ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
16 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް 2019

ނަންބަރު: BAM/IUL/2019/33

އިޢުލާން

 

16 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް 2019

 

16 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް މިއަހަރު ބޭއްވުމަށް ތާވަލުކުރެވިފައިވަނީ، އެޑިއުކޭޝަން މިނިސްޓްރީން ކަނޑަ އަޅާފައިވާ ސިޔާސަތާ އެއްގޮތަށް 6 ޒޯނަށް ބަހާލައިގެން ޒޯންތައް ވަކިން ކަމުގައި ދަންނަވަމެވެ.

  1. ޒޯން 1 ނޯތް ޒޯން (ހއ، ހދ، ށ)
  2. ޒޯން 2 ނޯތް ސެންޓްރަލް ޒޯން (ނ، ރ، ބ، ޅ)

 

ވީމާ މިއަހަރުގެ އިންޓަރސްކޫލް މުބާރާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ތިރީގައިމިވާ ތާރީހްތަކުގައި ތަރުތީބު ކުރެވިފައިވާ އުޞޫލުންކަން ދަންނަވަމެވެ.

  1. ޒޯން 1 ނޯތް ޒޯން / ޒޯން 2 ނޯތް ސެންޓްރަލް ޒޯން (10-13 ޖުލައި 2019 – ނ.ހޮޅުދޫ)

 

މިމުބާރާތުގެ ޓީމް އިވެންޓްގައި ބައިވެރިވާން ބޭނުންވާ އެންމެހައި ސްކޫލް/ މަދަރުސާތަކުންނާއި އަމިއްލަ އިވެންޓުތަކުގައި ބައިވެރިވާން އެދޭ އެންމެހައި ސްކޫލް/ މަދަރުސާތަކުގެ ދަރިވަރުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރުުމަށްފަހު ސްކޫލް މެދުވެރިކޮށް މިއެސޯސިއޭޝަނަށް ހުށައެޅުން އެދެމެވެ. އަދި މުބާރާތާ ބެހޭ އެންމެހާ ކަންކަމުގައި މުޢާމަލާތް ކުރާނެ ފޯކަލް ޕޮއިންޓެއް ކަނޑައަޅުއްވާ އެފަރާތެއްގެ ނަން، މަޤާމް އަދި ގުޅޭނެ ނަމްބަރ އެނގޭނެގޮތަށް ބެޑްމިންޓަން އެސޯސިއޭޝަނަށް ލިޔުމުން ހުށައެޅުއްވުން އެދެމެވެ.

މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު މިއެސޯސިއޭޝަންގެ ވެބްސައިޓް www.badmintonmaldives.org.mv އިން ޒޯންތައް ވަކިން ޑައުންލޯޑް ކުރަން ލިބިވަޑައިގަންނަވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން  މެންދުރުފަހު 14:00 ށް މިއެސޯސިއޭޝަންގެ ފޯން ނަމްބަރ (3314057) އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މުބާރާތުގެ ޓީމް އިވެންޓްގެ އުމުރުފުރާތައް:

14 އަހަރުންދަށް، (އަންހެން / ފިރިހެން)

16 އަހަރުންދަށް، (އަންހެން / ފިރިހެން)

19 އަހަރުންދަށް، (އަންހެން / ފިރިހެން)

 

މުބާރާތުގެ އަމިއްލަ އިވެންޓްގެ އުމުރުފުރާތައް:

12 އަހަރުންދަށް، (ސިންގަލްސް)

14 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް)

16 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް، އަދި މިކްސްޑަބަލްސް)

19 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް، އަދި މިކްސްޑަބަލްސް)

 

މުބާރާތުގައި ބައިވެރިވުމަށް ފޯމް ހުށައެޅުމުގެ ފަހުތާރީޚް

    

  • ޒޯން 1 ނޯތް ޒޯން / ޒޯން 2 ނޯތް ސެންޓްރަލް ޒޯން (10-13 ޖުލައި 2019 – ނ.ހޮޅުދޫ) 02 ޖުލައި 2019 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން.

23 ޖުލައި 2019

23 ޖޫން 2019
ހޯދާ