ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
Mas maarukeytu agukurun

 

އިޢުލާން

 

    

                             ނަންބަރ: IUL)468-U01/468/2019/92)

މަސްމާރުކޭޓްގެ އިމާރާތާއި މެޝިނަރީޒްތައް އަގުކުރުމާ ބެހޭ

 ފުވައްމުލަކު މަސްމާރުކޭޓް އަގުކުރުމަށް ކުރެވުނު ނަންބަރު IUL)468-U01/468/2019/89) އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރަން ވަޑައިގަތީ އެއްމެ ފަރާތަކުން ކަމަށްވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ފުވައްމުލަކު މަސް މާރުކޭޓްގެ ޢިމާރާތާއި މެޝިނަރީޒްތައް އަގުކުރާނެ ފަރާތެއް ބޭނުން ވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 ޖޫން 2019 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 01 ޖުލައި 2019 ވާ ހޯމަ ދުވަހު 13:00 ގެ ކުރިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މިއިދާރާގެ މީޓިންގ ރޫމް ގައެވެ.   

އަންދާސީ ހިސާބު ހުށަހަޅަން ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ ބަދަލުގައި ފޮނުވާ ބޭފުޅެއްކަން އެގޭނެ ލިޔުމަކާއި އަދި ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީ ކާޑުގެ ކޮޕީ ހުށަހެޅުއްވުމަށް ދެންނެވީމެވެ.

15 ޝައްވާލް 1440

18 ޖޫން 2019

18 ޖޫން 2019
ހޯދާ