މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމްތަކުގައި ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ. މި ވަޒީފާތަކަކީ ދެ ޖިންސްގެ މީހުންނަށް ވެސް ހަމަހަމަ ފުރުޞަތު އޮތް ވަޒީފާތަކެކެވެ.  

މަޤާމް:

ޑިރެކްޓަރ 

ސެކްޝަން/ޑިވިޜަން:

އެމްއެމްއޭ ޓްރޭނިން އިންސްޓިޓިއުޓް

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • އެޑިއުކޭޝަނަލް މެނޭޖްމެންޓް ނުވަތަ ލާރނިން އެންޑް ޑިވެލޮޕްމެންޓް ނުވަތަ މި ދާއިރާއާ ގުޅޭ ދާއިރާއަކުން މާރސްޓަރސް ޑިގްރީ ހާޞިލްކޮށްފައިވުން.
  • ތަމްރީނާއި ތައުލީމް ދިނުމުގެ ދާއިރާގެ 15 އަހަރު ދުވަހުގެ ތަޖްރިބާ ހުރުމާއެކު 7 އަހަރު ދުވަހު މި ދާއިރާގެ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުމުގެ ތަޖްރިބާ ހުރުން.

ކުރަންޖެހޭ މައިގަނޑު  މަސައްކަތްތައް:

  • އެމްއެމްއޭއާއި ފައިނޭންޝަލް ސެކްޓަރގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި މި ދާއިރާގެ މަސައްކަތަށް ބޭނުންވާ މީހުން ބިނާ ކުރުމަށް، ތައުލީމާއި ތަމްރީނު ދިނުމުގެ ޕްރޮގްރާމްތައް އެކުލަވާލާ ތަރައްޤީކޮށް އެފަދަ ޕްރޮގްރާމްތައް ރާއްޖެއާއި ރާއްޖޭއިން ބޭރުގެ ފަރާތްތަކާއި ގުޅިގެން ރާވާ ހިންގާ ބެލެހެއްޓުން.
  • އެމްއެމްއޭ ޓްރޭނިން އިންސްޓިޓިއުޓްގެ އެންމެހާ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުމާއި އިންސްޓިޓިއުޓްގެ މަސައްކަތްތައް އިތުރަށް ތަަރައްޤީކޮށް ހަރުދަނާ ކުރުމުގެ މަސައްކަތްކުރުން.

މުސާރަޔާއި އިނާޔަތްތައް

28,000.00 – 35,000.00 ރުފިޔާ

މަޤާމް:

އެސިސްޓަންޓް މެނޭޖަރ 

ސެކްޝަން/ޑިވިޜަން:

ކޯޕަރޭޓް އެކައުންޓްސް ސެކްޝަން / ފައިނޭންޝަލް ކޮންޓްރޯލްސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • އެކައުންޓިންގ ނުވަތަ އެކައުންޓިންގ އެންޑް ފައިނޭންސް  ދާއިރާއިން ފުރަތަމަ ޑިގްރީ ހާޞިލް ކޮށްފައިވުން ނުވަތަ އޭސީސީއޭ ޕްރޮފެޝަނަލް ލެވެލް ފުރިހަމަކޮށްފައިވުން.
  • ވަޒީފާ ހަމަޖެއްސުމުގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭގެ އަހަރީ ބަޖެޓް ތައްޔާރުކުރުމާއި، ބަޖެޓާ ގުޅުންހުރި މަސައްކަތްކުރުމާއި، އެމްއެމްއޭގެ ބޭރު ފައިސާގެ އެކައުންޓްތަކާ ގުޅުންހުރި މަސައްކަތްކުރުމާއި ރިޒަރވް މެނޭޖްމަންޓްގެ ބެކް އޮފީސް މަސައްކަތްކުރުން.

މުސާރަޔާއި އިނާޔަތްތައް

16,000.00 – 20,800.00 ރުފިޔާ

 

 

މަޤާމް:

އެސިސްޓަންޓް މެނޭޖަރ 

ސެކްޝަން/ޑިވިޜަން:

އިންޝުއަރެންސް ސުޕަރވިޝަން ސެކްޝަން / އިންޝުއަރެންސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • އެކައުންޓިންގ ނުވަތަ އެކައުންޓިންގ އެންޑް ފައިނޭންސް  ދާއިރާއިން ފުރަތަމަ ޑިގްރީ ހާޞިލް ކޮށްފައިވުން ނުވަތަ އޭސީސީއޭ ޕްރޮފެޝަނަލް ލެވެލް ފުރިހަމަކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އިންޝުއަރެންސްގެ ޚިދުމަތްދޭ ތަންތަނަށް ލައިސަންސް ދިނުމާއި ރެގިއުލޭޓްކުރުމާއި ސުޕަރވައިޒު ކުރުން.
  • އިންޝުއަރެންސްގެ ޚިދުމަތްތައް ރެގިއުލޭޓްކޮށް ސުޕަވައިޒުކުރުމަށް ބޭނުންވާ ރިސަރޗް އެންޑް ޑިވެލޮޕްމަންޓް މަސައްކަތްތަކަށް އެހީތެރިވެ ދިނުން.

މުސާރަޔާއި އިނާޔަތްތައް

16,000.00 – 20,800.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން:

މާރކެޓް އެނަލިސިސް ސެކްޝަން / ރިޒަރވް މެނޭޖްމަންޓް އެންޑް މާކެޓް އޮޕެރޭޝަންސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • ފައިނޭންސް ނުވަތަ އެކައުންޓިންގ އެންޑް ފައިނޭންސް ނުވަތަ އިކޮނޮމިކްސްގެ ދައިރާއިން ފުރަތަމަ ޑިގްރީ ހާޞިލް ކޮށްފައިވުން.
  • ވަޒީފާ ހަމަޖެއްސުމުގައި ފައިނޭންސްގެ ދާއިރާއިން ތަޢުލީމް ހާޞިލްކޮށްފައިވާ ފަރާތްތަކަށާއި މާލީ ދާއިރާގައި މަސައްކަތްކޮށްފައިވާ އަދި އައިޓީގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • މާލީބާޒާރާއި ބެހޭ ދިރާސާކޮށް މަޢުލޫމާތު އެއްކޮށް ރިޕޯޓް ތައްޔާރު ކުރުން.
  • އިންވެސްޓްމެންޓްތައް މޮނިޓަރ ކުރުމާއި އިންވެސްޓް ކުރުމުގައި ހުރި ފުރުސަތުތައް ހޯދާ ރިސާރޗް މަސައްކަތް ކުރުން
  • ރިޒާރވް މެނޭޖްމެންޓާއި ގުޅޭ ރިޕޯޓްތައް ތައްޔާރު ކޮށް އެނަލައިޒް ކުރުމާއި ރިސްކް މެނޭޖް ކުރުން

މުސާރަޔާއި އިނާޔަތްތައް

16,000.00 – 20,800.00 ރުފިޔާ

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރުމަށްފަހު)
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (ޑިގްރީ ލެވެލްގެ)
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއް ނަމަ ވަޒީފާ އަދާކުރާ ނުވަތަ އަދާކުރި ތަނުގެ ރަސްމީ ލިޔުމެއް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް

ސުންގަޑި

24 ޖޫން 2019 ވަނަ ދުވަހުގެ 12:00 އަށް

 

ނޯޓް: ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީން އަދި މި އޮތޯރިޓީގެ ވެބްސައިޓް www.mma.gov.mv  އިން ލިބެން ހުންނާއެވެ. އަދި މި ވަޒީފާތަކަށް ޝަރުޠު ހަމަވާ މީހުންގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 05 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.

މި ވަޒީފާތަަކަށް ކަނޑައަޅާފައިވާ ތައުލީމީ ފާހަށްވުރެ މަތީފާހެއް ހާޞިލްކޮށްފައިވާނަމަ އެ ފާސް ވާންވާނީ އެ ވަޒީފާއަކަށް ކަނޑައަޅާފައިވާ ތައުލީމީ ދާއިރާގެ ސްޕެލައިޒްޑް ފާހަކަށެވެ.

 

17 ޖޫން 2019
ހޯދާ