މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިގު މުއްދަތަށް ބިން ކުއްޔަށް ދޫކުރުމާގުޅޭ

އިޢުލާން

ދިގު މުއްދަތަށް ބިން ކުއްޔަށް ދޫކުރުމާގުޅޭ

ތެޔޮ ވިއްކުމަށް ޚާއްޞަ ކުރެވިފައިވާ ބިން ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ

#

ބްލޮކް ނަމްބަރ

ބިން އޮތް ސަރަޙައްދު

ބިމުގައި ކުރަން ކަނޑައަޅާ މަސައްކަތް

ކުއްޔަށް ދޭ މުއްދަތު

1

N-7

ބަނދަރުގެ ހުޅަނގުން

ތެލުގެ ވިޔަފާރި ކުރުމަށް

10 އަހަރު

ބީލަން ފޮތް ވިއްކުން ކުރިއަށްދާނީ 2019 ޖޫން 26 ވަނަ ދުވަހުން ފެށިގެން 2019 ޖުލައި 04 ވަނަ ދުވަހުގެ ނިޔަލަށެވެ. ބީލަން ފޮތެއްގެ އަގަކީ -/500 (ފަސްސަތޭކަ) ރުފިޔާއެވެ.

ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 ޖުލައި 08 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 ޖުލައި  15 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ.

ބީލަން ފޮތް ބައްލަވައިނުގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުމާއި ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކޮށް ބީލަން ހުށަހެޅޭނީ ކޮންމެ ފަރުދަކަށްވެސް އެއް ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކޮށް ބީލަން ހުށަހެޅޭނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކަށެވެ.

މިހާރު މިރަށުން ކުލީ ބިމެއް ނަގާފައިވާ އެއްވެސް ފަރާތަކަށް މި ބީލަމުގައި ބައިވެރި ނުވެވޭނެއެވެ. އަދި ވިޔަފާރީގެ ވެރިފަރާތް ފިޔަވައި އެހެން ފަރާތެއް މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާނަމަ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްކަން އަންގައިދޭ ލިޔުމެއް ގެންނަވަންވާނެއެވެ. 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރު 6580026 އާއި ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

25 ޖޫން 2019
ހޯދާ