ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެސްޓީއެމް-1 ފައިބަރ ކަނެކްޝަންތަކެއް ޕީއެސްއެމް ސްޓޭޝަންތަކަށް ލުމަށް

އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2019/42

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

(PROC-019-19) PSM-GA /2018/608

 

 

 

އިޢުލާން

  • ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު

 

                އައިއެސްޑީބީޓީ ޕްރޮޖެކްޓްގެ ޚިދުމަތް ރާއްޖޭގެ ރަށްތަކަށް ފޯރުކޮށްދިނުމުގެ ގޮތުން އެސްޓީއެމް-1 ފައިބަރ ކަނެކްޝަންތަކެއް ޕީއެސްއެމް ސްޓޭޝަންތަކަށް ލުމަށް ބޭނުންވާތީ ، މިޚިދުމަތް މަދުވެގެން 10 އަހަރުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު (IUL) PSM-FP/ PSM/2019/39 ނަންބަރ އިޢުލާނާގުޅިގެން ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ މަރުހަލާގައި އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވުމުގެ ސަބަބުން އެއިޢުލާން ބާޠިލްކޮށް، ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ފުރުޞަތު 2 ވަނަ ފަހަރަށް ހުޅުވާލަމެވެ.

                 ވީމާ، މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް މިމަސައްކަތްކޮށްދިނުމަށް ޝައުޤުވެރި ވެލައްވާ ފަރާތްތަކުން 26 ޖޫން 2019 ވާ ބުދަ ދުވަހުގެ 14:00 އަށް ޕީ.އެސް.އެމްގެ ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ޙާޟިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 30 ޖޫން 2019 ވާ އާދީއްތަ ދުވަހުގެ 14:00 އަށް ޕީ.އެސް.އެމް ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށް ޙާޟިރުވެ ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

                 ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މިކަމަށް ބާއްވާ މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. އަދި މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައެއް ނުގަނެވޭނެއެވެ.

20 ޝައްވާލް 1440                     

                            23  ޖޫން   2019                      

23 ޖޫން 2019
ހޯދާ