އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ.މާމިގިލި ބަނދަރު ހިޔާ ތަރައްޤީ ކޮއްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

އދ.މާމިގިލީ '' ބަނދަރު ހިޔާ '' އަޅައިދޭނެ ފަރާތެއްހޯދުން

        އދ.މާމިގިލީ ބަނދަރު ސަރަހައްދުގައި '' ބަނދަރު ހިޔާ ''  އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ އެވެ.            ވީމާ، މަތީގައި ދެންނެވިފައިވާ މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެ ލައްވާފަރާތް ތަކުން 2019 ޖުލައި 01  ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު 2019 ޖުލައި 07 ވާ އާދީއްތަ ދުވަހުގެ 13:00 ށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ނޯޓުކުރެއްވޭނީ އެއްބޭފުޅެއްގެ ނަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ނޯޓުކޮށްފައިވާ ފަރާތްތަކުގެ އިތުރުން އެއްވެސް ބޭފުޅަކަށް އަންދާސީހިސާބު ހުށައެޅުމުގެ ފުރުޞަތެއް ނޯންނާނެ އެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ނަންނޯޓުކުރެވިފައިވާ ފަރާތަށް އަންދާސީހިސާބު ހުށައެޅުމުގެ ބައްދަލުވުމަށް ޙާޟިރުނުވެވޭނަމަ ބަދަލުގައި އެހެންފަރާތެއް ފޮނުވިދާނެ އެވެ. އެގޮތުން ބަދަލުގައި ފޮނުވާފަރާތުގެ އައިޑީކާޑުގެ ކޮޕީއަކާއިއެކު އަންދާސީހިސާބު ހުށައެޅުމުގެ ފުރުޞަތު އޮންނާނެ ވާހަކަވެސް ދަންނަވަމެވެ. އަދި ކޮމްޕެނީތަކުން ހުށައަޅުއްވާ އަންދާސީ ހިސާބުތަކަށް އިސްކަންދެވޭނެ އެވެ.

      މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ . 

24 ޖޫން 2019
ހޯދާ