ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އޮފީހުގައި ހުރި ބައު ސާމާނު ދުވަހު ނީލަމުގައި ވިއްކާލުން

ނަންބަރު: IUL)196-C/1/2019/39)

އިޢުލާން

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ހުރި ބައު ސާމާނު ދުވަހު ނީލަމުގައި ވިއްކާލުން 

   ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ހުރި ބައު ސާމާނު ދުވަހު ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.

   ވީމާ، މިތަކެތި ނީލަމުގައި ބައްލަވައިގަތުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން، 2019 ޖުލައި 02 ވާ އަންގާރަ ދުވަހުގެ 10:00 އަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަޑައިގެން ނީލަމުގައި ބައިވެރިވެދެއްވުން އެދެމެވެ.

   ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން ސަރުކާރު ބަންދު ނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެތަކެއްޗަށް ފައިސާ ދެއްކެވުމަށްފަހު އެތަކެތި ގެންދަވަންވާނެއެވެ.

   ނީލަންކިޔާ ތަކެތީގެ ތެރޭގައި ފަރުނީޗަރާއި ފިޓިންގްސް، އިކުއިޕްމަންޓްސް، ކޮމްޕިއުޓަރު ސާމާނު އަދި މެޝިނަރީ ބައެއްސާމާނާއި، ހިފާގެންގުޅޭ ސާމާނު ހިމެނެއެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާ ފަރާތްތަކުން ނަންބަރު 3023157 ފޯނާއި ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

17 ޝައްވާލް 1440

20 ޖޫން 2019
ހޯދާ