ސްކޫލް އޮފް ނަރސިންގ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޕްރެކްޓިކަލް އެގްޒެމިނަރސް ހޯދުމަށް

ނަންބަރު:06/2019/MED-153-SN

އިޢުލާން

      ސްކޫލް އޮފް ނަރސިންގ އިން މާލެ އާއި އަތޮޅުތެރޭގެ ކެމްޕަސްތަކުގައި ހިންގާ  ޑިޕްލޮމާ އިން ނަރސިންގ އަދި ބެޗްލަރ އޮފް ނަރސިންގ ކޯސްތަކުގެ އައި.ޖީ.އެމް.އެޗް ގައި ހިންގާ އެގްޒޭމް ތަކަށް ޕްރެކްޓިކަލް އެގްޒެމިނަރސް ހޯދުމަށް ބޭނުންވެއެވެ.

     ވީމާ، ޕްރެކްޓިކަލްސް ތައް ނަގައިދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން  4 ޖުލައި 2019 (ބުރާސްފަތި) ދުވަހުގެ 12:00 ކުރިން ސްކޫލް އޮފް ނަރސިންގ އަށް، ތަޢުލީމީ ސެޓްފިކެޓް ތަކާއެކު  ސިޓީ ފޮނުއްވުން އެދެމެވެ.

ޓީޗަރުގެފެންވަރު ނުވަތަ ޝަރުތު:   ގުޅޭ ދާއިރާއިން އެންމެ ދަށްވެގެން ޑިޕްލޮމާ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް  ޙާޞިލް ކޮށްފައިވުމާއި އެކު 2 އަހަރު ދުވަހުގެ މާއްދާ އާއި ގުޅުން ހުރި ދާއިރާގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

މުއްދަތު:     18 ޖުލައި 2019 ގެނިޔަލަށް

ހުށަހަޅަންޖެހޭ ލިއުންތައް:

1. ކިޔަވައިދޭ މާއްދާގެ ރޮގުން ތަޢުލީމު ފުރިހަމަ ކޮށްފައިވާކަމުގެ ސަނަދު (އަޞްލާ އެއްގޮތްކަމަށް ރަސްމީ  

   ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަޞްލު)

2.  ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ނޯޓް: (ފާއިތުވި އަހަރުގައި ސްކޫލް އޮފް ނަރސިނގް ގައި ޕާޓްޓައިމް ކޮށް ކިޔަވައިދެއްވާފައިވާނަމަ، އެކަންބަޔާން ކުރައްވާ ސެޓްފިކެޓް ތަކުގެ ކޮޕީ ހުށަނޭޅުއްވިޔަސް ފުދޭނެއެވެ.) 

24 ޖޫން 2019

24 ޖޫން 2019
ހޯދާ