މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
މިމިނިސްޓްރީއަށް މާބުލް ސާފުކުރާ ބެޓެރި ކެބެއްހޯދުން

އިޢުލާން

މާބުލް ސާފުކުރާ ބެޓެރި ކެބް ހޯދުމަށް

މިމިނިސްޓްރީއަށް މާބުލް ސާފުކުރާ ބެޓެރި ކެބެއް ގަންނަން ބޭނުންވެގެން ކުރި ނަންބަރު IUL) 142-A1/142/2019/22) އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލް ކުރުމަށްފަހު އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

                                      

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 24 ޖޫން 2019 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރީން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރެއްވުމަށްފަހު 30 ޖޫން 2019 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މިމިނިސްޓްރީއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

 މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިއުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެ ވާހަކަ ދަންނަވަމެވެ. އަދި ބީލަމާއި ގުޅިގެން ސާފުކުރަންޖެހޭ މާއުލޫމާތެއް ވާނަމަ 27 ޖޫން 2019 ގެ 13:00 ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

 

އިތުރު މައުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020239 ފޯނަށެވެ.

 

                              17   شَوَّال  1440

 

20 ޖޫން 2019
ހޯދާ