެންމެހައި ލިޔުންތައް ތައްޔާރުކޮށް ތަކެތި ގަތުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، މަރާމާތުކުރުމަށާއި ކުއްޔަށް ނުވަތަ އަނބުރާ ދައްކާގޮތަށް ދޫކުރެވޭ އެންމެހައިތަކެތި ހަމަޖެހިފައިއޮންނަ ޤަވާޢިދުތަކާއި އެއްގޮތްވާ ގޮތުގެމަތީން މުދަލާއި ފައިސާގެ މަސައްކަތާއި ޙަވާލުވެ ހުންނެވި ވެރިއެއްގެ ހުއްދަހޯދައިގެން ދޫކޮށް ބަލައިގަތުމުގެ އެންމެހައި މަސައްކަތްތައް ކުރުން.

2- ކަނޑައެޅިފައިއޮންނަ އުޞޫލުތަކާއެއްގޮތަށް މަދަރުސާއަށް ބޭރުން ލިބޭ ލިޔުންތަކާއި ތަކެތި ބަލައިގަނެ އެންޓްރީ ސިސްޓަމުގައި ރަޖިސްޓަރީކުރުމަށް ފަހު އިސްވެރިޔާގެ މޭޒަށް ކޮންމެ ދުވަހަކު ގެންދިޔުމާއި، އިސްވެރިޔާ އަންގަވާ ތަކެތި ޙަވާލުކުރަންޖެހޭ ވެރިޔަކާ ނުވަތަ މުވައްޒަފަކާއި ޙަވާލުކުރުން .

3- ދުވަހުން ދުވަހަށް ހާޒިރީ ޝީޓްތައް ޕްރިންޓްކޮށް ފައިލްކޮށް ބެލެހެއްޓުން . އަދި މީލާދީ ކޮންމެ މަހެއް ނިމުމުން ، ފެށޭމަހުގެ 10 ވަނަ ދުވަހުގެ ކުރިން މުވައްޒަފުންގެ ހާޒިރީ ރިޕޯޓް ތައްޔާރުކޮށް ޗެކްކުރާ މުވައްޒަފު ލައްވާ ޗެކްކުރުމަށްފަހު މުވައްޒަފުން ލައްވައި ސޮއި ކުރުވުމަށް ފަހު ފައިލް ކުރުން. ކަމާއިބެހޭ މުވައްޒަފުންގެ ފަރާތުން މަޢުލޫމާތު ހޯދައިގެން ދުވަހުން ދުވަހަށް މަދަރުސާގެ " ޔަޥްމިއްޔާ" ލިޔެ އިސްވެރިޔާ ލައްވައި ސޮއިކުރުވުން

4- ކިޔަވައިދިނުމުގެ ބައިގެ މުވައްޒަފުންނާއި އިދާރީ  މުވައްޒަފުންނާއި، އިސްވެރިންގެ އިތުރުގަޑީގެ ޙާޟިރީ ފޮތްތައްޔާރުކޮށް ބެލެހެއްޓުން. ބެލެނިވެރިންނަށް އަންގާ އެންގުންތަކާއި ދަރިވަރުންނަށް ދެވޭ ނަޞޭޙަތުގެ ލިޔުންތައް އިދާރާއިން ކަނޑައަޅާމުއްދަތުތަކަށް ލިޔެ ތައްޔާރުކުރުމުގެ އެންމެހައި މަސައްކަތްތައް ކުރުން .

5- މަދަރުސާގެ އެންމެހައި ތަޅުދަނޑިތައް ޙަވާލުކުރަންޖެހޭ ފަރާތްތަކާއި ހަވާލުކޮށް އަނބުރާ ހޯދަންޖެހޭ ޙާލަތްތަކުގައި އަނބުރައި ހޯދުމުގެ މަސައްކަތް ކަނޑައެޅިފައިއޮންނަ އުޞޫލުތަކާ އެއްގޮތަށް ކުރުން.

6- ސްޓާރފް ރޫމްގައި ބާއްވާފައި އޮންނަ ޑެއިލީ އެޓެންޑެން ޝީޓް ކޮންމެ މަހެއ ފެށޭ ދުވަހު ބަދަލުކުރުން. އަދި ޓީޗަރުން ޝީޓް ދުވަހުން ދުވަހަށް ނުފުރާނަމަ ލީޑީންގް ޓީޗަރާއި އެކަން ޙިއްޞާކުރުން

 މަދަރުސާއިން ވަކިވާ ކުދިންގެ ތެރެއިން ، ސްކޫލް ލީވިންގ ސަރޓިފިކެޓް ބޭނުންވެގެން ހުށަހަޅާ ކުދިންނަށް ކަނޑައެޅިފައިވާ އުޞޫލުގެ މަތިން ލަސްވެގެން 3 ދުވަހުގެ ތެރޭގައި ސްކޫލް ލީވިންގ ސަރޓިފިކެޓް ހަދައިދީ ޙަވާލުކުރުމުގެ ހުރިހާ މަސައްކަތެއް ކުރުން.އަދި ގުރޭޑް 10 ނިންމާދަރިވަރުންގެ ލިވިންގް ސެޓިފިކަޓުތައް ހަދާ އެކުދިންގެ ރިޕޯޓް ފޯމާ އެކީ ލީވިންގް ސެޓިފިކަޓް ހަވާލުކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.

7- މަދަރުސާއިން ކުއްލިގޮތަކަށް ޙަވާލުކުރާ ތިމާގެ ވަޒީފާ އާއި ގުޅުން ހުންނަ މަސައްކަތްތައް މަދަރުސާގެ އިދާރާއިން އަންގާ ގޮތަށް ކުރުން.

8- މަދަރުސާއިން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި މަދަރުސާގެ މަސައްކަތުގެ ދާއިރާގެ ތެރެއިންޙަވާލުކުރެވޭ މަޤާމާއި ގުޅޭ އެހެނިހެން ކަންތައްތައް ކުރުން

 

މަޤާމުގެ ޝަރުޠުތައް:      

1. ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

މިވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށްޓަކައި ބަލާނީ ދިވެހި ސިވިލް ސަރވިސް ކޮމިޝަނުން 1 މެއި 2018 ގައި ޝާއިޢުކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި ޢުޞޫލުތަކަށެވެ. މިގޮތުން މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ކަނޑައަޅާނީ ތިރީގައިވާ ބައިތަކަށް ޕޮއިންޓް ދިނނުމުން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތަކީ އެންމެ ޤާބިލް ފަރާތްކަމުގައި ކަނޑައަޅައިގެންނެވެ.

ހ. ހާސިލްކޮށްފައިވާ  ތަޢުލީމާއި، ތަމްރީނު.

ށ- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.

ނ. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް.

*. ޤާބިލުކަން ކަށަވަރުކުރާނީ އިންޓަރވިއުކޮށްގެންނެވެ.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް (މިފޯމް މިސްކޫލް އިދާރާއިން އަދި ސިވިލް ސަރވިސް ކޮމިޝާނުގެ ވެބަސައިޓުން ލިބެންހުންނާނެ)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތައް)

3. ސިވިލްސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ، ސިވިލްސަރވިސް ކޮމިޝަނުގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއި މެދު އިޢުތިރާޒެއްނެތްކަމަށް ، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭފަދަ ކޮޕީއެއް

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ، ލެވެލް ކަނޑައަޅާފައިވާ ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުންލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

 (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓުތަކުތަކާއި ޓްރާންސްކުރިޕްޓުގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުން.

 (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓް ތަކުގެ ކޮޕީ.

7. ސިވިސްސާވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

 (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކަރު ހިއްސާވާ ކުންފުންޔެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، މަސްއޫލިއްޔަތު އަދި މަސައްކަތްކޮއްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮއްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަނަގައިދޭ

ރެފެރަންސް ޗެކް ފޯމް

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

    މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 04 ޖުލައި 2019 ވާ ބުރާސްފަތި  ދުވަހުގެ 12:00ގެ ކުރިން އިނގުރައިދޫ ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

އިންޓަރވިއު ކުރުން:

       މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  7 ޖުލައި 2019 އާއި 15 ޖުލައި  2018  އާ ދެމެދު ގދ.އަތޮޅު ސްކޫލްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:

       މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

       މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން %45 ލިބެންވާނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން:

       މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ:    7983083 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

 

 

 

 

 

 

 

 

 

 

 

25 ޖޫން 2019
ހޯދާ