ދާންދޫ ސްކޫލް
ދިވެހިރާއްޖެ
އެސިސްޓެންޓް ލައިބްރޭރިއަން

މި އިޢުލާންވަނީ 24 ޖޫން 2019 10:25 ގައި ބާތިލް ކުރެވިފައެވެ.


`

 

ގއ.ދާންދޫ ސްކޫލް

                 މާލެ، ދިވެހިރާއްޖެ                

ތާރީޚް:19 ޖޫން 2019                                          ނަންބަރު:GS-199/IUL-2019/007    

 

ވަޒީފާގެ ފުރުޞަތު

 

 

   މަޤާމް:                          އެސިސްޓެންޓް ލައިބްރޭރިއަން 

   މަޤާމުގެ ނަންބަރު:            J-252408  

   ބޭނުންވާ އަދަދު:                01

   ރޭންކް:                      ޖީ. އެސް 4

   ކްލެސިފިކޭޝަން :               އޮފިސަރ ގްރޭޑް 2 

   މުސާރަ :                    -/5020 ރުފިޔާ

   ސަރވިސް އެލަވަންސް:            -/1500 ރުފިޔާ

   ސަޕޯޓިންގ ކޯ އެލަވަންސް:         -/700 ރުފިޔާ

   ވަޒީފާއޮތް އޮފީސް:               ގއ.ދާންދޫ ސްކޫލް

   ގިންތި:                      ދާއިމީ

   ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :    ދާންދޫ ސްކޫލުގެ އެކަޑެމިކް ސެކްޝަން

                        

އިތުރު އިނާޔަތްތައް

-          ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

-           ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސް ފަރުވާގެ ޚިދުމަތް.

-          ދިވެހިރާއްޖޭގެ ޕެންޝަން ޤާނޫނުގެ ދަށުންލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

 

  1. ލައިބްރަރީގެ "ރޫލްސް" ތައްޔާރުކޮށް ދަރިވަރުންނާއި ޓީޗަރުން އަދި ލައިބްރަރީ ބޭނުންކުރާ ފަރާތްތަކަށް ފެންނާނެހެން ބަހައްޓައި، އެއައް އަހުލުވެރިކުރުވުމާއި، ލައިބްރަރީ އިން ފޮތްދޫކޮށް ބަލައިގަތުމާއި، އޭގެ ރެކޯރޑް ދުވަހުން ދުވަހަށް ބެލެހެއްޓުން.

 

  1. ސްކޫލްގަ ކިޔެވުން އޮންނަ ދުވަސްތަކުގައި ލައިބްރަރީ ހުޅުވާފައި ބެހެއްޓުމާއި، ސްކޫލުން ޙަވާލުކުރާ ޝެޑިއުލާއި އެއްގޮތަށް ލައިބްރަރީ ކްލާސްތައް ނެގުމުގައި ޓީޗަރުންނަށް އެހީތެރިވެ އެކަމަށް ބޭނުންވާނެ އިންތިޒާމްތައް ހަމަޖެއްސުން.

 

  1. ލައިބްރަރީ ފޮތްތަކުގައި ބޭރުގަނޑު ލައި، ތަރުތީބުނަމްބަރާއި ތައްގަނޑުޖަހައި، ލޭބަލްކޮށް ލައިބްރަރީ ފޮތްތައް ގްރޫޕްކޮށް ފިކްޝަން، ނޮންފިކްޝަން އަދި ރިފަރެންސް ފޮތްތައް އެނގޭނެހެން އަތުރައި ތަރުތީބުކޮށް ބެލެހެއްޓުމާއި، ލައިބްރަރީއިން ފޮތް ދޫކޮށް ބަލައިގަންނާނެ އުޞޫލެއް ތައްޔާރުކޮށް، އެއާ އެއްގޮތަށް ދަރިވަރުންނާއި، ޓީޗަރުންނަށް ލައިބްރަރީގެ ޚިދުމަތް ދިނުން އިންތިޒާމްކުރުން

 

  1. ލައިބްރަރީ އަކީ ތަރުތީބު އަދި ސާފުތާހިރު ތަނަކަށް ހެދުމާއި، ކޮންމެ ދުވަހަކު ލައިބްރަރީ ފޮތްތައް ތަރުތީބުކުރުމާއި މަސައްކަތުމީހުންގެ އެހީތެރިކަމާއި އެކު ލައިބްރަރީގެ ފޮތްހަރުގަނޑުތަކާއި، ތަޅުންގަނޑުގައި ފެންފޮތިލައި، ދޮރުތަކާއި ދޮރުފަތްތައް  ފޮޅާ ސާފުކޮށް ބެލެހެއްޓުން

 

  1. ދަރިވަރުންގެ މެދުގައި ފޮތްކިޔުމަށް ޝައުޤުވެރިކަން އިތުރުކުރުމަށާއި ދަރިވަރުން ފޮތްކިޔަން އަޙުލުވެރިކުރުވުމަށްޓަކައި، އެކަޑަމިކް ސްޓާފުންނާއި ގުޅިގެން ރީޑިންގ ޕްރޮގްރާމްތައް ރާވައި ހިންގުމާއި، ސްކޫލުގެ ލައިބްރަރީއަށް ބޭނުންވާ އެންމެ ފަހުގެ ފޮތްތައް (ދަރިވަރުންގެ ކިޔެވުމާއި ގުޅުންހުރި އެކިލެވެލްތަކުގެ ފޮތްތަކާއި ރިފަރެންސް ފޮތްތައް) ދެނެގަނެ، އެ ފޮތްތައް މެނޭޖަންޓަށް ހުށަހަޅައިގެން ހޯދުން

 

  1. ޒަމާނީ މިންގަނޑުތަކަށް ލައިބްރަރީގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުމާއި ސްކޫލުގެ ލައިބްރަރީއަށް ލިބޭ ނުވަތަ ހޯދާ ފޮތްތަކާއި ތަކެތި ބަލައިގަނެ، އެންޓްރިކޮށް އިންވެންޓްރީ ދުވަހުން ދުވަހަށް އަޕްޑޭޓްކުރުން

 

  1. ދުވަހުން ދުވަހަށް ހިންގޭ ލައިބްރަރީ ހަރަކާތްތަކާއި ދުވަހުން ދުވަހަށް ލައިބްރަރީ ބޭނުންކުރެވޭ ގޮތުގެ ޔައުމިއްޔާލިޔެ، ލައިބްރަރީ ރިޕޯރޓް ތައްޔާރުކޮށް ކޮންމެ ޓާރމަކު އެއްފަހަރު ސްކޫލުގެ އިސްވެރިޔާއަށް ހުށަހެޅުން

 

  1.  ކޮންމެ ދިރާސީ އަހަރަކަށް ދަރިވަރުންނަށް ހޯދާ ޓެކްސްޓް ފޮތްތައް ބަލައިގަނެ، ފޮތް ދޫކުރާ ކޮމެޓީގެ ބެއްލެވުމުގެ ދަށުން ދަރިވަރުންނަށް ފޮތްދޫކުރުމާއި، ދިރާސީ އަހަރު ނިމުމުން އެ ފޮތްތައް އަނބުރާ އަތުލައި ރެކޯރޑްކޮށް ރައްކާތެރިކަމާއި އެކު ބެލެހެއްޓުން އަދި ޓީޗަރުންނަށް ބޭނުންވާނެ ޓެކްސްޓް ފޮތަތަކާއި،ރިފަރެންސް ފޮތްތައް ކޮންމެ އަހަރެއް ފެށޭއިރު ދޫކުރުމާއި،  އަހަރުނިމުމުން އެ ފޮތްތައް އަނބުރާހޯދުން

 

  1. ސްކޫލުގައި ބާއްވާ އެކިބައްދަލުވުންތަކާއި، ފާހަގަކުރާ އެކި މުނާސަބަތުތަކަށާއި ލިސްނިންގ ކްލާސްތަކަށާއި ލިސްނިންގް ޓެސްޓްތަކަށް ބޭނުންވާނެ ސައުންޑްހެދުމާ،އެފަދަ ކަންތައް ބާއްވާނެ ތަންތަން ތައްޔާރުކުރުމަށް ބޭނުންވާނެ އިންތިޒާމުތައް ކުރުން އަދި   އެސެމްބްލީގަޑީގައި ސައުންޑާއި ސްކޫލް ލަވަ އަދި ބެލް ޖެހޭނެ އިންތިޒާމް ހަމަޖެއްސުން

 

10.ސްކޫލުން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ދިމާވާ ކުއްލި ކަންތައްތަކުގައި ބައިވެރިވުމާއި، ތިމާއަށް ލިބިފައިވާ އެކިހުނަރުތަކުގެ ބޭނުން ސްކޫލަށްޖެހިއްޖެ ހިނދެއްގައި އެކަމެއްގައި ސްކޫލަށް އެހީތެރިކަންދީ، ސްކޫލްގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ ކަންތައްތައް ކުރުން

 

ޝަރުތު: 

                                                    

                                                    

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާޞިލްކޮށްފައިވުން.

ނުވަތަ

 

  1. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި  ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނެއްގައި 'ދިވެހި' މި ދާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

 

  1. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

  

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު
  • ބަލަހައްޓަންޖެހޭ ގްރޭޑާއި ގުޅޭގޮތުން ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
  • މަސައްކަތުގެ ހުނަރާއި ޤާބިލުކަމާއި ފެންވަރާއި ބޭނުންވާ ސިފަތައް
  • ސިވިލްސާރވިސްގައި ވަޒީފާ އަދާކުރައްވަމުންގެންދަވާ ބޭފުޅުން އެމުވައްޒަފް މިހާރު ވަޒީފާ އަދާކުރައްވާ މުއައްސަސާއަކުން އެމުވައްޒަފެއްގެ ފެންވަރު ބެލުމުގެ ނަތީޖާ އާއި ހާޒިރީ އަދި މަސައްކަތުގެ އަޚްލާގް ހުރިގޮތް ބަޔާންކޮށް ވަޒީފާއަދާކުރާ އޮފީހުން ދޫކުރާ " މުވައްޒަފުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚްލާޤް ހުރި ގޮތް ބަޔާންކުރާ ފޯމް" ހުށަހަޅުއްވާ މުވައްޒަފުންނަށް ވަޒީފާޔަށް މުވައްޒަފަކު ހޮވުމުގައި ޕޮއިންޓް ދެވޭނެއެވެ.  

އިންޓަރވިއު ކުރުން

 

ހ. އިންޓަރވިއު އޮންނާނީ 01 ޖުލައި 2019 އާއި 03 ޖުލައި 2019 އާއި ދެމެދުގެ ދުވަހެއްގައި ދާންދޫ ސްކޫލުގެ އިދާރާގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

 

ހ- ސިވިލްސާރވިސްގެ ވަޒީފާއަށް އެދޭފޯރމް މިސްކޫލުގެ އިދާރާއިން ނުވަތަ (މިފޯރމް ސިވިލްސާވިސްގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

 

     މިމަޤާމަށް ޝަރުތު ހަމަވާ ބޭފުޅުން މަޤާމަށްއެދޭސިޓީއާއިއެކު 30 ޖޫން 2019 ވާ އާދީއްތަ ދުވަހުގެ 12:00 ގެކުރިން މަތީގައި ބަޔާންކުރެވިފައިވާ ލިޔުންތައް ދާންދޫ ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ. އީ މެއިލުން ނަމަ [email protected] އަށް ފޮނުއްވުން އެދެމެވެ. ފެކްސް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަންތައް ބަލައެއް ނުގަނެވޭނެއެވެ.

 

 

ނޯޓް:  

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ދާންދޫ ސްކޫލުގެ ނަންބަރު 7983075 ފޯނަށް ގުޅުއްވުން އެދެމެވެ. 

 

19 ޖޫން 2019
ހޯދާ