ޝަރަފުއްދީން ސްކޫލް
ދިވެހިރާއްޖެ
ކައުންސެލަރ (ދާއިމީ)

ވަޒީފާގެ ފުރުޞަތު      ނަންބަރު: GS43-A/2019/32  

 

މަޤާމު:

ކައުންސެލަރ

މަޤާމުގެ ނަންބަރު:

J-272219

ބޭނުންވާ ޢަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ  ރޭންކް:

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގެރޭޑް 1   

ވަޒީފާ އަދާކުރަންޖެހޭ ތަން:

ޝަރަފުއްދީން ސްކޫލް / އައްޑޫ ސިޓީ، ދިވެހިރާއްޖެ

މުސާރަ:

5610.00 ރުފިޔާ (މަހަކު)

ސަރވިސް އެލަވަންސް:

2000.00 ރުފިޔާ (މަހަކު)

އެހެނިހެން އެލަވަންސް :

ސަޕޯޓިންގ ކޯ އެލަވަންސް: 700.00ރުފިޔާ (މަހަކު)

އިތުރު އިނާޔަތްތައް:

  • ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ދަރިވަރުންގެ އަޚުލާޤާ ބެހޭގޮތޮން ކޮންމެކުއްޖަކަށް ފައިލްތައްޔާރުކޮށް ބެލެހެއްޓުމާއި، ކޮމްޕިއުޓަރުގައިވެސް ރެކޯޑުތައް ބެލެހެއްޓުން
  2. ދަރިވަރުންނަށް ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ޤަވަޢިދުން ދެ ހަފުތާއިން އެއް ހަފުތާގައި ބެލުމާއި، އެފަދަ މައްސަލަތައް ހުރިނަމަ ރެކޯޑްކޮށް އަޅަން އެކަށީގެންވާ ފިޔަވަޅު އެޅުން.
  3. ދުވަހުން ދުވަހަށް ބަލަންޖެހޭ އަޚްލާޤީ މައްސަލަތަކާއި، ނަފްސާނީގޮތުން ދަރިވަރުންނަށް ދިމާވާ މައްސަލަތަކާއި، ސްކޫލާއި ގޭތެރޭގައި ދަރިވަރުންނަން ލިބޭ ޖިސްމާނީ އަނިޔާތަކާމެދު ފިޔަވަޅުއެޅުމާއި، ރެކޯޑްކުރުން.
  4. ދިމާވާ ބޮޑެތި މައްސަލަތަކާމެދު ފިޔަވަޅުއެޅުމުގައި ސްކޫލުގެ އިސްވެރިޔާގެ މަޝްވަރާއާއި ބެލެނިވެރިންގެ މަޝްވަރާއާއެކު ކުރިއަށްގެންދިއުން.
  5. ދަރިވަރުންގެ އަޚުލާޤަށް އަންނަ ބަދަލުތަކާއި، ނަފުސާނީ ޙާލަތަށް އަންނަ ބަދަލުތަކާމެދު ބެލެނިވެރިންނަށް މަޢުލޫމާތު ދިނުން.
  1. ދަރިވަރުންނަށް ދިމާވާ ޖިސްމާނީ ، ނަފްސާނީ އަދި ޖިންސީ ގެއްލުން ގެއްލުންތަކާއި ގޯނާތައް ހުއްޓުވުމަށްޓަކައި ބެލެނިވެރިންނާއި މުދައްރިސުންނާއި ދަރިވަރުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.

މަޤމުގެ ޝަރުޠުތައް:

ކައުންސެލިންގ  ނުވަތަ ސައިކޮލޮޖީ އާއިގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ  އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސްގެ ކޮމިޝަނުގެ ވެބްސައިޓުން(www.csc.gov.mv)  އަދި  ޝަރަފުއްދީން ސްކޫލް އޮފީހުގެ ކައުންޓަރުން ލިބެންހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ :

 (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް :

  1. ތަޢުލީމަށް ލިބިފައިވާ މިންވަރު
  2. ތަމްރީނަށް ލިބިފައިވާ މިންވަރު
  3. ވަޒީފާއާގުޅޭ މަސައްކަތުގެ ތަޖުރިބާއަށް ލިބިފައިވާ މިންވަރު
  4. މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލުކަމާއި ސިފަތައް ބެލުމަށް އިންޓަރވިއު ކޮށްގެން.
  5. މެރިޓް އުސޫލުން އެންމެ މަތީ މަރކްސް ލިބޭ ފަރާތް

ސުންގަޑި:

މަޤާމަށް އެދި ހުށަހަޅާނީ 30 ޖޫން 2019 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ޝަރފުއްދީން ސްކޫލްގެ އޮފީހަށެވެ. ވަޒިފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު  (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ އެބައިވެސް ހިމެނުން)  އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 30 ޖޫން 2019 އާއި 02 ޖުލައި 2019  އާއި ދެމެދުގެ ތާރީޚެއްގައި ޝަރަފުއްދީން ސްކޫލް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓްލިސްޓް ކުރުން :

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ޢަދަދު 10 އަށް ވުރެ ގިނަނަމަ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

ދާއިރާ

ބެލެވޭނެ ބައިތައް

މާކްސް

އިންސައްތަ%

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމައި ތަމްރީން

ލިބިފައިވާ ތަޢުލީމް

65

35

40

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

އިމްތިޙާން

"ސިވިލްސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"

12

5

5

މަސައްކަތުގެ ތަޖުރިބާ

މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅެ ތަޖްރިބާ

23

15

15

ލިބިފައިވާ ހުނަރު

އިންޓަރވިއު/ޕްރެޒެންޓޭޝަން/ޕްރެކްޓިކަލް

100

40

40

ޖުމްލަ

230

100

100

 

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6887030 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

 

 

                        މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

                        16  ޝައްވާލް  1440 

                        19  ޖޫން   2019 

19 ޖޫން 2019
ހޯދާ