ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދުއްވާ އެއްޗިއްސާއި ހިނގާމީހުންނަށް އުދަގޫވާތީ މަގުމަތީގައި ހައްދާފައިވާ ރުއްގަސް ކަނޑާލުމާއި ގުޅޭ!

މަގުމަތީގައި ކައުންސިލްގެ ހުއްދައަކާއި ނުލައި ހައްދާފައިވާ ރުއްގަހުގެ ސަބަބުން ދުއްވާއެއްޗިއްސާއި، ހިނގާބިގާވެ އުޅޭ ޢާންމު ރައްޔިތުންނަށް އުނދަގޫ ވަމުންދާކަމުގެ ޝަކުވާ ކެނޑިނޭޅި ކައުންސިލަށް ލިބެމުމުން ދާތީ ދަންނަވަމެވެ.

މަގުމަތީގައި މިފަދަ ރުއްގަސްތައް ޤަވާޢިދާއި ޚިލާފަށް ހައްދާފައިވާ އެންމެހައި ފަރާތްތަކުން 25 ޖޫން 2019 އިން ފެށިގެން 01 މަސް ދުވަހުގެ  ތެރޭ ރުއްގަސްތައް ކަނޑައި މަގުމަތި ސާފްކޮށްދެއްވުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ. އަދި މިފަދައިން ޢަމަލު ނުކުރާ ފަރާތްތަކާއިމެދު ފިޔަވަޅުތައް އަޅައި، ކައުންސިލްއިން އެމަގުތައް ސާފްކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތަށް ކުރަމުން ގެންދާނެ ވާހަކަ ވެސް ދެންނެވީމެވެ.

 މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 ޖޫން 2019
ހޯދާ