މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ފިންޓެކް ސޮލިއުޝަންސް އީޖާދުކުރުމުގެ މުބާރާތް

ފައިނޭންޝަލް އިންކްލޫޝަންއާ ގުޅޭ ޕޮލިސީ އާއި ރެގިއުލޭޝަންތަކުގައި ކުރީ ސަފުގައި ހަރަކާތްތެރިވާ ޖަމްއިއްޔާއެއްކަމުގައިވާ "އެލަޔަންސް ފޯ ފައިނޭންޝަލް އިންކްލޫޝަން" (އަފީ) އިން އިންތިޒާމުކޮށްގެން ބާއްވާ ފައިނޭންޝަލް ޓެކްނޮލޮޖީ (ފިންޓެކް) ސޮލިއުޝަންސް އީޖާދުކުރުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އެ ޖަމްއިއްޔާއިން ވަނީ އާންމުކޮށް ހުޅުވާލާފައެވެ. މި މުބާރާތުގައި އީޖާދުކުރެވޭ ސޮލިއުޝަން ވާންޖެހޭނީ އަފީއިން ކަނޑައަޅާފައިވާ ދާއިރާއަކަށް ފެތޭ ސޮލިއުޝަންއަކަށެވެ. މިގޮތުން އަފީއިން މި މުބާރާތައް ކަނޑައަޅާފައިވާ ދާއިރާތަކަކީ ޖެންޑަރ، ޔޫތް، އޭޖިންގ، ފޯސިބްލީ ޑިސްޕްލޭސްޑް ޕާސަންސް، ޑީ-ރިސްކިންގ، ރެގިއުލޭޓަރީ/ސުޕަވައިޒަރީ ޓެކްނޮލޮޖީ އަދި އިންކްލޫސިވް ގްރީން ފައިނޭންސްއެވެ.

މި މުބާރަތުން ހޮވާލެވޭ ފަރާތެއްގެ އުފެއްދުން މި އަހަރު ސެޕްޓެންބަރު މަހު ރުވާންޑާގެ ވެރިރަށް ކިގާލީގައި ބޭއްވުމަށް ހަމަޖެހިފައިވާ އަފީގެ "ގްލޯބަލް ޕޮލިސީ ފޯރަމް" ގައި ދައްކާލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 05 ޖުލައި 2019 ވަނަ ދުވަހުގެ ކުރިން ރެޖިސްޓްރީވުމަށް ވަނީ ހުޅުވާލަފައެވެ. ރަޖިސްޓްރީވުމަށާއި އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ތިރީގާއިވާ އަފީގެ ވެބްސައިޓް ބެއްލެވުން އެދެމެވެ.

https://www.afi-global.org/events/fintech-showcase-2019

އަދި އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ  [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

19 ޖޫން 2019
ހޯދާ