ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ހއ. ކެލާ ބްރާންޗުގައި ކޯރުކޮނެ އެލް.ވީ ކޭބަލް ވަޅުލުމާއި ގުޅޭ:

 

ނަންބަރު:FNK-I/IUL/2019/108

އިޢުލާން

ހއ. ކެލާ ބްރާންޗުގައި ކޯރުކޮނެ އެލް.ވީ ކޭބަލް ވަޅުލުމާއި ގުޅޭ:

  މި ކުންފުނީގެ ހއ.ކެލާ ބްރާންޗުގައި އަލަށް އާބާދުވާ ސަރަހައްދަށް ކަރަންޓުލުމަށްޓަކައި ޑިސްޓްރިބިއުޝަން ފޮށިތަކުން ނެޓްވޯރކް އެކްސްޓެންޑް ކުރުމަށްޓަކައި ކޯރު ކޮނެ ކޭބަލް ވަޅުލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ FNK-I/IUL/2019/94  އިޢުލާންއަށް އެކަށީގެންވާ ތަރުޙީބު ލިބިފައި ނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން ހުޅުވާލަމެވެ.

  ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 ޖޫން 2019 ވާ އާދިއްތަ ދުވަހުގެ 13:00 އަށް މި ކުންފުނީގެ ހއ. ކެލާ ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 03 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހއ.ކެލާ ބްރާންޗަށެވެ. ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

                    21 ޝައްވާލު 1440

                    24  ޖޫން  2019

 

            

24 ޖޫން 2019
ހޯދާ