ދާންދޫ ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު

މި އިޢުލާންވަނީ 24 ޖޫން 2019 10:25 ގައި ބާތިލް ކުރެވިފައެވެ.


`

 

ގއ.ދާންދޫ ސްކޫލް

                 މާލެ، ދިވެހިރާއްޖެ                

ތާރީޚް:19 ޖޫން 2019                                          ނަންބަރު:GS-199/IUL-2019/008 

 

ވަޒީފާގެ ފުރުޞަތު

 

 

   މަޤާމް:                         މަސައްކަތު

   މަޤާމުގެ ނަންބަރު:               J-260916

   ބޭނުންވާ އަދަދު:                01

   ރޭންކް:                      އެސް.އެސް.1

   ކްލެސިފިކޭޝަން :               ސަޕޯޓް ސްޓާފް ގްރޭޑް 1

   މުސާރަ :                    -/3100 ރުފިޔާ

   ސަރވިސް އެލަވަންސް:            -/1000 ރުފިޔާ

   ސަޕޯޓިންގ ކޯ އެލަވަންސް:         -/1200 ރުފިޔާ

   ވަޒީފާއޮތް އޮފީސް:               ގއ.ދާންދޫ ސްކޫލް

   ގިންތި:                      ދާއިމީ

   ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :    ދާންދޫ ސްކޫލުގެ އެޑްމިން ސެކްޝަން

 

އިތުރު އިނާޔަތްތައް

-          ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

-           ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސް ފަރުވާގެ ޚިދުމަތް.

-          ދިވެހިރާއްޖޭގެ ޕެންޝަން ޤާނޫނުގެ ދަށުންލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

 

  1. 1.    ސްކޫލުގެ ގޯތިތެރެ ކުނިކަހާ ސާފްކުރުމަށް ހަވާލުކުރެވިފައިވާ ސަރަހައްދު ކުނިކަހާ ކުނި އުކާލުން.
  1. ކުނިކަހާ ސަރަހައްދުގައި ފަޅާ ވިނަތައްނޮޅާ ސާފްކުރުން.
  2. ކްލާސްރޫމްތައް ކިޔެވުން އޮންނަ ކޮންމެދުވަހެއްގެ ކިޔެވުން ނިމުމުން ކުނިކަހާ ޑެސްކުތަކާއި ގޮޑިތައް ފުހެ ސާފްކުރުން.
  3. ކުނިކަހާ ފޮޅާސާފްކުރާ ކްލާސްރޫމްތަކުގެ ފަންކާތަކާ ފެންލައިޓް އަދި ހޮޅިބުރިތައް ފޮޅާ ސާފްކޮށް ބެލެހެއްޓުން.
  4. ކަޑައެޅިފައި އޮންނަ އުސޫލުން އޮފީހާއި ، ކެބިންތައް ، ސްޓާފްރޫމް ރޫމްގައި މޮޕް ޖެހުން.
  5. ކޮންމެ ހަފްތާއަކުވެސް ކަޑައެޅިފައިވާ އުސޫލުން ސްކޫލުގެ ބޭރު މަގުމަތި ސާފްކޮށްބެލެހެއްޓުން.
  6. މަޤުބޫލު އުޒުރެއް އޮވެގެން މެނުވީ ގޯތިތެރެއިން ކުނިކަހަންޖެހޭ ސަރަހައްދު ހެނދުނު 8:00 ގެ ކުރިން ކުނިކެހުން.
  7. އިމަޖެންސީގައި ކަންކަމުގައި ސްކޫލުން އަންގަވާ އުސޫލެއްގެ މަތިން އަމަލުކުރުން.
  8. ސްކޫލުގެ އިދާރީ މުވައްޒަފުން ފެށިގެން އެންމެ މަތީ މުވައްޒަފުންގެ އަމުރުތަކަށް ކިޔަމަންވުން.
  9. މީގެ އިތުރުންވެސް އިދާރާއިން އަންގަވައިފި ކަމެއް ކުރުން.
  10. މަސައްކަތު މީހަކު ބަލިވެ ސަލާމް ބުނެފިނަމަ އޭނާގެ މަސައްކަތް ވަގުތީ ގޮތުން ކުރުން.

12. ސްކޫލުގެ ގުދަން ސާފްކުރުމާއި އެއްޗެހި ނެރެވެއްދުމުގައި އޮފީހުން އަންގާ ގޮތަކަށް އެހީތެރިވެ ދިނުން.

13. ދިވެހި ސަރުކާރުގެ ޤަވާއިދުތަކާއި، ދިވެހި ސިވިލް ސާވިސްގެ ޤަވާއިދުތަކާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޤަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިއްތެވުން.

 

ޝަރުތު: 

                                                    

                                                    

  1. ލިޔަންކިޔަން ދަތުމާއެކު މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ގާބިލްކަން ލިބިފައިވުން.

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

  

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު އަދި މަސައްކަތުގެ ތަޖުރިބާ
  • މަސައްކަތުގެ ހުނަރާއި ޤާބިލުކަމާއި ފެންވަރާއި ބޭނުންވާ ސިފަތައް
  • ސިވިލްސާރވިސްގައި ވަޒީފާ އަދާކުރައްވަމުންގެންދަވާ ބޭފުޅުން އެމުވައްޒަފް މިހާރު ވަޒީފާ އަދާކުރައްވާ މުއައްސަސާއަކުން އެމުވައްޒަފެއްގެ ފެންވަރު ބެލުމުގެ ނަތީޖާ އާއި ހާޒިރީ އަދި މަސައްކަތުގެ އަޚްލާގް ހުރިގޮތް ބަޔާންކޮށް ވަޒީފާއަދާކުރާ އޮފީހުން ދޫކުރާ " މުވައްޒަފުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚްލާޤް ހުރި ގޮތް ބަޔާންކުރާ ފޯމް" ހުށަހަޅުއްވާ މުވައްޒަފުންނަށް ވަޒީފާޔަށް މުވައްޒަފަކު ހޮވުމުގައި ޕޮއިންޓް ދެވޭނެއެވެ.

އިންޓަރވިއު ކުރުން

 

ހ. އިންޓަރވިއު އޮންނާނީ 01 ޖުލައި 2019 އާއި 03 ޖުލައި 2019 އާއި ދެމެދުގެ ދުވަހެއްގައި ދާންދޫ ސްކޫލުގެ އިދާރާގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

 

ހ- ސިވިލްސާރވިސްގެ ވަޒީފާއަށް އެދޭފޯރމް މިސްކޫލުގެ އިދާރާއިން ނުވަތަ (މިފޯރމް ސިވިލްސާވިސްގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

 

މިމަޤާމަށް ޝަރުތު ހަމަވާ ބޭފުޅުން މަޤާމަށްއެދޭސިޓީއާއިއެކު 30 ޖޫން 2019 ވާ އާދީއްތަ ދުވަހުގެ 12:00 ގެކުރިން މަތީގައި ބަޔާންކުރެވިފައިވާ ލިޔުންތައް ދާންދޫ ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ. އީ މެއިލުން ނަމަ [email protected] އަށް ފޮނުއްވުން އެދެމެވެ. ފެކްސް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަންތައް ބަލައެއް ނުގަނެވޭނެއެވެ.

 

 

ނޯޓް:  

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ދާންދޫ ސްކޫލުގެ ނަންބަރު 7983075 ފޯނަށް ގުޅުއްވުން އެދެމެވެ. 

19 ޖޫން 2019
ހޯދާ